top of page
Featured Posts

މަރު ހަނދުމަކުރުން ގިނަކޮށްފިމީހާ ވަކި އޭނާގެ އަޖަލުޖެހުމުގެ ކުރިން މަރެއް ނުވާނެއެވެ!

  • --
  • Jan 2
  • 1 min read

💥 ޔަޙްޔާ ބްނު މުޢާޛު (258ހ) ވިދާޅުވިއެވެ:


”މަރު ހަނދުމަކުރުން ގިނަކޮށްފިމީހާ ވަކި އޭނާގެ އަޖަލުޖެހުމުގެ ކުރިން މަރެއް ނުވާނެއެވެ!

އެއާއެކު އޭނާއަށް ތިން ހެޔޮކަމެއް ލިބެއެވެ:


▫️ފުރަތަމައީ: ތައުބާވުމަށް އަވަސްވުމެވެ.


▫️ދެވަނައީ: ލިބުނު މަދު ރިޒްޤަކަށްވެސް ހިތްރުހި ފުދުންތެރިވުމެވެ.


▫️ތިންވަނައީ: އަޅުކަމުގައި މުރާލިވެ ހީވާގިވުމެވެ.


ދުނިޔެއަށް ދަހިވެތިވެގެން އުޅޭ މީހާ ފަހެ، ﷲ އޭނާއަށް ލިޔުއްވާފައިވާ އެއްޗަކަށްވުރެ ވަކި ބޮޑަކަށް ނުކެވޭނެއެވެ.

އަދި އެއާއެކު އޭނާއަށް ތިން ޢައިބެއް ލައިގަނެއެވެ:


▪️ފުރަތަމައީ: ތިބާއަށް އޭނާ އަބަދުވެސް ފެންނާނީ ﷲ އޭނާއަށް ދެއްވި ތަކެއްޗަށް ޝުކުރުވެރިނުވާ ތަނެވެ.


▪️ދެވަނައީ: ދުނިޔެއިން އޭނާއަށް ދެއްވިފައިވާ އެއްޗަކުން (އެހެން މީހުންނަށް ހެޔޮފޯރުކޮށްދިީ) ވާގިވެރިނުވެއެވެ.


▪️ތިންވަނައީ: ﷲ އޭނާއަށް ދެއްވާފައިނުވާ އެއްޗެހިތަކެއް ހޯދުމުގައި އޭނާ އަވަދިނެތިއުޅެ ވަރުބަލިވެއެވެ.

އެހެންގޮސް ދީނީ ޢަމަލުތައް ކުރުންވެސް އޭނާ ފާއިތުކޮށްލައިފުމަށް ދާންދެނެވެ.“


📖 ޙިލްޔަތުލް އައުލިޔާ 📖

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page