29 މާރިޗު، އީރާނު ހަނގުރާމައިގެ ޚުލާސާ / 30 ވަނަ ދުވަސް:
- haqqubooks

- Mar 30
- 2 min read

🇺🇸🇮🇷 -
އީރާނުގެ ޔުނިވަރސިޓީތަކަށް ދިން ބޮމުގެ ހަމަލާތައް ކުށްވެރިކުރުމަށް އެމެރިކާއަށް މާރިޗު 30 ގެ މެންދުރު 12:00 އާ ހަމައަށް (ތެހެރާން ގަޑިން) އީރާނުން މުހުލަތެއް ދީފިއެވެ. މި މުހުލަތުގައި އެކަން ނުކޮށްފިނަމަ، މެދުއިރުމަތީގައި ހުރި އެމެރިކާގެ އެކި ޔުނިވަރސިޓީތަކަށް ހަމަލާދޭނެ ކަމަށް އީރާނުން ވަނީ އިންޒާރު ދީފައެވެ.
🇺🇸🇮🇷🇷🇺 -
ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ހާމަކުރި ގޮތުގައި، އީރާނު ހަނގުރާމަ މިހާރު އޮތް ހާލަތަށް ބަލާއިރު، ޓްރަމްޕްގެ "ޞުލްޙައިގެ މަޖިލީހުގެ" އެއްވެސް ބޭނުމެއް އޮތް ކަމަކަށް ނުފެނެއެވެ.
🇺🇸🇬🇧🇮🇱 -
ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި އެމެރިކާގެ ދެވަނަ އޭރިއަލް ރިފިއުލާ (ވައިގެ ތެރޭގައި ތެޔޮ އަޅައިދޭ ބޯޓު) ކުއްލި ހާލަތުގައި ބާލަން ޖެހިއްޖެއެވެ. ފުރަތަމަ ބޯޓު އިއްޔެ އިނގިރޭސިވިލާތަށް ބޭލިއިރު، ދެވަނަ ބޯޓު މިއަދު ހެނދުނު ބާލާފައިވަނީ އިސްރާއީލަށެވެ.
🇪🇺🇾🇪 -
ޔޫރަޕްގެ އިއްތިހާދުން ވަނީ އެ އިއްތިހާދުގެ އުޅަނދުފަހަރު ޔަމަނުގެ ކަނޑުގެ ސަރަހައްދުން ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
🇮🇷🇮🇱 -
އިސްރާއީލުގެ ދެކުނުގައި އޮންނަ ރާމަތު ހޯވާވްގައި ހުރި ކެމިކަލް ކާރުޚާނާއަކަށް އީރާނުގެ ބެލިސްޓިކް މިސައިލެއް ވަނީ އަރާފައެވެ. ނުރައްކާތެރި ކެމިކަލް ލީކުވެދާނެތީ، އިސްރާއީލުގެ ސިވިލް ޑިފެންސުން ވަނީ އެ ސަރަހައްދު ބަންދުކޮށް މީހުން ހުސްކޮށްފައެވެ.
🇱🇧🇮🇷 -
ލުބުނާނުން ބޭރުވުމަށް އަންގާފައިވީ ނަމަވެސް، އެ ގައުމުގައި ހުންނަ އީރާނުގެ ސަފީރު ވަނީ ގައުމުން ބޭރުވުމަށް އިންކާރު ކޮއްފައެވެ.
🇰🇼🇮🇷 -
ކުވެއިތުގެ އަސްކަރީ މަރުކަޒަކަށް އީރާނުން ދިން ހަމަލާއެއްގައި އެ ގައުމުގެ 10 ސިފައިން ޒަޚަމްވެފައިވާ ކަމަށް ކުވެއިތުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.
🇺🇸🇮🇱 -
އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓްކުރާ ގޮތުގައި، ސަރަހައްދުގައި ހުރި އެމެރިކާގެ އެހެން އަސްކަރީ މަރުކަޒުތައް ބަދަލުކުރުމަށާއި އައު މަރުކަޒުތައް އެޅުމަށްޓަކައި، އިސްރާއީލުގެ ބިމުގައި އެމެރިކާގެ ބޭސްތައް ގާއިމުކުރުމަށް އިސްރާއީލުން ހުށަހަޅަން ދަނީ ތައްޔާރުވަމުންނެވެ. މިއީ އީރާނުގެ ހަމަލާތަކުގެ ސަބަބުން އެމެރިކާގެ 13 ބޭސްއެއް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ބުނާ ރިޕޯޓްތަކާ ގުޅިގެންނެވެ.
🇺🇸🇮🇷🇮🇱 -
އެމެރިކާއާއި އިސްރާއީލުން އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދިން ހަމަލާތަކާ ގުޅިގެން ތެހެރާނާއި ކަރަޖްގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވެއެވެ. ނަމަވެސް މިހާރު ގިނަ ސަރަހައްދުތަކަށް ވަނީ އަލުން ކަރަންޓު ދީފައެވެ.
🇺🇸🇮🇷 -
ބްލޫމްބާގުން ބުނާ ގޮތުގައި، ތެލުގެ އަގު މީގެ ކުރިން ދުވަހަކުވެސް އުފުލިފައި ނުވާ ވަރަށް، އެބަހީ ފީފާއެއް 200 ޑޮލަރަށް އަރާފާނެ ކަމުގެ ބިރު އޮތް ކަމަށް އެމެރިކާގެ އޮފިޝަލުންނާއި ވޯލް ސްޓްރީޓްގެ މާހިރުން ދަނީ ބުނަމުންނެވެ.
🛢 - ބާޒާރު ހުޅުވުނުއިރު ބްރެންޓް ސާފުނުކުރާ ތެލުގެ އަގު ވަނީ ފީފާއެއް 115 ޑޮލަރަށްވުރެ މައްޗަށް ގޮސްފައެވެ.
🇰🇼🇮🇷 -
އީރާނުން ކުވެއިތުގެ ފެން ސާފުކުރާ ކާރުޚާނާއަކަށް ދިން ހަމަލާއެއްގައި އެކަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
🇮🇷🇸🇦🇧🇭 -
އީރާނުން ވަނީ ސައުދީ އަރަބިއްޔާ، ޔޫ.އޭ.އީ، ބަހްރޭން، ކުވެއިތު އަދި ގަތަރަށް ހަމަލާދީފައެވެ. މީގެ ތެރެއިން ޔޫ.އޭ.އީ، ކުވެއިތު އަދި ބަހްރޭނަށް ހަމަލާތައް އަމާޒުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.





















































































