top of page
Featured Posts

18 މާރިޗު - އީރާން ހަނގުރާމަ 19ވަނަ ދުވަހުގެ ޚުލާސާ:


🇱🇧🇮🇱

ލުބުނާން އަދި އިސްރާއީލް: އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، އެންމެ ފަހުގެ އަންދާޒާތަކުން ދައްކާގޮތުން ހިޒްބުﷲގެ އަތުގައި އަދިވެސް ކުރު ރާސްތާގެ އެތައް ހާސް ރޮކެޓެއް އެބަހުއްޓެވެ.


🇮🇷🇮🇱

އީރާން އަދި އިސްރާއީލް: އިސްރާއީލުގެ މީޑިއާތަކުން ބުނާގޮތުގައި، ރޭގެ ވަގުތެއްގައި ތެހެރާންގައި ދިން ހަމަލާއެއްގެ އަމާޒަކީ އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާއިލް ޚާތިބު އަވަހާރަކޮށްލުމެވެ.


🇱🇧🇮🇱

ލުބުނާން އަދި އިސްރާއީލް: އިސްރާއީލުގެ ފައިނޭންސް މިނިސްޓަރު ބެޒަލްއެލް ސްމޮޓްރިޗް، ހިޒްބުﷲ އާއެކު ހިނގި ކުރިމަތިލުންތަކުގައި ޒަޚަމްވި އޭނާގެ ދަރިފުޅު އައި.ސީ.ޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ހޯދަމުންދާ ފޮޓޯއެއް އާންމުކޮށްފިއެވެ.


🇱🇧🇮🇱

ލުބުނާން އަދި އިސްރާއީލް: ލުބުނާނުގެ ދެކުނުގެ ރަށެއް ކަމަށްވާ ތައިބާގައި، ހިޒްބުﷲ އިން އިސްރާއީލުގެ ހަ މާކަވާ ޓޭންކަށް ދިން ވަރުގަދަ ހަމަލާތަކަކަށްފަހު، ހިޒްބުﷲ އާއި އިސްރާއީލް ސިފައިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ދަނީ ހިނގަމުންނެވެ.


🇹🇷

ތުރުކީ: ތުރުކީގެ ދެކުނުގައި ނޭޓޯއިން އިތުރު "ޕޭޓްރިއަޓް" މިސައިލް ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.


🇺🇸🇮🇷🇮🇱

އެމެރިކާ، އީރާން އަދި އިސްރާއީލް: އެމެރިކާގެ ހުއްދާއާއެކު، އިސްރާއީލުން އީރާނުގެ އެންމެ ބޮޑު ގުދުރަތީ ގޭސް އުފައްދާ މަރުކަޒު ކަމަށްވާ "ސައުތު ޕާސް" އަށް ހަމަލާދީފިއެވެ.


🇮🇷🇸🇦

އީރާން އަދި ސައުދީ އަރަބިއްޔާ: އީރާނުން ސައުދީގެ ތެޔޮ އުފައްދާ ބޮޑެތި މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދީފިއެވެ. މީގެ ތެރޭގައި ރިޔާޟް އިންޑަސްޓްރިއަލް ކޮމްޕްލެކްސް 2 އާއި ސައުދީ އަރާމްކޯ ހިމެނެއެވެ. ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލްތައް އެ ސަރަހައްދުތަކަށް އަރާފައިވާކަން ކަށަވަރުވެފައިވާއިރު، އެ ތަންތަނުގައި އަދިވެސް ބޮޑެތި އަލިފާންގަނޑުތައް ދަނީ އަނދަމުންނެވެ.


🇮🇷🇶🇦

އީރާން އަދި ގަތަރު: ފާއިތުވި 12 ގަޑިއިރުގެ ތެރޭގައި އީރާނުން ވަނީ ގަތަރުގެ ރައުސް ލައްފާން ރިފައިނަރީއަށް ދެ ފަހަރެއްގެ މަތިން ހަމަލާދީފައެވެ. މިއީ ދުނިޔޭގައި ހުރި ގުދުރަތީ ގޭސް ބޭރުކުރާ އެންމެ ބޮޑު މަރުކަޒެވެ. މި ހަމަލާތަކާ ގުޅިގެން އެތަނުގައި ވެސް ބޮޑު އަލިފާންގަނޑެއް ވަނީ ރޯވެފައެވެ.


🇮🇷🇮🇱

އީރާން އަދި އިސްރާއީލް: އީރާނުން އިސްރާއީލަށް އަމާޒުކޮށް ކްލަސްޓަރ ބޮން ބޭނުންކޮށްގެން ހަމަލާތަކެއް ދީފިއެވެ. ރިޕޯޓުތައް ބުނާގޮތުގައި މި ހަމަލާތަކުގައި ގިނަ ބަޔަކު ޒަޚަމްވެފައިވާއިރު، އެކަކު މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.


🇺🇸🇮🇷 -

އެމެރިކާގެ ހިއްސާގެ ބާޒާރުން މިއަދު 800 ބިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް އުނިވެފައިވާއިރު، "ޑޯ ޖޯންސް" އިންޑެކްސް ވަނީ 2026 ވަނަ އަހަރު މިހާތަނަށް ނުވެއްޓޭހާ ދަށަށް ގޮސްފައެވެ.


🛢 - ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ބޮޑުތަނުން އުފުލިފައެވެ. އެގޮތުން ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 111 ޑޮލަރަށްވުރެ މައްޗަށް އަރާފައިވާއިރު، އާދައިގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 98 ޑޮލަރަށްވުރެ މަތީގައެވެ.


🇺🇸🇮🇷🇮🇱 -

ހޯރްމޫޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި އެމެރިކާއިން ދަނީ ދިގު މުއްދަތުގެ އަސްކަރީ އޮޕަރޭޝަނަކަށް ބާރުތައް ޖަމާކުރަމުންނެވެ. އިޒްރޭލުގެ "ކާން ނިއުސް" އިން ރިޕޯޓްކުރާ ގޮތުގައި، މި އޮޕަރޭޝަނަށް އެމެރިކާއާއި އަރަބި ގައުމުތަކުން ސިފައިން ނެރޭއިރު، އިޒްރޭލުން ފޯރުކޮށްދޭނީ ޖާސޫސީ މައުލޫމާތެވެ.


🇺🇸🇮🇷🇸🇦 -

އޭބީސީ ނިއުސްއިން ސެޓެލައިޓް ފޮޓޯތަކާއި ކަށަވަރުކުރެވިފައިވާ ވީޑިއޯތައް ދިރާސާކުރުމަށްފަހު ހާމަކޮށްފައިވާ ގޮތުގައި، ދުރާލާ އިންޒާރުދޭ ނިޒާމުތަކުގެ ތެރޭގައި ހިމެނޭ ނާޒުކު އަދި އަގުބޮޑު މަދުވެގެން 10 ރާޑަރު ސައިޓަކަށް ވަނީ ހަމަލާދީފައެވެ. މި ދިރާސާއިން ދައްކާ ގޮތުގައި ފަސް ގައުމެއްގައި ހުރި ހަތް އަސްކަރީ މަރުކަޒެއްގެ 25 އަށްވުރެ ގިނަ ތަނަކަށް ވަނީ ހަމަލާ އަމާޒުވެފައެވެ. މީގެ ތެރޭގައި މަތިންދާބޯޓު ބާއްވާ ހެންގަރުތަކާއި، ތެޔޮ ރައްކާކުރާ ތަންތަނުގެ އިތުރުން ލޮޖިސްޓިކްސް އިމާރާތްތައް ހިމެނެއެވެ. މަދުވެގެން ހަތް ގައުމެއްގައި ހުރި ރާޑަރު ނިޒާމުތަކަށް ހަމަލާ އަމާޒުވެފައިވާއިރު، އޭގެ ތެރޭގައި "ތާޑް" (THAAD) ދިފާއީ ނިޒާމާ ގުޅިފައިވާ AN/TPY-2 ރާޑަރުތަކާއި ގަތަރުގައި ހުރި ފޭސްޑް-އެރޭ ރާޑަރެއް ހިމެނެއެވެ. ސެޓެލައިޓް މައުލޫމާތު މަދުވުމުގެ ސަބަބުން، ލިބުނު ގެއްލުމުގެ ފުރިހަމަ ތަފްސީލެއް އަދިވެސް ސާފެއް ނުވެއެވެ.


🇺🇸🇮🇷🇴🇲 -

"އެމެރިކާގެ ރަހުމަތްތެރި ގައުމުތަކުން، ޣައިރު ގާނޫނީ ހަނގުރާމައަކުން އެމެރިކާ ސަލާމަތްކުރުމަށް އެހީތެރިވާންޖެހޭ،" އޮމާންގެ ފޮރިން މިނިސްޓަރު ބަދުރު ބިން ހަމަދު އަލް ބޫސައިދީ ބުނެފައިވެއެވެ.


🇮🇷 -

ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް ހަމަލާދިނުމަށްފަހު، އީރާނުގެ ބާރުދުވެލީގެ އުޅަނދުތަކެއް އެ ސަރަހައްދު ދޫކޮށްދާ މަންޒަރު ސެޓެލައިޓް ފޮޓޯތަކުން ފެންނަން ހުރި ކަމަށް ރިޕޯޓްކޮށްފިއެވެ.


🇷🇺🇮🇷 -

ރަޝިއާގެ ރައީސް ލަޑިމިއަރ ޕޫޓިން، އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއަށް ތައުޒިޔާގެ ސިޓީއެއް ފޮނުއްވައިފިއެވެ. މި ސިޓީ ފޮނުއްވީ އީރާނުގެ އިސް އޮފިޝަލެއް ކަމަށްވާ އަލީ ލާރިޖާނީ މަރުވުމާ ގުޅިގެންނެވެ.


🇺🇸🇮🇷🇮🇱 -

ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކުރާ ގޮތުގައި، މިދިޔަ ބުދަ ދުވަހު އިޒްރޭލުން އީރާނުގެ މުހިންމު ގޭސް ފީލްޑަކަށް ދިން ހަމަލާއަށްފަހު، އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އިތުރު ހަމަލާއެއް ދޭން ރައީސް ޓްރަމްޕް ބޭނުން ނުވެއެވެ. އިޒްރޭލުން "ސައުތު ޕާސް" އަށް ދިން ހަމަލާގެ މައުލޫމާތު ކުރިން އެނގި ހުންނަވައި، ޓްރަމްޕް އެކަމަށް ތާއީދުކުރެއްވީ ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ތެހެރާނަށް ވަރުގަދަ މެސެޖެއް ދިނުމުގެ ގޮތުންނެވެ. ނަމަވެސް، މިހާރު އީރާނަށް އެ މެސެޖު ލިބިފައިވާ ކަމަށް ގަބޫލުކުރެއްވޭތީ، އިތުރަށް އެފަދަ ތަންތަނަށް ހަމަލާދިނުމާ ޓްރަމްޕް ދެކޮޅު ހަދާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެއެވެ.


🇺🇸🇮🇷 -

ވޮޝިންގޓަން ޕޯސްޓުން ރިޕޯޓްކުރާ ގޮތުގައި، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް 200 ބިލިއަން ޑޮލަރަށްވުރެ ބޮޑު ބަޖެޓެއް ހަމަޖެއްސުމަށް ޕެންޓަގަންއިން ވަނީ ވައިޓް ހައުސްގައި އެދިފައެވެ. މި ފައިސާ ހޯދުމަށް އެމެރިކާގެ ކޮންގްރެސްގެ ހުއްދަ ހޯދަން ޖެހޭނެއެވެ.


🇮🇷🇦🇪 -

ޔޫނައިޓެޑް އެރަބް އެމިރޭޓްސްގެ ޚައުރު ފައްކާންގެ އިރުމަތިން 11 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި އުޅަނދަކަށް ހަމަލާއެއް އަމާޒުވެފައިވާ ކަމަށް ޔޫކޭ އެމްޓީއޯ (UKMTO) އިން ރިޕޯޓްކޮށްފިއެވެ.


🇺🇸🇮🇷 -

ރޮއިޓާސްއިން ރިޕޯޓްކުރާ ގޮތުގައި، އީރާނާ މެދު އަޅާނެ ފިޔަވަޅުތަކާ މެދު ރައީސް ޓްރަމްޕް ދަނީ ވިސްނަވަމުންނެވެ. މީގެ ތެރޭގައި ހޯރްމޫޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި މެދުއިރުމައްޗަށް އިތުރު އެތައް ހާސް ސިފައިންނެއް ފޮނުވުމުގެ ފުރުސަތު އޮތް ކަމަށް ބެލެވެއެވެ.


🇺🇸 -

ސިއްރު މައުލޫމާތުތަކެއް ލީކުކޮށްލި ކަމުގެ ތުހުމަތުގައި ޖޯ ކެންޓްގެ މައްސަލައެއް އެފްބީއައި (FBI) އިން ތަހުގީގު ކުރަމުންދާކަން ފޮކްސް ނިއުސް އަދި ސެމަފޯއިން ވަނީ ކަށަވަރުކޮށްދީފައެވެ.

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page