top of page
Featured Posts

ބައްޕައިންގެ އުނގުން ގޭގައި ތަރުބިއްޔަތު ދެވި ކިޔަވާދެވޭ އަންހެން ދަރިން..

ree

ތާބިޢީ ބޭކަލުންގެ ސާހިބާ ސަޢީދު ބްނުލް މުސައްޔަބުގެ ދަރިކަނބަލުން، އެކަލޭގެފާނުގެ ދަރިވަރަކާއި ކައިވެނި ކުރުވިއެވެ.


ދެން އެބޭކަލަކު އެކަމަނާގެ އަރިހުގައި ރޭކުރެއްވުމަށްފަހު ހެނދުނުވުމުން، ރިދާކޮޅު ނަންގަވާ ބޭރަށް ނިކުންނަވަން އުޅެނިކޮށް އަނބިކަމަނާ ދަންނަވައިފިއެވެ:

'ކޮންތާކަށްތޯއެވެ؟'


ވިދާޅުވިއެވެ: 'ސަޢީދުގެ މަޖްލިސަށް ޢިލްމު ޙާޞިލު ކުރުމަށެވެ.'


އެހިނދު އެކަމަނާ ވިދާޅުވިއެވެ: 'އިށީންނާށެވެ! ތިބާއަށް ސަޢީދުގެ ޢިލްމު އަހަރެން އުނގަންނައިދޭނަމެވެ!'

...........


އިމާމް މާލިކު ލިޔުއްވި ދެހާހެއްހާ ޙަދީޘްގެ މައްޗަށް އެކުލެވޭ ފޮތްކަމުގައިވާ 'މުވައްޠައު' ދަސްކޮށްގެން ނުވަތަ ނަކަލުކޮށްގެން ކިޔާ ދިނުމަށްޓަކައި ދަރިވަރުން އެކަލޭގެފާނުގެ ގެކޮޅަށް އާދެއެވެ.


ދެން އެކަލޭގެފާނު އަޑުއެއްސެވުމަށްޓަކައި މުވައްޠައު ކިޔާދެވޭހިނދު، ކިޔާ މީހާ އެއްޗެއް އިތުރުކޮށް ނުވަތަ އުނިކޮށް ކުށެއް ކިޔައިފިނަމަ، ކޮޓަރި ތެރެއިން އިމާމް މާލިކުގެ ދަރިކަނބަލުން ދޮރުގައި ޓަކި ޖައްސަވައެވެ.


ދެން ބައްޕާފުޅު ވިދާޅުވެއެވެ: 'އަލުން ކިޔާށެވެ. ތިބާ ކުށެއް ކިޔައިފިކަން ކަށަވަރެވެ.' ދެން އެމީހަކު އަލުން ކިޔާއިރު ކުށެއް ކިޔުނުކަން އެނގެއެވެ.


📖އަލްމަދްޚަލު ލިއިބްނިލް ޙާއްޖު 📖

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page