top of page
Featured Posts

ޣައްޒާގެ މިތުއްތު ދަރިފުޅު އެވަނީ ރޮއެރޮއެ ވަރުބަލިކޮށްލާފައެވެ.

އެ މަޢުސޫމު ދަރިފުޅުގެ ބަލާލުމުގައި އެތައް ވޭނެއްގެ ޝަކުވާ ކޮށްލަން ބޭނުންވެފައިވާ ކަހަލައެވެ.


ނަމަވެސް މިއަދު އެތުއްތު ދަރިފުޅުގެ އަޑުއަހަން ހުރީ ކޮންބައްޕައެއް ހެއްޔެވެ؟ ލޯބިން އެހަށިގަނޑު ގަޔާލައި ބޮނޑިކޮށްލައި އެނަފްސުން ބިރުވެރިކަން ފިލުވައިލަދޭނީ އުންމަތުގެ ކޮން އަޚަކުހެއްޔެވެ؟ މިހުރިހާ މަންޒަރެއް ފެނި އެރުއިމުގެ އަޑު އިވި އެހެނަސް މިހިތްތަކަށް އަސަރެއް ނުކުރެއެވެ. މިއަދު އުއްމަތުގެ ފިރިހެނުންގެހިތް ހިލައަށްވުރެވެސް ހަރޭ ހީވާ ކަހަލައެވެ. ﷲ ގެ ކަލާމްފުޅު އަޑުއެހުމުން ދުރުވެފައިވުމުން އެހިތްތަކުގެ މަޑުމޮޅިކަން ގެއްލިފައިވާ ކަހަލައެވެ.


އޭ މާތްނަބިއްޔާ ﷺ އުއްމަތުގެ ފިރިހެންތަކުންނޭވެ! މިއަދު ތިޔަބައިމީހުން އެނަބިއްޔާގެ އުއްމަތް ނިކަމެތިކޮށްލާފައި، މާދަމާގޮސް އެކަލޭގެފާނާއި ބައްދަލުކުރާނީ ކޮންމޫނަކާއިގެން ހެއްޔެވެ؟ އެކަލޭގެފާނު މާދަމާ (( އުއްމަތީ، އުއްމަތީ )) އޭ ގޮވާއިރު ތިޔަބައިމީހުނަށް އެރަޙުމަތް ލިބޭނެހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުން ވާހުށީ އެކަލޭގެފާނާއި ދުރަށް ފަހާލެވޭ މީހުންކަމުގައި ހެއްޔެވެ؟


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page