top of page
Featured Posts

ނުރައްކާތެރި ވައިރަހެއް ފެތުރުން ހުއްޓުވުމަށް އިންޑިއާއިން އަވަސް ފިޔަވަޅުތަކެއް އަޅަން ފަށައިފި


ނިޕާ (Nipah) ވައިރަހަކީ މިހާތަނަށް ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދިފައިނުވާ، ފުރާނައަށް ނުހަނު ނުރައްކާތެރި ވައިރަހެކެވެ. މި ބަލި ޖެހޭ މީހުންގެ ތެރެއިން %40 އާއި %75 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވާކަމަށް ރިކޯޑުކުރެވިފައިވެއެވެ. ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އިންޑިއާއިން ވަނީ މި ވައިރަސް ޖެހިފައިވާ ފަސް މީހަކު ފެނިފައެވެ. މިކަމާ ގުޅިގެން ގާތްގަނޑަކަށް 100 އެއްހާ މީހުން ކަރަންޓީނުވާން އަންގާފައިވާއިރު، އެކަކުގެ ހާލު ވަރަށް ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.


އާންމުގޮތެއްގައި އިންސާނުންގެ ގަޔަށް މި ވައިރަސް އަރަނީ ވާލުގެ ފަރާތުންނެވެ. ނިޕާ ވައިރަހުގެ ސަބަބުން ކުރިމަތިވާ އެންމެ ބޮޑު ނުރައްކަލަކީ ސިކުނޑި ދުޅަވުމެވެ. ބައެއް ބަލިމީހުންނަށް މީގެ ސަބަބުން މެނިންޖައިޓިސް (meningitis) ޖެހި، ހޭބަލިވުމާއި، ހޭނެތުމާއި، ފިޓުޖެހުން ފަދަ ކަންކަން ކުރިމަތިވެއެވެ. މި ބަލިން ސަލާމަތްވާ މީހުންނަށް ވެސް، ބަލި ފަސޭހަވުމަށްފަހު ފިޓުޖެހުމުގެ މައްސަލަ ދިމާވުމާއި، މިޒާޖަށް ބޮޑެތި ބަދަލުތައް އައުން ފަދަ ދާއިމީ ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހެއެވެ.


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page