ހޯދައިގަނެ އަށަގަންނަ ޠަބީޢަތްތައް
- --
- 4 days ago
- 2 min read

އެއީ އިންސާނާއާއެކު އުފަންނުވާ ޠަބީޢަތްތަކެވެ. އެކަމަކު އެޠަބީޢަތްތައް އަށަގަންނަނީއެވެ.
މިސާލަކަށް: ކިބުރުވެރިކަމާއި ހިތްތިރިކަން، މަޑުމައިތިރިކަމާއި ހަރުކަށިކަން، ދީލަތިކަމާއި ދަހިވެތިކަމެވެ.
އެފަދައިން ރަށްފުށު ހިސާބާއި ސަހަރާތަކުގައި އުޅޭ މީހާ ހަރުކަށިކަމާއި ވަރުގަދަކަމާއި، ހިތްހަރުކަމާއި ކައްޓަރުކަމުގެ ޠަބީޢަތް ޖެހެއެވެ.
ސިޓީތަކާއި އަތިރިހިސާބުގައި އުޅޭ މީހުން އޭގެ އިދިކޮޅެވެ. އެގޮތުން އެއީ ޠަބީޢަތްތައް މަޑުކުރުވާ ކަމެކެވެ.
އަދި ދީލަތިމީހުންނާއެކު އުޅޭ މީހާ ދީލަތިކަމުގެ ޠަބީޢަތް އަށަގަނެ، ދަހިވެތިމީހުންނާއެކު އުޅޭމީހާ ދަހިވެތިކަމުގެ ޠަބީޢަތް އަށަގަންނަ ގޮތަށެވެ.
އަންހެނުންނާ އެކުވެ އުޅޭ ފިރިހެނާ ނާޒުކުކަމާއި، ފަސޭހަ މޮޅު ދިރިއުޅުމަށް ޠަބީޢަތްޖެހެއެވެ.
އަދި ފިރިހެނުންނާ އެކުވެ އުޅޭ އަންހެނާ ހަރުކަށިކަމާއި ގަދަބަދަވިކަމަށް ޠަބީޢަތްޖެހެއެވެ.
އިންސާނާ އޭގެ މައްޗަށް އެކުލެވިގެންވާ ޙިއްސުތަކާއި ގުނަވަންތައްވެސްވަނީ މިހެންނެވެ. އެގުނަވަންތަކާއި ޙިއްސުތައް ވަކި ކަމެއްގެ މައްޗަށް ޠަބީޢަތު ހިފައި، ދެން އުނދަގުލާ ލައިގެން މެނުވީ އެއިން ވަކިނުވެވޭ ގޮތަށްވެދާނެއެވެ.
އެގޮތުން ބާޒާރުގެ އަޑުފަށްގަނޑާއި، މީސްމީހުން ވާހަކަދައްކާ ހަޅޭއްފަޅޭއްޖަހާ އުޅޭ ތަނުގައި ނިދަން ޢާދަވެފައިވާ މީހާ, އެނޫން ގޮތަކަށް ނުވެސް ނިދޭގޮތް ވެއެވެ.
އަޑުތައް މަޑުވެ ހިމޭންވެއްޖެނަމަ އޭނާއަށް ނިދުމަށް ކުޅަދާނަނުވެއެވެ. ކިއެއްތަ، އޭނާ ނިދާހިނދު އެގޮތަށް ކަންކަންހުރުމަކީ ނިޢުމަތެއްކަމަށްވެސް ދެކެއެވެ.
އޭގެ އިދިކޮޅުކަމުގައިވާ: ހަމަހިމޭންކަމުގައި ނިދަން ޢާދަވެފައިވާ މީހާ, އަޑުތައް މަޑުވެ އެއްކޮށް ހިމޭންވެގެން ނޫނީ އޭނާއަށް ނުނިދެއެވެ.
އެއާ ޚިލާފުވާގޮތަށް މެއްސެއްގެ އަޑުއިވުނަސް އޭނާގެ ނިދި ކިލަނބުވެ ޚަރާބުވެއެވެ.
އިންސާނާ އެގޮތެއްގެ މަތީގައި ޢާދަވާ ކަމެއް އެއީ އޭނާގެ ޠަބީޢަތެއްކަމުގައި ވެދެއެވެ. އެހެންގޮސް އޭނާ އެކަންކަމުގެ މަތީގައި އުފަންވާ ޠަބީޢަތްތަކޭ އެއްފަދައިން މިކަންކަމާ ވަކިވާންވެސް އޭނާއަށް ދަތިވެ އުނދަގޫވެއެވެ.
އަދި ފަހަރެއްގައި އެކަންކަމުގެ ސަބަބުން، އޭނާ ޤަބޫލުކޮށް ދެކޭގޮތާއި، އިޚްތިޔާރުތަކުގައިވެސް ވަކި ގޮތަކަށް ގެންގޮސްފާނެއެވެ.
އެއީ އޭނާއަށް އެކަން އިޙްސާސްވެސް ނުވާ ޙާލުގައިއެވެ.
އޭނާގެ ރައުޔު އެދިމާލަށް ގެންދެއެވެ. އޭނާ ހީކުރަނީ އޭނާ އަމިއްލައަށް އެކަން އިޚްތިޔާރުކޮށް، އެކަމާމެދު ފިކުރުކުރިކަމަށެވެ.
އަދި ފަހަރެއްގައި އޭގެ ސަބަބުން އެއްވެސް ހުއްޓުމެއް އަދި ފިކުރުކުރުމެއްނެތި އޭނާގެ އިޚްތިޔާރު ވަކި ގޮތަކަށް ހިންގާފާނެއެވެ.
އެއީ މިސާލަކަށް ވަކި މަގަކުން ވަކި ތަނަކަށް ދާން އިންސާނާ ޢާދަވެފައިހުރި ނަމަ, އޭނާ އެތަނަށް ދާ ކޮންމެފަހަރަކު ވިސްނުމާއި ފިކުރު އެކަމާމެދު ނެތްނަމަ, ހަމަ އެމަގުން ލާފައި އޭނާއަށް ދެވެއެވެ.
އެއީ އެމަގުން ދާން ސީދާ އޭނާ ބޭނުން ނުވިޔަސްމެއެވެ.
އެހެނީ އޭނާގެ ބުއްދިއާއި ވިސްނުން، އެގޮތަށް އިޚްތިޔާރުކުރާކަށް އެގަޑީގައި މަސައްކަތެއް ނުކުރެއެވެ.
ޤަބޫލުކުރާ މަޛްހަބުތަކާއި ޢަޤީދާތަކާއި ދެކޭ ރައުޔުތަކުގައިވެސް ކަންވަނީ މިހެންނެވެ. ޢާދަވެ ފަރިތަވެ ޠަބީޢަތަކަށްވާ ހިސާބުން އެކަންކަމާމެދު ވިސްނުން ޙާޒިރުކޮށް ވަރަށް ބޮޑަށް ފިކުރުކުރަން ބުއްދިއަށް ޙާޖަތްޖެހެއެވެ.
އެބަޔަކު ކިބައިގައި ވަކިކަހަލަ ޢަޤީދާތަކަކާއި ބިދުޢަތަކާއި ގޯސްތައް ހަރުލާ އަށަގަންނަ ގިނަބަޔަކު,
އޭގެ ސަބަބަކަށްވީ އެމީހުން އެކަންކަމުގެ މަތީގައި ހެދިބޮޑުވެ ޠަބީޢަތްތަކުގައި ހަރުލާފައި ހުރުމުގެ ސަބަބުންނެވެ.
ދެން އެހިސާބުން ބުއްދީގެ ދައުރަކަށްވީ އެކަންކަމަށް ދަލީލު އަޅައިދީގެން ޘާބިތުކޮށް ހަރުލެއްވުމެވެ. އެކަންކަން އަލުން ބަލުން އުފަންކުރުވުމުގައި ބުއްދީގެ ދައުރު ނުވެއެވެ.“
-ޝެއިޚު ޠަރީފީ-
📖 އަލްފަޞްލު ބައިނައް ނަފްސި ވަލްޢަޤްލު 📖



































































































