top of page
Featured Posts

މުސްލިމުން ޖިހާދުގެ މަގުން އެއްކިބާ ކުރުމަށް ތަފާތު ޢުޒުރުތައް ދައްކަމުންދާ ދީނީ ދޫތަކަށް، ﷲ ވަނީ މީ



އަބޫ ޣަރީބު

ޖިހާދުގެ މަތިވެރި ފަރުޟު އަދާ ކުރުމުން މީސްތަކުން ދުރުކުރުމަށް މަސައްކަތް ކުރުމަކީ މިއަދު އަޅުގަނޑުމެންގެ އިސްލާމީ އުއްމަތުގައި ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވެމުންދާ ހިތާމަވެރި ޢަމަލެކެވެ. ނަމަވެސް މި އޮޅުވާލުމުން ފުރިގެންވާ ޝައިޠާނީ ޢަމަލުގެ ސަބަބުން މި މަތިވެރި ފަރުޟުން އެއްވެސް ޙާލެއްގައި އެއިލާހުގެ ތެދުވެރި މުއުމިނުން ދުރުކުރުމަކީ ﷲ އިރާދަފުޅާއެކު ވާނޭ ކަމެއް ނޫނެވެ. އެހެނީ މި ޝައިޠާނީ ޢަމަލުގެ ހަންފެތުރުމަށްޓަކައި މިއަދު އަޅުގަނޑުމެންގެ ލޮލުގެ ކުރިމަތީ މި ފެންނަ މަންޒަރުތަކާއި އަޅުގަނޑުމެންނަށް އިވެމުންދާ އަޑުތަކާއި ބެހޭގޮތުން މީގެ 1400 އަހަރު ކުރިން މާތް ﷲ އެއިލާހުގެ ޤުރުއާނުގައި އެއްވެސް އޮޅުމެއް ނެތް ފަދައަކުން މި ޝައިޠާނީ ޢަމަލާއި ބެހޭގޮތުން ވަނީ މީސްތަކުންނަށް ސާފު ކޮށްދެއްވާފައެވެ. ޤުރުއާނުގެ އާޔަތްތަކާއި ޙަދީޘްތައް ހިތުދަސްކޮށްގެންވާ ޙާލު އަދި އަބަދުމެ ދުލު ކުރީގައި އާޔަތްތަކާއި ޙަދީޘްތައް ކިޔަމުންދާ ހިނދުވެސް އެފަދައިން ޢަމަލު ކުރާ މީހުންގެ ހިތަށް އެއްވެސް ބިރުވެރިކަމެއް ނުވަންނަ ސަބަބަކީ އަޅުގަނޑުމެން އެއްވެސް ޙާލެއްގައި ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. އެހެނީ މި ހުރިހާ ކަމެއްގެ ޙަޤީޤަތް ކީރިތި ޤުރުއާނުގައި ސާފުކޮށް އައިސްފައިވެއެވެ.


އިމާމް އަލް އަންވަރް އަޥްލާޤީ (حفظه الله) އެބޭފުޅާގެ ދަރުސެއް ކަމުގައިވާ ނަބިއްޔާ (صلى الله عليه وسلم) ސީރަތުގައި ތަބޫކު ހަނގުރާމައިގެ ހާދިސާ ކިޔައިދެއްވަމުން ވިދާޅުވެފައިވެއެވެ. ”ﷲ ތަޢާލާ ތައުބާ ސޫރަތުގެ 34 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. ”يَا أَيُّهَا الَّذِينَ آمَنُوا مَا لَكُمْ إِذَا قِيلَ لَكُمُ انْفِرُوا فِي سَبِيلِ اللَّهِ اثَّاقَلْتُمْ إِلَى الأرْضِ أَرَضِيتُمْ بِالْحَيَاةِ الدُّنْيَا مِنَ الآخِرَةِ فَمَا مَتَاعُ الْحَيَاةِ الدُّنْيَا فِي الآخِرَةِ إِلا قَلِيلٌ“ ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ މަގުގައި ހަނގުރާމަ ކުރުމަށް ނުކުންނާށޭ ތިޔަބައިމީހުންނަށް އެންގެވިހިނދު، ތިޔަބައިމީހުން ބިމަށް ބުރަ ޖެހުނީ ކީއްވެގެން ހެއްޔެވެ؟ އާޚިރަތައްވުރެ ދުނިޔޭގެ ދިރިހުރުމަށް ތިޔަބައިމީހުން ރުހުނީހެއްޔެވެ؟ ދުނިޔޭގެ އުފަލާއި، އަރާމަކީ އާޚިރަތާއި އަޅާބާލާއިރު، މަދު އެތިކޮޅެއް ކަމުގައި ނޫނީ ނުވެއެވެ.“ [ތައުބާ 38] ގޮވާލުމަކީ ވަރަށްވެސް އުނދަގޫ ގޮވާލުމެކެވެ. އެބަހީ ތަބޫކު ހަނގުރާމައަށް ގޮވާލި ގޮވާލުމެވެ. އެހެންކަމުން މީސްތަކުން މި ގޮވާލުމަށް އިޖާބަދިނުމަށްފަހު، ނިކުތުމަށް އެބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ވެސް އެކަން ބަޔާން ކޮށްދޭން ތިބީ އުނދަގޫ ވެފައެވެ. އެހެންކަމުން ﷲ ތަޢާލާ މި އާޔަތުގައި ސީދާ މީސްތަކުންގެ ހިތްތަކާއި މުޚާތިބް ކުރައްވަނީ އެވެ. އަދި ހިތްތަކުގައިވާ ކަންތައްތައް ފާޅުކޮށްލައްވަނީ އެވެ. އަދި އެނގުނަސް ނޭނގުނަސް އެބައިމީހުންގެ ހިތުގައިވާ ބަލިކަށިކަން އަންގަވަނީ އެވެ. އަދި މިއީ ޤުރުއާނުގެ ޚާއްޞަކަން ދައްކުވައިދޭ ކަމެކެވެ. އެހެނީ ޤުރުއާނަކީ ހަމަކަށަވަރުން ތިޔަބައިމީހުން އުފެއްދެވި އިލާހުގެ ބަސްފުޅެވެ. އަދި އިންސާނުންނަށް އެންމެ ފައިދާ ހުރި ކަންތައްތަކާއި އެންމެ ގެއްލުން ހުރި ކަންތައްތައް އެއިލާހު މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުންގެ ހިތުގެ އެންމެ އެތެރޭގައި ވާ ތަކެތިވެސް އެއިލާހު މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި ތިބާގެ އަމިއްލަ ނަފްސަށް ނުވެސް އެނގޭ ކަންކަމުގައި ވެސް މި ކަންތައްތައް ވެދާނެ އެވެ. އެހެން ކަމުން އެބައިމީހުން ޖިހާދަށް ނިކުންނަށް ބޭނުން ނުވަނީ ކީއްވެގެން ކަން ﷲ ތަޢާލާ މި އާޔަތުގައި ބަޔާން ކޮށްދެއްވަނީ އެވެ. އެހެނީ މީސްތަކުން ޖިހާދަށް ނުނިކުތުމަށްޓަކައި އެތައް ބައިވަރު ސަބަބުތަކެއް ދައްކަފާނެ އެވެ. އެއްބަޔަކު ބުނެފާނެއެވެ. ”މި ވަގުތު ނިކުތުމަށް ފިޤުހު އެއްބަހެއް ނުވެއެވެ.“ އެނެއްބަޔަކު ބުނެފާނެ އެވެ. ”ތި ކަމުގައި އިޚްތިލާފު އެބަހުއްޓެވެ.“ އަނެއްބަޔަކު ބުނެފާނެ އެވެ. ”ތިއީ ބުއްދި ޤަބޫލު ނުކުރާ ކަމެކެވެ.“ އަނެއް ބަޔަކު ބުނެފާނެ އެވެ. ”ތިއީ ޙިކްމަތްތެރި ކަމެއް ނޫނެވެ.“ އެހެންނަމަވެސް ﷲ ތަޢާލާ މީސްތަކުންނަށް ޙަޤީޤީ ސަބަބު ބަޔާން ކުރައްވަނީ ކިހިނެއްތޯއެވެ؟ މިއާޔަތުގައި ﷲ ތަޢާލާ ސަބަބު ކަމަށްވާ ބައްޔާއި އަދި އޭގެ ހައްލު އާދެ ޝިފާވެސް ބަޔާން ކުރައްވައެވެ. ބައްޔަކީ اثَّاقَلْتُمْ إِلَى الأرْضِ ތިޔަބައިމީހުން ބިމަށް ބުރަ ޖެހުނީ ކީއްވެގެން ހެއްޔެވެ؟ އަދި ޝިފާއަކީ ”فَمَا مَتَاعُ الْحَيَاةِ الدُّنْيَا فِي الآخِرَةِ إِلا قَلِيلٌ“ ”ދުނިޔޭގެ އުފަލާއި، އަރާމަކީ އާޚިރަތާއި އަޅާބާލާއިރު، މަދު އެތިކޮޅެއް ކަމުގައި ނޫނީ ނުވެއެވެ.“ އަދި ހަމަ މިފަދައިން ފުރަތަމަ ދުވަހުން ފެށިގެން ސޫރަތުލް ބަޤަރާގައި ﷲ ވަޙީ ކުރައްވަނީ ”كُتِبَ عَلَيْكُمُ الْقِتَالُ وَهُوَ كُرْهٌ لَكُمْ “ ”ތިޔަބައިމީހުންގެ މައްޗަށް ހަނގުރާމަ ކުރުން ފަރުޟު ވެއްޖެއެވެ. އަދި އެއީ ތިޔަބައިމީހުން އެކަމާއި ނުރުހޭ ޙާލުއެވެ.“ [ބަޤަރާ 216] ﷲ ވަނީ ޖިހާދު ފަރުޟު ކުރެއްވުމާއި ގުޅިގެން އަހަރުމެން އެކަމާއި ނުރުހޭނެ ކަން ބަޔާން ކުރައްވާފައެވެ. އަދި މިއަދު އަހުރެމެން މި ޖިހާދު ކުރުމަށް ހަމައެކަނި ނުރުހެނީކީ އެކަންޏެއް ނޫނެވެ. މި ކަމުގެ ވާހަކަ ދެއްކުމަށްވެސް އަހަރުމެން ނުރުހެމެވެ. ނިކަން އަހަރުމެންގެ މި ޒަމާނަށް ނަޒަރު ހިންގާލާށެވެ! ޖިހާދުގެ ވާހަކަ ދައްކަނީ ކިތައް މީހުން ހެއްޔެވެ؟ މި ޢަމަލަކީ އިސްލާމް ދީނުގެ ބޮޑު ފަރުޟެއް ގޮތުގައި ވެފައިވާ ހިނދުގައިވެސް އަދި ޖިހާދާއި ބެހޭ ގޮތުން އެތައް އާޔަތްތަކާއި އެތައް ޙަދީޘްތަކެއް ހުރި ހިނދުގައިވެސް މީސްތަކުން މި އަމަލު ނުކުރާތާގައި މި ކަމާއި ބެހޭ ގޮތުން އެއްޗެއްވެސް ނުބުނެ އެވެ. އެހެންކަމުން މި އާޔަތުގައި ﷲ ތަޢާލާ ބައްޔާއި އޭގެ ޝިފާ ބަޔާން ކުރެއްވުމަށްފަހު ދެން ވަޙީ ކުރައްވަނީ އެއިލާހުގެ މަގުގައި ހަނގުރާމަ ނުކޮށްފިނަމަ ކަންތައްވާނޭ ގޮތުގެ ވާހަކައެވެ. ”إِلا تَنْفِرُوا يُعَذِّبْكُمْ عَذَابًا أَلِيمًا“ ”ތިޔަބައިމީހުން (ހަނގުރާމައަށް) ނުނިކުންނަމަ، ވޭންދެނިވި ޢަޒާބަކުން އެއިލާހު ތިޔަބައިމީހުންނަށް ޢަޒާބު ދެއްވާނެއެވެ.“ [ތައުބާ 39] މިއަދު އަހަރުމެންގެ ޙާލަތަކީ މި ކަމަށްވާ ހެއްކެކެވެ. އަހަރުމެން ފަހަތަށް ޖެހުމުގެ ސަބަބުން ﷲ ތަޢާލާ އަހަރުމެންނަށް ޢަޒާބު ދެއްވަވާފައިވާ ގޮތްތައް ނިކަން ދެކޭށެވެ! އިސްލާމީ އުއްމަތަކީ އެންމެ މުއްސަދި އުއްމަތް ކަމުގައި ވީ ހިނދުވެސް އަހަރުމެން ވަނީ ފަޤީރުވެފައެވެ. އަހަރުމެންގެ ބިންތަކާއި އެ ބިމުގެ އަޑީގައިވާ އެއްޗެއްސަކީ މުއްސަދި އެއްޗެހި ކަމުގައިވީ ހިނދުވެސް އަހަރުމެން މި ވަނީ ފަޤީރުން ކަމުގައެވެ. އަދި އެންމެ ވަރުގަދަ ގުޅުމެއް އޮންނަން ޖެހޭނެ އުއްމަތަކީ މި އުއްމަތް ކަމުގައި ވީ ހިނދު އަހަރުމެންގެ އުއްމަތްވަނީ ބައިބައިވެފައެވެ. އަދި އެންމެ މަތިވެރި އެންމެ ވަރުގަދަ އުއްމަތް ކަމުގައިވާން ޖެހޭ އަހަރުމެންގެ މި އުއްމަތް ވަނީ ނިކަމެތިވެފައެވެ. މިހުރިހާ ކަމަކީ ﷲ ތަޢާލާގެ ޢަޒާބެވެ. ކީއްވެހެއްޔެވެ؟ އަހަރުމެން އެއިލާހުގެ ދީނަށް ނަޞްރު ނުދިނުމުގެ ސަބަބުންނެވެ. ދެން ފަހެ ތަބޫކު ހަނގުރާމައިން ރެކުމަށްޓަކައި ތަފާތު ޢުޒުރުތައް ދައްކަމުން ދިޔާ މީސްތަކުންނާއި ބެހޭގޮތުން ﷲ ވަޙީ ކުރެއްވިއެވެ. ”وَإِذَا أُنْزِلَتْ سُورَةٌ أَنْ آمِنُوا بِاللَّهِ وَجَاهِدُوا مَعَ رَسُولِهِ اسْتَأْذَنَكَ أُولُو الطَّوْلِ مِنْهُمْ وَقَالُوا ذَرْنَا نَكُنْ مَعَ الْقَاعِدِينَ“ ”ތިޔަބައިމީހުން، ﷲ އަށް އީމާން ވުމަށާއި، އެއިލާހުގެ ރަސޫލާގެ އަރިހުގައި ޖިހާދު ކުރުމަށް އަންގަވާފައިވާ ސޫރަތެއް ބާއްވައިލައްވައިފިނަމަ، އެބައިމީހުންގެ ތެރެއިން ތަނަވަސްކަމާއި ބާރުވެރިކަމުގެ އަހުލުވެރިން (ހަނގުރާމަޔަށް ނުގޮސް ތިބުމަށް) ކަލޭގެފާނުގެ އަރިހުން އިޒުނައަށް އެދޭނެއެވެ. އަދި އެބައިމީހުން ބުނާނެއެވެ.“ [ތައުބާ 86] މި އާޔަތުގައި އަހަރުމެންނަށް މި ފެންނަނީ މިބައިމީހުން ޖިހާދަށް ނުދިޔުމަށްޓަކައި ނަބިއްޔާ (صلى الله عليه وسلم) ގެ އަރިހަށް އައިސް އުޒުރުތައް ހޯދަމުންދާ ތަނެވެ. ﷲ މިބައިމީހުންނާއި މެދު ވަޙީ ކުރެއްވީ ”رَضُوا بِأَنْ يَكُونُوا مَعَ الْخَوَالِفِ وَطُبِعَ عَلَى قُلُوبِهِمْ فَهُمْ لا يَفْقَهُونَ“ ” (ހަނގުރާމަޔަށް ނުގޮސް) ގޭގައި ތިބޭ އަންހެނުންނާއި އެކުގައި ވުމަށް، އެބައިމީހުން ރުހުނެވެ. އަދި އެބައިމީހުންގެ ހިތްތަކުގައި ސިއްކަޖައްސަވައި ބަންދުކުރައްވާފައިވެއެވެ. ފަހެ އެބައިމީހުންނަށް ނުވިސްނެނީއެވެ.“ [ތައުބާ 87] އެބައިމީހުން ރުހުނީ ކޮން ބަޔަކާއެއްކޮށް ތިބުމަށްތޯއެވެ؟ އަންހެނުންނާއި ކުޑަކުދިންނާއި އެކުއެވެ. އަދި އެބައިމީހުންގެ ހިތްތަކުގައި ސިއްކަ ޖެހިފައިވުމުގެ ސަބަބުން އެބައިމީހުންނަށް އެކަމެއް ނުވިސްނޭނެ ކަން ވެސް ﷲ ބަޔާން ކުރައްވައެވެ. އަޚުންނާއި އުޚުތުންނޭވެ! މި ނުކުތާއަށް ސަމާލުވާށެވެ. މި ބައިމީހުންނަކީ ޤުރުއާން އަޑު އިވިފައިވާ ބަޔެކެވެ. އަދި މިބައިމީހުންނަކީ ނަބިއްޔާ (صلى الله عليه وسلم) ހުޠުބާތަކާއި ދަރުސް ތަކުގައި އިށީން މީހުންނެވެ. ހަމަޔަޤީނުންވެސް އަހަރެންނާއި ތިއަޚުންނަށްވުރެ ބޮޑަށް އެބައިމީހުންނަށް ޢިލްމު އެނގޭނެއެވެ. ނަމަވެސް ﷲ ވަޙީ ކުރައްވަނީ އެބައިމީހުންނާއި ބެހޭ ގޮތުން ”فَهُمْ لا يَفْقَهُونَ“ ”ފަހެ އެބައިމީހުންނަށް ނުވިސްނެނީ އެވެ.“ މި ބައިމީހުންނަކީ ޤުރުއާން އޭގެ އެންމެ ތާޒާ ހިނދުގައި އުޑުން ބާއްވާލެއްވުމާއި އެކު އަޑު އަހަމުން ދިޔަ މީސްތަކުންނެވެ. އަދި ޙަދީޘްތައް ސީދާ މާތް ނަބިއްޔާ ގެ ދޫފުޅުން އަޑުއަހަމުން ދިޔަ މީސްތަކުންނެވެ. އެބައިމީހުން އުޅެމުން ދިޔާއީ އޭގެ މެދު ތެރޭގައެވެ. އެހެންކަމުން އަހަރުމެން ކިތަންމެ ގިނައިން ޤުރުއާން ދަސްކޮށް ޙަދީޘްތައް ދަސްކުރި ކަމުގައި ވިޔަސް މިބައިމީހުންގެ ފެންވަރަށް ދާނެ ހެއްޔެވެ؟ އެ ހިނދުގައިވެސް އެބައިމީހުންނާއި ބެހޭ ގޮތުން ﷲ ވަޙީ ކުރައްވަނީ ”فَهُمْ لا يَفْقَهُونَ“ ”ފަހެ އެބައިމީހުންނަށް ނުވިސްނެނީ އެވެ.“ މިއަދުގެ މިންގަޑުން ބަލާނަމަ އެބައިމީހުން ވާނީ މަތިވެރި ޢިލްމުވެރިންނަށެވެ. އެހެން ނަމަވެސް އެބައިމީހުންނަކީ ނުވިސްނޭ ބަޔެކެވެ. ކީއްވެހެއްޔެވެ؟ އެއީ އެބައިމީހުންނަށް ޙަޤީޤަތް ފަހުމްއެއް (ނުވިސްނުނެވެ) ނުވެއެވެ. ދުނިޔެއާއި އާޚިރަތުގެ ޙަޤީޤަތާއި ޖިހާދު ކުރުމުގެ ޙިކްމަތާއި ޖިހާދުގެ މަތިވެރި ޤުރުބާނީ ތަކުގެ ޙަޤީޤަތްތަކެއް އެބައިމީހުންނަކަށް ނުވިސްނެއެވެ. އެބައިމީހުންނަށް ހަމަ ނުވިސްނެނީ އެވެ. ހަމަ މިފަދައިން ނުވިސްނޭ އެތައް އެތައް މުސްލިމުންނެއް މިއަދުގެ މުސްލިމް އުއްމަތުގައި އެބައުޅެ އެވެ. އިސްލާމް ދީނުގެ ހަޤީޤަތެއް ނުވިސްނެއެވެ. އަދި ﷲ ދީނަށް ނަޞްރު ދިނުމުގެ މުހިއްމު މައްސަލަ އެއްގޮތަކަށްވެސް ނުވިސްނެއެވެ. އެހެން ކަމުން އަޚުންނާއި އުޚުތުންނޭވެ! ވިސްނުން ބިނާވެގެންވަނީ އެމީހަކު ދަސްކުރާ ގުރުއާނުގެ އާޔަތްތަކާއި ޙަދީޘްތަކުގެ ޢަދަދުގެ މައްޗަކުންނެއް ނޫނެވެ. ވިސްނުން ބިނާވެގެން ވަނީ ހިތުގެ ފިޤުހުގެ މައްޗަށެވެ. އެހެނީ ކޮންމެ މީހަކަށްވެސް ޤުރުއާނުގެ އާޔަތްތައް ހިތުދަސް ކުރެވިދާނެ އެވެ. ކާފަރަކަށްވެސް އެކަން ކުރެވިދާނެ އެވެ. މިއީ ޙައްޤު ޢިލްމު ލިބިގެންވާ ކަމަށް ބެލޭނެ މިންގަޑެއް ނޫނެވެ. ޙައްޤު ޢިލްމު ލިބިގެންވާ ކަމަށް ބެލެވޭނެ މިންގަޑަކީ އެ އާޔަތްތައް ވިސްނިފައިވާ މިންވަރަކުންނެވެ. އަދި އެ އާޔަތްތަކަށް ޢަމަލު ކުރާ މިންވަރަކުންނެވެ. އަދި ހަމަ އާޔަތްތަކަށް ޢަމަލު ކުރުމެއްނެތި އާޔަތް ތަކާއި ޙަދީޘްތައް ހިތުދަސް ކުރުމަކީ ޙަޤީޤަތުގައި ޤިޔާމަތް ދުވަހުގައި އޭނާއާއި ދެކޮޅަށް ނެގޭނެ ދަލީލުތަކަށް އިތުރުކޮށްދޭ އިތުރުކޮށްދިނުމެކެވެ. އެހެނީ އެ އާޔަތް ނުވަތަ ޙަދީޘް ދަސްކުރުމަށްފަހު އޭނާ އެއަކަށް އެއްވެސް ފަދަ ޢަމަލެއް ނުކުރެއެވެ. އެހެންކަމުން ޤިޔާމަތް ދުވަހުން ނޭނގޭ މީހާއަށް ވުރެ މިފަދަ މީހެއްގެ ޙާލު މާބޮޑެވެ. އެހެން ކަމުން އަޚުންނާއި އުޚުތުންނޭވެ! ފޮނި ދޫ ތަކުގެ ބަސްތަކަށް ނުހެއްލޭށެވެ. އެބައިމީހުންނަކީ ހަމައެކަނި ހިތުދަސް ކުރާ އެހެން ނަމަވެސް އެ އާޔަތްތައް ފަހުމް ނުވާ އަދި ޢަމަލުވެސް ނުކުރާ ބައެކެވެ. އެފަދަ ބަޔަކަށް ތަބާ ނުވާށެވެ. ތަބާ ވާން ޖެހޭނީ ޙައްޤަށް ޢަމަލު ކުރާ މީހުންގެ ބަހަށެވެ. އަދި ޢަމަލު ނުކުރާތާގައި ޙައްޤު ގޮތް ބަޔާން ކޮށްދީފިނަމަ، އޭނާއަށް ބެލުމެއްނެތި ތިބާ ޢަމަލު ކުރާށެވެ. ދެން ﷲ ވަޙީ ކުރައްވަނީ ވިސްނުނު ބައެއްގެ ވާހަކައެވެ. ”لَكِنِ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ جَاهَدُوا بِأَمْوَالِهِمْ وَأَنْفُسِهِمْ وَأُولَئِكَ لَهُمُ الْخَيْرَاتُ وَأُولَئِكَ هُمُ الْمُفْلِحُونَ“ ”އެހެނެއްކަމަކު، ރަސޫލާއާއި، އެކަލޭގެފާނުގެ އަރިހުގައި އީމާންވެގެން ތިބިމީހުން އެބައިމީހުންގެ މުދާތަކުންނާއި، ނަފްސުތަކުން ޖިހާދު ކުރިއެވެ. އެބައިމީހުންނަށް ހެޔޮ ދަރުމަތައް ހުއްޓެވެ. އަދި ކާމިޔާބުލިބިގެންވާ މީހުންނަކީ ހަމަ އެބައިމީހުންނެވެ.“ [ތައުބާ 88]“ އިމާމްގެ ބަސްކޮޅު ނިމުނީ. އެހެން ކަމުން އަޚުނާއި އުޚުތުންނޭވެ! އެންމެ މާތް ޒަމާނުގައި އެންމެ މާތް ބިމުގައި އެންމެ މާތް އިންސާނާގެ އަރިހުގައި ޖިހާދު ފަރުޟު ވުމުން އުޒުރު ހޯދަން މީސްތަކުން ދުވި ފަދައިން މިއަދުވެސް މީސްތަކުން އުޒުރުތައް ހޯދުމަށް ދުވާނެ ކަމީ ޝައްކެތްވެސް އޮތް ކަމެއް ނޫނެވެ. އަދި އެދުވަހު އެބައިމީހުންނަށް ﷲ ދެއްވި ފުރިހަމަ ޖަވާބު މިއަދުވެސް މި ޢުޒުރުތަށް ދައްކައިގެން މީސްތަކުން ޖިހާދުން އެއްކިބާ ކުރަމުންދާ ދީނީ ދޫތަކަށް ހަމަކަށަވަރުން ފުދިގެން ވެއެވެ. އެހެނެއްކަމަކު އެބައިމީހުންގެ ހިތްތައް ﷲ ބަންދުކޮށް ސިއްކަ ޖެއްސެވުމުން ދެން ފަހެ އަހަރެމެން ކުރާނީ ކޮން ކަމެއް ހެއްޔެވެ؟ މިފަދަ އޮޅުވާލުން ބޮޑު ޒަމާނެއްގައިވެސް ޖިހާދުގެ މަތިވެރި ޤުރުބާނީތައް ދެމުންދާ އަޚުންނާއި އުޚުތުންނަށް ﷲ ގެ މަތިވެރި ހިދާޔަތް ދެއްކެވި ކަމަށްޓަކައި އެއިލާހަށް ކޮޅުނެތް ކޮޅަށް ޙަމްދު ކުރަމެވެ. ހަމަ ކަށަވަރުން ﷲ ވަނީ އެއިލާހުގެ މަގުގައި ގަދައަޅާ މަސައްކަތް ކުރާ މީހުންނަށް ޙައްޤު ދައްކަވާނެ ކަމަށް ވަޢުދުވެ ވޮޑިގެންފައެވެ.

www.haqqubooks.com

ކުރީގެ ކުލިކްފޯއިސްލާމްގެ ލިޔުމެއް

Click4islam




telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page