top of page
Featured Posts

عقيدة أهل السنة والجماعة

May 25, 2018
1 min read

أهل السّنة والجماعة ދަންނައެވެ. އެބަހީ ސުންނަތް ޖަމާޢަތުގެ އަހުލުވެރިންނެވެ. އެބަހީ رسول الله صلّى الله عليه وسلّم އާއި އެކަލޭގެފާނުގެ ޞަޙާބީންގެ މަންހަޖަށް ތަބާވެ، އެގޮތުގައި ސާބިތުވި މީހުންނެވެ.رسول الله صلّى الله عليه وسلّم ، ނަރަކައިން ދިންނަވާ ސުވަރުގެ ވަންނާނެކަމުގެ ޚަބަރު ދެއްވާފައިވާ ޖަމާޢަތުގެ މީހުންނެވެ. އަދި އެއީالفِرْقَةُ النَّاجِيَة އެވެ. އަޚުންނޭވެ! އިންސާނާގެ ހުރިހާ ހެޔޮ ޢަމަލެއް ބިނާވެގެންވަނީ މި ޢަޤީދާގެ މައްޗަށެވެ. މިޢަޤީދާ ހިތުގައި ކަށަވަރުކޮށްގެން މެނުވީ ބާއްޖަވެރިޔަކަށް ނުވާނެއެވެ.

މިފޮތަކީ فضيلة الشّيخ محمّد بن صالح العثيمين -رحمه الله ލިޔުއްވާފައިވާ عقيدة أهل السنة والجماعة ގެ ތަރުޖަމާއެކެވެ. އަޅުގަނޑުމެން ރާއްޖޭގައިވެސް ޢަޤީދާގެ މައްސަލަތަކުގައި ބޮޑެތި މައްސަލަތައް އެބަ ހުރިމެއެވެ. ކުރީގައި ބަޔާންކުރެވުނު ފަދައިން އިންސާނާގެ ހުރިހާ ހެޔޮ ޢަމަލެއް ބިނާވެގެންވަނީ ޞައްޙަ ޢަޤީދާގެ މަތީގައި ހުރެގެން ކަމުގައިވާއިރު މިކަންކަން ހޯދާބަލައި އުނގެނި، އެގޮތަށް ޤަބޫލުކޮށް ޢަމަލު ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މިފޮތުގައި ވަރަށް ތަފްޞީލުކޮށް أهل السّنة والجماعة ގެ ޢަޤީދާ ބަޔާންކޮށް ދެއްވާފައިވެއެވެ. އެއީ އީމާންކަމުގެ ހަރުކުނުގެ ތަފްޞީލެވެ. ފަހެ މިހަރުކުނުގެ ތެރެއިން އެންމެ ފަހުރުކުން ކަމުގައިވާ “މިންވަރަށް އީމާންވުން” މި މައްސަލަ އިތުރަށް ތަފްޞީލު ކުރުމަށްޓަކައި މިފޮތުގެ ފަހަތުގައި فضيلة الشّيخ محمّد بن صالح العثيمين ގެ މި މައްސަލައާ ބެހޭ ރިސާލާއެއްވެސް މުތަރުޖިމު ހިމަނުއްވާފައިވެއެވެ. މިފޮތުގައި ހިމެނޭ ބައިތައް ބެއްލެވުމަށް ފޮތުގެ 66ވަނަ ޞަފްޙާގައިވާ ފިހުރިސްތު ބައްލަވާށެވެ.


ފޮތުގެ ނަން: عقيدة أهل السنة والجماعة

ތަރުޖަމާކުރީ: الشيخ محمد إبراهيم (ނައިފަރު).

ޞަފްޙާގެ ޢަދަދު: 66 ޞަފްޙާ (A4 ސައިޒް).

ފައިލް ސައިޒް: 2.47 MB



ހުރިހާ ފޮތްތަކެއް ފަސޭހަކަމާއެކު ހޯދުމަށް ތިރީގައިވާ ބަޓަނަށް ފިތާލައްވާ


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page