top of page
Featured Posts

مُخْتَصَرُ كِتَابِ الصَّلاَة – ކިތާބުއްޞަލާތުގެ ޚުލާޞާ

May 25, 2018
1 min read

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ފަހެ ނަމާދަކީ އިސްލާމްވުމަށްފަހު، މީހާ އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ އަޅުކަމެވެ. އެކަމާނުލައި، އެއްވެސް މީހެއްގެ އިސްލާމްކަން ފާޅުނުވާނެ އަޅުކަމެވެ. އަދި ޤިޔާމަތްދުވަހުގައި އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނެ ޢަމަލެވެ. ފަހެ، ފަރުޟު ފަސްނަމާދަށް ރައްކާތެރިވެއްޖެމީހާ ސުވަރުގެ ވަންނަހުއްޓެވެ. އަދި ނަމާދަށް ފަރުވާކުޑަކޮށް، ނަމާދު އަޅައިފިމީހާ އަބާއްޖަވެރިވެ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ.

މިފޮތަކީ ނަމާދާބެހޭގޮތުން އައްޝައިޚު މުޙައްމަދު އިބްރާހީމް ލިޔުއްވާފައިވާ “كتاب الصلاة”ގެ ޚުލާޞާއެކެވެ. ޝެއިޚު މިފޮތް އެކުލަވާލަންޖެހުނީ “كتاب الصلاة” ދިގުކަމާހުރެ، ބައެއް ބޭފުޅުންނަށް އެފޮތް ވިދާޅުވާން ދަތިކަމަކަށްވާތީއެވެ. މިޚުލާޞާފޮތުގައި ޝެއިޚުވަނީ އިޚްތިލާފުތައް ދޫކޮށްލައި، ހަމައެކަނި ޢިލްމުވެރިންގެ ރާޖިޙުކުރައްވާފައިވާ ގޮތް ބަޔާންކުރައްވާފައެވެ. އަދި ގިނަމީހުންނަށް އެނގޭ ޢާއްމު މައްސަލަތަކުގެ ދަލީލުތައްވެސް ވަނީ ފޮތް ކުރުކުރެއްވުމުގެގޮތުން ދޫކޮށްލާފައެވެ. މިފޮތުގައިވާ މައްސަލައެއްގެ އިތުރު ތަފްޞީލަށް ބޭނުންވެއްޖެކަމުގައިވާނަމަ، މިފޮތުގެ އަޞްލުފޮތް “كتاب الصلاة” އިން އެމައްސަލަ ބައްލަވާލައްވާށެވެ.


ފޮތުގެ ނަން: مُخْتَصَرُ كِتَابِ الصَّلاَة – ކިތާބުއްޞަލާތުގެ ޚުލާޞާ

ލިޔެ ޖަމާކުރީ: الشيخ محمد إبراهيم (ނައިފަރު).

ޞަފްޙާގެ ޢަދަދު:112 ޞަފްޙާ (A4 ސައިޒް).

ފައިލް ސައިޒް: 3.37 MB

ހުރިހާ ފޮތްތަކެއް ފަސޭހަކަމާއެކު ހޯދުމަށް ތިރީގައިވާ ބަޓަނަށް ފިތާލައްވާ


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page