top of page
Featured Posts

އަހަރެންނަށް ތިބާ އެނގުނުފަހުން އިސްލާމްދީން އަހަރެންނަށް ވަރަށް ކަމުދެއެވެ.

  • --
  • 4 days ago
  • 1 min read

🍁 ރިވާކުރެވޭ ގޮތުގައި އައްޟައްޙާކު ބްނު މުޒާޙިމު (102ހ) ގެ އަރިހަށް ނަޞާރާއިންގެ މީހަކު ގޮސް އުޅުނެވެ.


ދެން އެއްދުވަހަކު އޭނާ ބުނެފިއެވެ:

”އަހަރެންނަށް ތިބާ އެނގުނުފަހުން އިސްލާމްދީން އަހަރެންނަށް ވަރަށް ކަމުދެއެވެ.“


ދެން އައްޟައްޙާކު ވިދާޅުވިއެވެ:

”އެހެންވީމާ އިސްލާމްވާންވީ ނޫންހެއްޔެވެ؟“


އޭނާ ބުންޏެވެ:

”އަހަރެންނަށް އެކަން މަނާކުރަނީ ބަނގުރަލަށް އަހަރެން ކުރާ ލޯތްބެއްގެ ސަބަބުންނެވެ.“


އެކަލޭގެފާނު ވިދާޅުވިއެވެ:

”އެހެންވިއްޔާ އިސްލާމްވެފައި ދެން ބަނގުރާ ބޯށެވެ!“


ދެން އޭނާ އިސްލާމް ވެއްޖެއެވެ. އެހިނދު އައްޟައްޙާކު ވިދާޅުވިއެވެ:

”މިހާރު ތިބާ ތިޔަ އިސްލާމްވީއެވެ.

ދެން ތިބާ ބަނގުރާ ބޮއެފިއްޔާ އަހަރުމެން ތިބާގެ ގައިގައި ޙައްދުޖަހާނަމެވެ!

އަދި އިސްލާމްދީން ދޫކޮށް ގޮސްފިނަމަ ތިބާ ޤަތުލުކޮށްލާނަމެވެ!“


ދެން އޭނާ ބަނގުރާ ބުއިން ދޫކޮށްލާ، އަދި އިސްލާމްކަން ރިވެތިކުރިއެވެ.


📚 ޢުޔޫނުލް އަޚްބާރު، އަލްބަޞާއިރު ވައްޛަޚާއިރު 📚

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page