top of page
Featured Posts

ޝަހީދު ޢިއްޒުއްދީން އަލްޤައްސާމް ބްރިގޭޑްގެ ސްޕޯކްޕާސަން އަބޫ ޢުބައިދާ ( اللهم احفظه من كل سوء ومكروه )

މިއީ މިއަދު ގިނަ މުސްލިމުންކުރެ ޢާންމުންގެ މެދުގައި މަޤްބޫލް ޝަޚުޞިއްޔަތެކެވެ. ޚިޠާބު ދިނުމުގައި ފަޞާޙަތްތެރި ބަލާޣާތްތެރި މުޖާހިދެކެވެ. އަދި އެމުޖާހިދެއްގެ އަޑު ޖެހުނަސް ޔަހޫދީން ފިއްކަނޑައިގެންދާފަދަ ވަރުގަދަ ބަޠަލެކެވެ. މިއަދު އަބޫ ޢުބައިދާގެ އަޑު ހަނދާންކޮށްދެނީ އަބޫ ބަކުރުގެފާނު ޚާލިދުބިން ވަލީދަށް މަދަދުގެ ގޮތުގައި ފޮނުއްވި "ޤަޢުޤާޢު ބިން ޢާމިރުއް ތަމީމީ" ރަޟިޔަﷲ ޢަންހުގެ ވާހަކައެވެ. އަބޫބަކުރުުގެފާނު ވިދާޅުވިކަމަށްވެއެވެ. : ((ހަމަކަށަވަރުން ހަނގުރާމައިގައި ޤަޢުޤާޢުގެ އަޑު 1000 މީހުނާއި ނުބައްދަލެވެ.))

ފަހެ ރަތްފަގުޑިއަކީ އަޅުގަނޑުމެންގެ ސަގާފަތަކަށް ހަނދަންވެއްޖެއެވެ. ޒުވާނުންނާއި ކުޑަކުދިންވެސް ފަގުޑި މޫނުގައި އޮޅައި (މުލައްޘިމް) އަކަށް ވާން ދަސްކުރާށެވެ. އެހެނީ މާތްނަބިއްޔާގެ ޞަޙާބީން ހަނގުރާމަތަކުގައި ފަގުޑިން މޫނުފޮރުވައި ހަދައެވެ. އެއީ ކާފިރުންގެ ތެރެއަށް ވަދެގަންނައިރު މުސްލިމުންނަށް އެބޭކަލަކު ފާޅުނުވުމަށްޓަކައެވެ. ދެއްކުންތެރިކަމުން ސަލާމަތްވުމުގެ ގޮތުންނެވެ.


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page