top of page
Featured Posts

ޢަލީ ބްނު އަބީ ޠާލިބު އާއި ފާޠިމަތުގެފާނުގެ ދަރިކަނބަލެއްކަމުގައިވާ އުންމު ކުލްޘޫމު ބިންތު ޢަލީ،

އެކަމަނާ ކުޑަކުއްޖެއްގެ ގޮތުގައި ކުޅެ އުޅެ އުޅުނު ދުވަސްވަރު އަމީރުލް މުއުމިނީން އަދި ހިދާޔަތުގެ އިމާމުކަމުގައިވާ ޢުމަރު ބްނުލް ޚައްޠާބު ވަޑައިގަންނަވާ ކައިވެންޏަށް އެދިލައްވާ ޚިޠުބާ ކުރެއްވިއެވެ.


އަދި އެކަމަނާގެ ޢުމުރުން 10 ވަރަކަށް އަހަރުގައި ޢުމަރުގެފާނު ކައިވެނި ބައްލަވައިގަތެވެ. އެއިރު ޢުމަރުގެފާނުގެ ޢުމުރުފުޅުން 50 އަށްވުރެ މަތިވެއްޖެއެވެ.


ޢުމަރުގެފާނު ޤަތުލުކޮށްލެވުނުއިރު އުންމު ކުލްޘޫމުގެ ޢުމުރުން 17 އަހަރުވެސް ނުވެއެވެ. އެއިރު އެކަމަނާއަށްވަނީ ޢުމަރުގެފާނުގެ ކިބައިން ދެ ދަރިކަލުން ލިބިލައްވާފައެވެ. ޒައިދު ބްނު ޢުމަރު އަދި ރުޤައްޔާ ބިންތު ޢުމަރެވެ.


އެހެންކަމުން ޢުމަރުގެފާނުވަނީ ރަސޫލާ صلى الله عليه وسلم ގެ ކާފަދަރިކަނބަލަކާއި ކައިވެނި ބައްލަވައިގަނެ އެކަލޭގެފާނުގެ ޢާއިލާއާއި ގުޅިވަޑައިގެންނެވެ.


📚 ޠަބަޤާތު އިބްނު ސަޢުދު, ސިޔަރު އަޢުލާމުއް ނުބަލާއު

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page