Search
top of page
Featured Posts
އެންމެ ފަހުގެ


ތިން އަންހެންދަރިން އެމީހަކަށް ލިބި:
”ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް ރިވާކުރެވެއެވެ: "ތިން އަންހެންދަރިން އެމީހަކަށް ލިބި: 1-ދެން އެކުދިން އަދަބުވެރިކުރުވާ 2-އަދި އެކުދިން ކައިވެނިކުރުވާ 3- އަދި އެކުދިންނަށް ހެޔޮކޮށް ހިތައިފިނަމަ ފަހެ އެމީހަކަށްވަނީ ސުވަރުގެއެވެ." 📖 ސުނަނު އަބީ ދާވޫދު 📖 ފަހެ ތިބާގެ އަންހެން ދަރިން ކައިވެނިކުރުވުމުގައި ފަރުވާކުޑަކޮށް، ޢާއިލާއެއް ބިނާކޮށް ކައިވެންޏެއް ޤާއިމުކުރުން ދޫކޮށްފައި ކިޔެވުމާއި އެހެން މަޤްޞަދުތަކުގައި އެކުދިން މަޝްޣޫލުކުރުވުމާމެދު ތިބާ ނަމަނަމަ ސަމާލުވެ


”ބުއްދިވެރިޔާ ދައްކާ ވާހަކަތައް،
🌴 އިބްނު ޙިއްބާނު (354ހ) ވިދާޅުވިއެވެ: ”ބުއްދިވެރިޔާ ދައްކާ ވާހަކަތައް، ޞައްޙަކޮށް ސަލާމަތުންވާ ހަށިގަނޑެއް ސީދާވާހެން ސީދާވާނެއެވެ. އަނެއްކޮޅުން ޖާހިލުމީހާ ދައްކާ ވާހަކަތައް، ބަލިވެފައިވާ ހަށިގަނޑެއް އެގޮތްމިގޮތްވާހެން ފުށޫއަރާ އިދިކީލަވާނެއެވެ. އަދި ބުއްދިވެރިޔާގެ ބަސްތައް އެއީ ކިތަންމެ މަދު ބަސްތަކެއްވިޔަސް އޭގެ ޤަދަރު ބޮޑުވެގެންވެއެވެ. އެއީ ފާފަވެރިޔާގެ ކުރިމަތިލުން ކިތަންމެ ކުޑަކަމެއްވިޔަސް އޭގެ މުޞީބާތް ބޮޑުވެގެންވާ ގޮތަށެވެ. އަދި ބުއްދިވެރިކަމުގެ ތެރޭގައި: އެއްވެސް ކަ


”ނަފްސުގެ ކަންކަން ރާވާ ބެލެހެއްޓުމުގެ ތެރޭގައި: މަގުފުރެދިފައިވާ ބަޔަކުގެ ކިބައިގައިވާ މޮޅެތި ރިވެތި ކަންކަމަށް ބަލާ ވިސްނުން ދިގު ނުކުރުންވެއެވެ.
އެމީހުންގެ މަގުފުރެދުމާއި އެމޮޅެތި ކަންކަމާ ގުޅުމެއް ނުވެއެވެ. އެހެނީ ނަފްސަކީ ވަޒަންހަމަވާ އެއްޗެއް ނޫނެވެ. ނަފްސު ކަންކަން މަސްހުނިކޮށްލައެވެ. އެގޮތުން މީހަކު ބުރު ސޫރަ ރީތި ފުރިހަމަ، މުދާތައް ތަނަވަސްވެ، އެކަމަކު އެއާއެކު ޢަޤީދާއާއި ފިކުރު ފުރެދިގެންވާ މީހަކަށް ވެދާނެއެވެ. ދެން މިފަދަ މީހަކުގެ ރީތިކަމާއި އޭނާގެ މޮޅެތި ތަކެއްޗަށްޓަކައި ބެލުމަކީ: އޭނާގެ ޢަޤީދާއާއި ޤަބޫލުކުރާ ގޮތްތަކާއި ފިކުރުވެސް ނަފްސަށް ރަނގަޅުކޮށް ޖަރީކޮށްދޭ ކަމެކެވެ. އެއީ (ޙަޤީޤަތުގައި) އެ ދެކަންތަކުގެ ދ


އަހަރެންގެ ބައްޕަގެ ޙިމާރެއް ގެއްލުނެވެ.
🌱 ޖަޢުފަރު ބްނު މުޙައްމަދު (148ހ) ކިޔާދެއްވިއެވެ: ”އަހަރެންގެ ބައްޕަގެ ޙިމާރެއް ގެއްލުނެވެ. ދެން ބައްޕަ ވިދާޅުވިއެވެ: ”ﷲ ތަޢާލާ އަހަރެންނަށް އޭތި އަނބުރާ ރައްދުކުރައްވައިފިނަމަ ފަހެ އެކަލާނގެ ރުއްސަވާނޭ ޙަމްދުގެ ބަސްތަކަކުން އަހަރެން އެކަލާނގެއަށް ޙަމްދުކުރާހުށީމެވެ.“ ދެން މާ ގިނައިރެއް ނުވެ އޭގެ އަސްދާނުގޮނޑިއާއި ލަގަނާއި އެކީގައި އޭތި ގެނެވުނެވެ. ދެން އެކަލޭގެފާނު އެއަށް ސަވާރުވިއެވެ. އަދި އޭގެ މައްޗަށް ސީދާވިހިނދު، ހެދުން ބޮނޑިކޮށްލައްވާފައި، އުޑާއި ދިމާލަށް އިސްތަށިފުޅު


”އެމީހެއްގެ ވިސްނުން ރަނގަޅުވެ، އެކަމަކު މޫނުމަތީގެ ސޫރަ ހުތުރުވެއްޖެ މީހާ,
☘️ އިބްނު ޙިއްބާނު (354ހ) ވިދާޅުވިއެވެ: ”އެމީހެއްގެ ވިސްނުން ރަނގަޅުވެ، އެކަމަކު މޫނުމަތީގެ ސޫރަ ހުތުރުވެއްޖެ މީހާ, ފަހެ އޭނާގެ ނަފްސުގެ (ބުއްދިއާއި ވިސްނުމުގެ) ހެޔޮކަމުން އޭނާގެ މޫނުގެ ހުތުރުކަން ހަނދާން ނައްތާލައެވެ. އަނެއްކޮޅުން އެމީހަކުގެ މޫނުމަތި ރީތިވެ، އެކަމަކު ވިސްނުން ކޮށި ވެއްޖެނަމަ, އޭނާގެ ނަފްސުގެ އުނިކަމާހުރެ މޫނުމަތީގެ ހުރި ރީތިކަން ދާހުއްޓެވެ. އެހެންކަމުން ވިސްނުންތެރި މީހާގެ އަތުގައި އެއްޗެއް ނެތަސް ކަންބޮޑުވެ ހިތާމަކުރުމެއް ނެތެވެ. އެހެނީ ބުއްދިވެރިޔާއަށް ތަނ


”މީހަކަށް ލިބޭނެ އެންމެ ހެޔޮ ރަނގަޅުކަމަކީ ކޮބައިތޯއެވެ؟“
🪨 އިބްނުލް މުބާރަކު (181ހ) އަށް ދެންނެވުނެވެ: ”މީހަކަށް ލިބޭނެ އެންމެ ހެޔޮ ރަނގަޅުކަމަކީ ކޮބައިތޯއެވެ؟“ ވިދާޅުވިއެވެ: ”އޭނާގެ ކިބައިގައިވާ ފުރާ ފުރިހަމަ ބުއްދިއެވެ.“ ދެންނެވުނެވެ: ”އެގޮތަށް ލިބިގެންނުވިނަމަ ދެން ކޮން އެއްޗެއްތޯއެވެ؟“ ވިދާޅުވިއެވެ: ”ރިވެތި ރަނގަޅު އަދަބެކެވެ.“ ދެންނެވުނެވެ: ”އެކަން ނެތްނަމަ ދެން ކޮންކަމެއްތޯއެވެ؟“ ވިދާޅުވިއެވެ: ”އޭނާ މަޝްވަރާއަށް އަހާނޭ ރަނގަޅު ޞާލިޙު އަޚެކެވެ.“ ދެންނެވުނެވެ: ”އެގޮތަށް ނެތްނަމަ ދެން ކޮންކަމެއްތޯއެވެ؟“ ވިދާޅުވިއެވެ: ”ދިގުކޮށް


”ނަފްސަށް ހުށަހެޅޭ ވަޤުތީ ޞިފަތަކާއި އިޙްސާސްތަކުން ޠަބީޢަތަށް އަސަރުކުރުން:
ނަފްސަށް ހުށަހެޅިގެން އަންނަ އެކި ވައްތަރުގެ އިޙްސާސްތަކުގެ ބާރުމިން ހުރި މިންވަރަކުން އިންސާނާގެ ޠަބީޢަތަށް އަސަރުކުރެއެވެ... ދެން އެއަށްފަހު އެ ޠަބީޢަތުން ބުއްދިއަށް އަސަރުކުރެއެވެ... މިއަސަރުކުރުމުގެ އަޞްލުގެ ފެށުން އައި ގޮތަކީ: ޞައްޙަކޮށްވާ ޠަބީޢަތެއް ބަދަލުކޮށްލާ ގޮތަށް އައި ލޯބިވާކަހަލަ އިޙްސާސެކެވެ. ދެން އެ ޠަބީޢަތުން ބުއްދިއަށް އަސަރުކުރީއެވެ. ޝަރީޢަތުގައި ލޯބިވެވޭކަހަލަ އިޙްސާސްތައް ގެނައުން މަނައެއް ނުކުރެއެވެ. މިސާލަކަށް ބެލުމުގެ ލައްޒަތެވެ. އެކަމަކު ޝަރީޢަތުން އެއ


"މި ތަކެތި އުފުލާމީހާވެސް ބަކުރަށްވުރެ ފިޤުހުވެރިއެވެ."
🔅 ބަކްރު ބްނު ޢަބްދި ﷲ އަލްމުޒަނީ (108ހ) ކިޔާދެއްވިއެވެ: ”އަހަރެން އެއްފަހަރަކު ގެއިން ނިކުމެގެންދަނިކޮށް އެއްޗެހި އުފުލުމުގެ މަސައްކަތްކުރާ މީހަކާ ދިމާވިއެވެ. އޭނާގެ ސާމާނު އޭރު އުފުލަމުންދިޔައެވެ. އޭރު އޭނާ ކިޔަމުންދިޔައެވެ: «الْحَمْدُ لِله، أسْتَغْفِرُ الله» އެވެ. އެއަށްވުރެ އިތުރަށް އެއްޗެއް ނުކިޔައެވެ. ދެން އޭނާ ވަކިތަނަކަށް ދިޔައެވެ. ދެން އޭނާގެ ބުރަކަށީގައި ހުރި ސާމާނުތައް ބަހައްޓަންދެން އަހަރެން ހުރީމެވެ. ދެން ބުނެފީމެވެ: "މި ނޫން އެއްޗެއް ކިޔަން ތިބާއަށް ރަނގަޅަށް ނ


”ދެއްކުންތެރިކަމާއި އާފާތްތަކަށް ބިރުން ހެޔޮކަންތައް ކުރުން ދޫކޮށްލުމުގެ ބާބު ބަޔާންކުރުން:
🌴 އިބްނުލް ޖައުޒީ (597ހ) ވިދާޅުވިއެވެ: ”ދެއްކުންތެރިކަމާއި އާފާތްތަކަށް ބިރުން ހެޔޮކަންތައް ކުރުން ދޫކޮށްލުމުގެ ބާބު ބަޔާންކުރުން: ދަންނާށެވެ! މީސްތަކުންގެ ތެރޭގައި، ދެއްކުންތެރިއަކަށް ވެދާނޭކަމަށް ބިރުން ހެޔޮ ޢަމަލުކުރުން ދޫކޮށްލާ މީހުންވެއެވެ. އެއީ ގޯހެކެވެ. އަދި ޝައިޠާނާއަށް ވެވޭ އެއްބަސްވުމެކެވެ. އެކަމަކު އޭގައި އަހަރުމެން ތަފްޞީލުކޮށް ބުނަމެވެ. ހެޔޮކަންތައް ބެހިގެންދަނީ: 🔹ސީދާ އެކަމުގައި (ދުނިޔަވީ) ލައްޒަތެއް ނެތް ކަންކަމެވެ. މިސާލަކަށް ނަމާދާއި، ރޯދައާއި، ޙައްޖާއި، ހަ


”އާދައިގެ ކުދި ކަންކަމުގައި މާބޮޑަށް ދިގުކޮށް ވިސްނުން:
އެކަމެއްގައި އެހާ ދިގުކޮށް ވިސްނުން ޙައްޤުނުވާ ކަންކަމުގައި މާބޮޑަށް ވިސްނުމަކީ ބައްޔެކެވެ. ފަހަރެއްގައި މިހެންވަނީ މުހިއްމު ކަންކަމާއި އަދި މުހިއްމު ނޫންކަންކަމާމެދުވެސް މާބޮޑަށް ސަމާލުވެގެން ހުށިޔާރުވެގެން އުޅޭ ބައެއް ނަފްސުތަކުގެ ސަބަބުން ބުއްދިއަށް ކުރާ އަސަރުންކަމުގައި ވެދާނެއެވެ. އެފަދަ ކަންކަމާމެދު ވިސްނާ ފިކުރުކުރުން މާބޮޑަށް ދިގުލައިފިނަމަ, ފުރިހަމަ ކުރުން ޙައްޤުވާ ކަންކަން ފުރިހަމަކުރުން މަނާކުރާ ކަމެއްކަމުގައި: ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، ދިމާވެދާނޭ ގޮތ


”ނަފްސު އަވަސްއަރުވާލުމުގެ ސަބަބުން ބުއްދީގެ އިޚްތިޔާރަށް ކުރާ އަސަރު.
ބައެއް ނަފްސުތަކުގެ ޠަބީޢަތުގައި އަވަސްއަރުވާލުންވެއެވެ. ދެން ކުޑަ ވަޤުތުކޮޅެއްގެ ތެރޭގައި ބުއްދި ލައްވާ ނުރައްކާތެރި ޤަރާރުތައް ނިންމާ، އިޚްތިޔާރުކުރަން އެނަފްސު ބޭނުންވެއެވެ. ދެން ނަފްސަށް އޭގެ އަވަސްއަރުވާލުމާއި، އަނެއްކޮޅުން ބުއްދި މަޝްޣޫލުކޮށްލާފަދަ އެހެރަ އިޙްސާސްތަކާއި ޝުޢޫރުތައް ޖަމަޢަވެއްޖެނަމަ, އެހިނދުން ނުބައި ރައުޔު، އަދި ފަހުން ހިތާމަކުރާނޭ ކަންކަން ބުއްދިން އިޚްތިޔާރުކުރެއެވެ. އަދި ފަހަރެއްގައި އެފަދަ ބުއްދިއެއް ބަލިކަށިވެ ގަމާރުވެ ކޮސްވެގެންވާ ކަމަށް ތުހުމަތުވެ


”ނަފްސަށް ވަޤުތީ ގޮތުން ހުށަހެޅޭ އިޙްސާސްތަކާއި ޝުޢޫރުތައް:
ނަފްސަށް ބައިވަރު ވަޤުތީ ޞިފަތަކާއި އިޙްސާސްތައް ލިބިގެންވެއެވެ. އެއީ ނަފްސުގައި ހިފެހެއްޓިގެންވާ ލާޒިމް ޠަބީޢަތުގެ ތެރޭގައިވާ ކަންކަމެއް ނޫނެވެ. ނަމަވެސް އެއީ ހުށަހެޅި ލައިގަންނަ ކަންކަމެވެ. މިސާލަކަށް: ހިތާމަޔާއި އުފަލާއި، ކަންބޮޑުވުމާއި ހިތްފަސޭހަވުމާއި، ބިރުވެރިކަމާއި އަމާންކަމުގެ އިޙްސާސާއި، މޮޅިވެރިކަމާއި ހިތްހަމަޖެހުމާއި އެނޫންވެސް ގިނަ ކަންކަމެވެ. މި ޞިފަތަކުން ކަމެއް ނަފްސުގައި އަބަދުމެ ހަރުލައިގެން ދާއިމަކަށް ނުހުރެއެވެ. އެކަމަކު އެކަންކަން ލައިގަނެފައި އަނެއްކާ ފިލ


ކުރެވޭ ފާފަތައް ފޮރުވުމާއި، ފާފަކުރާ މީހެއްކަން މީސްތަކުންނަށް އެނގިގެންވުމަށް ނުރުހުންވުމާއި، މީސްތަކުން އޭނާ ނުބައިކޮށްފައި އެއްޗެހިކިޔުމަށް ނުރުހުންވުން ހުއްދަވެގެންވާކަން ބަޔާންކުރުން:
🌴 އިބްނުލް ޖައުޒީ (597ހ) ވިދާޅުވިއެވެ: ”ކުރެވޭ ފާފަތައް ފޮރުވުމާއި، ފާފަކުރާ މީހެއްކަން މީސްތަކުންނަށް އެނގިގެންވުމަށް ނުރުހުންވުމާއި، މީސްތަކުން އޭނާ ނުބައިކޮށްފައި އެއްޗެހިކިޔުމަށް ނުރުހުންވުން ހުއްދަވެގެންވާކަން ބަޔާންކުރުން: ކުރެވޭ ނުބައި ކަންތައް ފޮރުވާ ވަންހަނާކުރުމަކީ ދެއްކުންތެރިކަމެއްކަމުގައި ހީކުރާ މީހަކު ހީކޮށްފާނެއެވެ. އެކަންވަނީ އެހެންނެއް ނޫނެވެ. މަނާވެގެންވާކަމަކީ އިންސާނާއަކީ ވަރަޢަވެރި މީހެއްކަމުގައި މީހުންނަށް ދައްކަންވެގެން، އަދި އޭނާއަކީ ﷲ ދެކެ ބިރުގަންނަ


”ތިބާ ޢިލްމުލް ކަލާމްގެ އަހުލުވެރިންގެ (ޤުރްއާނާއި ސުންނަތް ދޫކޮށް ބުއްދީގެ ޙުއްޖަތްތަކާއި ވިސްނުންތައް ބޭނުންކޮށްގެން ދީނުގެ ކަންކަމުގައި ވާހަކަދައްކާ މީހުންގެ) މަޖްލިސްތަކަށް ޙާޒިރުވިންހެއްޔެވެ؟“
އަބޫ ޢުމަރު އަޙްމަދު ބްނު މުޙައްމަދު އަލްމާލިކީ (429ހ)، ބަޣުދާދުން ޤައިރަވާނުގެ ރަށަށް އައިހިނދު އަބޫ މުޙައްމަދު އިބްނު އަބީ ޒައިދު އަލްޤައިރަވާނީ (386ހ) އެކަލޭގެފާނާ ވާހަކަދައްކަވަމުން އެއްސެވިއެވެ: ”ތިބާ ޢިލްމުލް ކަލާމްގެ އަހުލުވެރިންގެ (ޤުރްއާނާއި ސުންނަތް ދޫކޮށް ބުއްދީގެ ޙުއްޖަތްތަކާއި ވިސްނުންތައް ބޭނުންކޮށްގެން ދީނުގެ ކަންކަމުގައި ވާހަކަދައްކާ މީހުންގެ) މަޖްލިސްތަކަށް ޙާޒިރުވިންހެއްޔެވެ؟“ އަބޫ ޢުމަރު ވިދާޅުވިއެވެ: ”އާނއެކެވެ. އަހަރެން ދެފަހަރަކު ޙާޒިރުވީމެވެ. ދެން އެއަށ


”ނަފްސަށް އެއިން އަސަރުގެންނަ ތިންވަނަ ބާވަތަކީ: ނަފްސަށް ހުށަހެޅޭ ކަންކަމެވެ. (ޝުޢޫރުތަކާއި އިޙްސާސްތަކެވެ.)
އެގޮތުން ނަފްސުގެ ޠަބީޢަތުގައި ލޯބިވުމާއި ނުރުހުންވުމާއި، އުފާވުމާއި ދެރަވުންވެއެވެ. މިއީ ނަފްސުތަކުގައިވާ ޠަބީޢީ ޞިފަތަކެކެވެ. ނަމަވެސް އެކަންކަން އިންސާނާއަށް ޖެހޭހިނދު އެއީ ވަޤުތީ ގޮތުން ހުށަހެޅޭ ޞިފަތަކަކަށްވެއެވެ. ދެން އޭގެ ޠަބީޢީ މިންގަނޑަށްވުރެ އެޞިފަތައް ބޭރުވެއްޖެނަމަ, އެހިސާބުން ބުއްދިއަށް އަސަރުކުރެއެވެ. ޠަބީޢީ އާދައިގެ މިން ތެރޭގައި އެޞިފަތައް ހުރިނަމަ, އެޞިފަތަކަށް އަސަރުކުރުވާ، އޭގެ މައްޗަށް ޙުކުމްކުރާ އެއްޗަކީ ބުއްދިކަމުގައިވެއެވެ. އެއީ ބުއްދީގައި ޢިލްމާއި، ތަޖ


”ތިބާގެ އަންހެން ދަރިފުޅު މީހަކާ ނީނދެ ހުންނަން ހިތްވަރުދިނުމާމެދު ތިބާ ހުށިޔާރުވެ ޚަބަރުދާރުވާށެވެ!
އެގޮތަށް ތިމަންނާ ހިތްވަރުދެނީ ކިހިނެއްހެއްޔެވެ؟ އެކަމަށް ހިތްވަރުދޭން ބޭނުންކުރާ ފެތުރިގެންވާ ފަސް ގޮތެއް އަހަރެން ތިބާއަށް ކިޔާދޭނަމެވެ. ތިބާގެ އަންހެން ދަރިފުޅަށް އަދި އެކުއްޖާގެ މުސްތަޤްބަލަށް އެކަމުގެ ނުރައްކާ ނޭނގިހުރެވެސް ތިބާ އެކަމަށް ވެއްޓިފައި ވެދާނެއެވެ: 1- އާމްދަނީ ހޯދަން މަސައްކަތްކުރުމާއި ވަޒީފާ އަދާކުރުމުގެ ދަރަޖަ ބޮޑުކޮށް މަތިކުރުމެވެ. ޚާއްޞަކޮށް ޑޮކްޓަރީކަމާއި އިންޖިނޭރުކަންފަދަ ވަޒީފާތަކެވެ. އެހެނީ ވަޒީފާ އަދާކުރުމުގެ ދަރަޖަ ބޮޑުކޮށް މަތިކުރާ ޒުވާން އަންހެނާ


އެއްފަހަރަކު އުޅުނު ރަސްކަލަކު، ﷲ އަށް އީމާންވެއްޖެ މީހުންގެ ތެރެއިން މީހަކު އަތުޖެހިއްޖެނަމަ އެމީހަކު ޞަލީބަށް އެރުވުމަށް އަމުރުކުރަމުން ދިޔައެވެ.
🌴 ހިޝާމު ބްނު އިސްމާޢީލު (217ހ) ކިޔާދެއްވިއެވެ: ”އެއްފަހަރަކު އުޅުނު ރަސްކަލަކު، ﷲ އަށް އީމާންވެއްޖެ މީހުންގެ ތެރެއިން މީހަކު އަތުޖެހިއްޖެނަމަ އެމީހަކު ޞަލީބަށް އެރުވުމަށް އަމުރުކުރަމުން ދިޔައެވެ. ދެން ﷲ އަށް އީމާންވާ މީހުންގެ ތެރެއިން މީހަކު ގެނެވި ޞަލީބަށް އެރުވުމަށް އަމުރުކުރިހިނދު އޭނާއަށް ބުނެވުނެވެ: "ވަޞިއްޔަތެއް އޮތިއްޔާ ކުރާށެވެ." ދެން އޭނާ ބުނެފިއެވެ: "އަހަރެން ވަޞިއްޔަތް ކުރާނީ ކޮންކަމަކަށްހެއްޔެވެ. އަހަރެން ދުނިޔެއަށް ވެއްދުނީ އަހަރެންގެ ލަފައެއް ނެތިއެވެ. އެތަނުގ


”އޭނާގެ ވިސްނުމާ ގުޅޭ "އަންޑަރސްޓޭންޑިންގ" އަންހެނަކު ހޯދަން ވަރުބަލިވެގެން އުޅެއެވެ.
އޭ އަޚާއެވެ! ތިބާއާ އެއްފަދަ ފިރިހެނަކާ މެނުވީ ތިބާގެ ވިސްނުމާ އެއްގޮތްވެ އަންޑަރސްޓޭންޑު ނުވެވޭނެއެވެ. ދެންފަހެ އަންހެނާއަށް ބަލާއިރު ތިޔަ ދެމީހުންގެ ގުޅުމަކީ އެކަކު އަނެކަކުގެ ވިސްނުން ފަހުމްވެ ދޭހަވުމަށްވުރެ މާ މަތީ ގުޅުމެކެވެ. އެއީ އެކަކު އަނެކަކު ފުރިހަމަކޮށްދޭ ގުޅުމެކެވެ. އެހެންކަމުން، ތިބާގެ ވިސްނުމާއި ޚިޔާލާ އެއްގޮތްވެ ވިސްނޭ އަންހެނަކު ހޯދަން ތިބާއަށް ޙާޖަތެއް ނުވެއެވެ. ތިބާ ޙާޖަތް ޖެހިގެންވަނީ ތިބާގެ ވިސްނުމާއި ޚިޔާލާއެކު ތިބާ ބަލައިގަންނަ އަންހެނަކު ހޯދުމެވެ. އެހެނ


”އޭ އުޚްތާއެވެ! ތިބާގެ ފިރިމީހާ ތިބާގެ މައްޗަށް ހޭދަކޮށް ޚަރަދުކުރުމަކީ ޢައިބެއް ނޫނެވެ.
ހަމަ އެގޮތަށް ތިބާގެ ބައްޕައާއި، ތިބާގެ ފިރިހެން ދަރިފުޅުވެސް ތިބާއަށް ޚަރަދުކޮށްދިނުން ޢައިބަކަށް ނުވެއެވެ. އެހުރިހާ އެންމެންވެސް މުދަލާއި ފައިސާ އެއްކުރާ މަޤްޞަދެއްކަމުގައި ބަލަނީ ތިބާއެވެ. އެގޮތުން ބައްޕަގެ ގާތުގައި: "ތިހާވަރަށް ބުރަކޮށް މަސައްކަތްކޮށް ދާއޮހޮރުވަނީ ކީއްވެހޭ" އަހައިފިނަމަ އޭނާ ބުނާނީ ތިމަންނާގެ ދަރިން އުފާކޮށްދިނުމަށެވެ. ފިރިމިހާގެ ގާތުން އެހެން އަހައިފިނަމަ ބުނާނީ ތިމަންނާގެ އަނބިމީހާއާއި ޢާއިލާގެ ބޭނުންތައް ފުއްދާ ޚަރަދުކުރުމަށެވެ. އަދި ފިރިހެން ދަރިފުޅު


”އަންހެނާއާ އެކީގައި މަސައްކަތްކުރާ ފިރިހެން ވޯރކްމޭޓުންނާއި ކްލާސްމޭޓުންނަކީ މަރެވެ.
ޅިޔަނުންނާއިމެދު ޙަދީޘްގައި އައިސްފައިވަނީ އެއީ މަރު ކަމުގައިއެވެ. އައުލަވީ ޤިޔާސުން އެޙަދީޘްގައި: އަންހެނާ ވަޒީފާ އަދާކުރާ ތަނުގައި އުޅޭ، ފިރިހެނުން ހިމެނެއެވެ. އެއީ އެމީހުންގެ ވޯރކްމޭޓު އަންހެނާގެ ގާތަށް ވަދެއުޅުން ގިނަވެގެންވާ ފިރިހެނުންނެވެ. ފަހެ އެމީހުންނީ ޅިޔަނުންނަށްވުރެ އެތައް ގޮތަކުން ނުރައްކާ ބޮޑު ބައެކެވެ. އެގޮތުން މަސައްކަތު މާހައުލުގައި އުޅޭ ފިރިހެނުން، ޅިޔަނުންނާ އެކި ގޮތްގޮތުން އެއްގޮތްވެ، އަދި އެހެން ގޮތްތަކުން ނުރައްކާ އިތުރުވެއެވެ. އެ ދެމީހުންގެ މެދުގައި އެއ


”ނަފްސުގެ ހަރުލާފައި ހުރި ޠަބީޢަތް ދެނެގަތުމާއި، އަދި ނަފްސުގެ އެދުންވެރިކަން ބުއްދިން ވަޒަންކުރުމަށް އެއިން ކުރާ އަސަރު:
ނަފްސުގެ ޠަބީޢަތުގެ ހުރި ޞިފަތަކަކީ ކޮބައިކަން ނޭނގެނީސް، ނަފްސު ޝަހުވަތްތައް ނަގައިގަންނަ ގޮތް ވަޒަންކުރަން ބުއްދިއަށް ކުޅަދާނަނުވެއެވެ. ނަފްސުތަކުގައިވާ ކޮންމެ ޠަބީޢަތަކުންވެސް، އެތައް ބައިވަރު ޝަހުވަތްތައް އެނަފްސު ބަލައިގަންނަ ގޮތަށް އަސަރުކުރެއެވެ. އެގޮތުން ނަފްސަކީ މަތިވެ ބޮޑުވެގަންނަން ބޭނުންވާ ނަފްސެއްނަމަ؛ މީސްތަކުންގެ މަދަޙަ ތަޢުރީފު ބަލައިގަތުން މަދުކުރަން ޖެހެއެވެ. އެއީ އެ ޠަބީޢަތާއެކު މަދަޙަޘަނާ ލިބުމުން؛ ހެއްލުންތެރިކަމާއި، ބޮޑާކަމާއި، ނަފްސުގެ ޢައިބުތައް ހަނދާނ


ޖަމަލު ހަނގުރާމައިގެ ދުވަހު އުންމުލް މުއުމިނީން ޢާއިޝާ (57ހ) ނިކުމެވަޑައިގަންނަވަން ޤަޞްދުކުރެއްވިހިނދު އުންމުލް މުއުމިނީން އުންމު ސަލަމާ (61ހ) އެކަމަނާއަށް ލިޔުއްވިކަމަށް ރިވާކުރެވެއެވެ:
”އަންހެނުން ޖިހާދުކުރަން ޖެހޭނެކަމަށްވާނަމަ ﷲ ގެ ރަސޫލާ صلى الله عليه وسلم ކަމަނާއަށް އެކަމަށް ޢަހްދު ހިއްޕެވީހެވެ. ކަމަނާ (ރަނގަޅު ސީދާ ގޮތުން) ފޭވެއްޖެއެވެ! ފޭވެއްޖެއެވެ! ރަށްތަކަށް ދަތުރުފަތުރުކޮށް، ކުރިއަށް ނިކުމެއުޅުން އެކަލޭގެފާނު ކަމަނާއަށް ނަހީކުރެއްވިކަމެއް ނޭނގޭހެއްޔެވެ!؟ ފަހެ ދީނުގެ ތަނބު އަރިއަޅައިފިނަމަ އަންހެނުން މެދުވެރިކޮށް އެ ޘާބިތެއް ނުކުރެވޭނެއެވެ! އަދި އޭގައި ބާގަނޑެއް ހެދިއްޖެނަމަ އަންހެނުންނަކަށް އެ ފޫބައްދާ އިޞްލާޙެއް ނުކުރެވޭނެއެވެ! އަންހެނުންގެ ޖިހާދަ


މުއުމިނާއާ ކަދުރު ރުއް ވައްތަރުވާ ގޮތްތަކުގެ ތެރޭގައި:
🌴 ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: ( أَلَمۡ تَرَ كَیۡفَ ضَرَبَ ٱللَّهُ مَثَلࣰا كَلِمَةࣰ طَیِّبَةࣰ كَشَجَرَةࣲ طَیِّبَةٍ أَصۡلُهَا ثَابِتࣱ وَفَرۡعُهَا فِی ٱلسَّمَاۤءِ ) (إبراهيم : ٢٤) "اللّه ހެޔޮ ރަނގަޅު ކަލިމައެއްގެ މިސާލު، ހެޔޮ ރަނގަޅު ގަހެއް ފަދައިން ޖައްސަވަނީ ކޮންފަދައަކުންކަން ތިބާއަށް ނުފެނޭހެއްޔެވެ؟ އެގަހުގެ މައިގަނޑާއި ބުޑު ރަނގަޅަށް ބިމުގައި ހަރުލާ ސާބިތުވެފައިވެއެވެ. އަދި އެގަހުގެ ގޮފިތައް މައްޗަށް އަރައިގެންގޮސް އުޑަށްގޮސްފައެވެ." ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި


”އަންހެނުން ޒީނަތްތެރިކަން ހާމަކޮށް ފާޅުކޮށް ނިކުތުމަކީ އެކަކަށްވުރެ ގިނަ މީހުން އޭގައި ހިއްސާވާ ފާފައެކެވެ.
ތިބާގެ އަންހެން ދަރިފުޅު ޢައުރަނިވާނުކޮށް، ނުވަތަ ޒީނަތް ހާމަކޮށްގެން ނިކުންނަހިނދު އޭގެ ހިއްސާއެއް ތިބާއަށްވެއެވެ. އަދި ފިތުނަވެރިވާ ކޮންމެ ޒުވާނެއް، އަދި އެއަންހެނާއާ ދިމާލަށް ބެލުން އަމާޒުކުރާ ކޮންމެ ޒުވާނެއްގެ ފާފަ، އެ ހިއްސާގައި ހިމެނެއެވެ. އެހެނީ އެއީ ތިބާގެ އަންހެން ދަރިފުޅެވެ. އަދި އެދަރިފުޅު ނިވާކޮށް ފަރުދާކުރަން ތިބާއަށްވަނީ އަމުރުވެވިގެންނެވެ. ތިބާ އެހެން ކަންތައް ނުކޮށްފިނަމަ ތިބާ ފާފަވެރިވާނެއެވެ. އަދި ތިބާގެ ސަބަބުން މެދުވެރިވި ފާފަތައް އޭގެ މިންވަރަކުން ތިބާގެ


ﷲ ގެ ރަސޫލާ صلى الله عليه وسلم އާއެކު މުޢާވިޔާގެ ނޭފަތްޕުޅަށް ވަތް ހިރަފުސް ވެލިކޮޅެއްވެސް ޢުމަރު ބްނު ޢަބްދުލް ޢަޒީޒަށްވުރެ ހެޔޮވެ މާތްވެގެންވެއެވެ!“
💧އިބްނުލް މުބާރަކު (181ހ) އާ އެސުވާލުކުރެވުމުން ވިދާޅުވިއެވެ: ”ﷲ ގެ ރަސޫލާ صلى الله عليه وسلم އާއެކު މުޢާވިޔާގެ ނޭފަތްޕުޅަށް ވަތް ހިރަފުސް ވެލިކޮޅެއްވެސް ޢުމަރު ބްނު ޢަބްދުލް ޢަޒީޒަށްވުރެ ހެޔޮވެ މާތްވެގެންވެއެވެ!“ 📖 އައްޝަރީޢާ ލިލްއާޖުއްރީ 📖 🌾މުޢާވިޔާ ބްނު އަބީ ސުފްޔާނު ވައްޓާލާފައި ޢަދުލުވެރި އިމާމުންނަކީ ފަހެއްކަމުގައި، އެއީ އަބޫބަކުރު، ޢުމަރު، ޢުޘްމާނު، ޢަލީ، އަދި ޢުމަރު ބްނު ޢަބްދުލް ޢަޒީޒުކަމުގައި ސުފްޔާނުގެ މައްޗަށް ހަދާފައިވާ ބަހެއްގެ ވާހަކަ ނަންގަނެވުމުން އިމާމް އ


މާތްވެގެންވާ ޞަޙާބީ، މުއުމިންތަކުންގެ ބޮޑުބޭބެ: މުޢާވިޔާ ބްނު އަބީ ސުފްޔާނު (60ހ):
ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ޞަޙާބީންނާމެދު އަހުލުއްސުންނާގެ ޢަޤީދާއާ ޚިލާފުވުމުގެ ކޮޅުމަތި، އަދި އެތެރޭގައި ފޮރުވައިގެން އޮތް ނުބައި ފާސިދު ޢަޤީދާ ފާޅުވަނީ މާތްވެގެންވާ ޞަޙާބީ މުޢާވިޔާ ބްނު އަބީ ސުފްޔާނަށް ޤަދަރުކުޑަކޮށް، ކުޑައިމީސްކޮށް، ވަށްބަސްބުނާ ހިސާބުންނެވެ. 💥ވަކީޢު ބްނުލް ޖައްރާޙު (197ހ) ވިދާޅުވިކަމަށް ރިވާކުރެވެއެވެ: ”މުޢާވިޔާ رضي الله عنه ވަނީ ދޮރުގެ އަތްގަނޑުގެ މަޤާމުގައިއެވެ. އެ އަތްގަނޑު ތަޅުވާލައިފި މީހާއާމެދު އަދި އޭގެ މައްޗަށް ހުރި ބޭކަލުންނާމެދު (ނުބައި


މީސްތަކުން ޢިލްމުގައިވަނީ އެކި ދަރަޖައާއި ފަންތީގައިއެވެ.
🌾އިމާމް އައްޝާފިޢީ (204ހ) ވިދާޅުވިއެވެ: ”މީސްތަކުން ޢިލްމުގައިވަނީ އެކި ދަރަޖައާއި ފަންތީގައިއެވެ. ޢިލްމުގައި އެމީހުންގެ ދަރަޖަވަނީ: އެ ޢިލްމުން އެމީހުން ދަނެފައިހުރި ދަރަޖަތައް ހުރި ވަރަކަށެވެ. ފަހެ ޢިލްމު އުނގެނޭ މީހުން، އެ ޢިލްމު ގިނަކުރުމަށް އެމީހުންނަށް ކުރެވެން އޮތް އެންމެ ބޮޑަކަށް މަސައްކަތްކޮށް، އަދި ޢިލްމު ހޯދުމުގެ ދެމެދުގައިވާ ކޮންމެ ހުރަހަކަށް ކެތްތެރިވެ، އަދި ﷲ ދެއްވި ޢިލްމުގެ ނައްޞާއި، އަދި އިސްތިންބާޠުކޮށް ޙުކުމް ހޯދައިގަތުމުގައި އެކަލާނގެއަށް ނިޔަތް އިޚްލާޞްތެ


އަހަރެން ދެރަވެ ހިތާމަކުރެވޭ ކަމެއް އެބަ ދިމާވެއެވެ.
🍁 ޢަބްދުއް ރަޙްމާނު ބްނު ޒައިދު ބްނު އަސްލަމް (182ހ) ކިޔާދެއްވިއެވެ: ”އަހަރެން އެއްދުވަހަކު އަބޫ ޙާޒިމު (133ހ)އަށް ދެންނެވީމެވެ: "އަހަރެން ދެރަވެ ހިތާމަކުރެވޭ ކަމެއް އެބަ ދިމާވެއެވެ." އެކަލޭގެފާނު ވިދާޅުވިއެވެ: "އޭ އަޚާގެ ދަރިޔާއެވެ! އެއީ ކޮންކަމެއް ހެއްޔެވެ؟" އަހަރެން ދެންނެވީމެވެ: "ދުނިޔެދެކެ ލޯބިވެވެނީއެވެ." ދެން އެކަލޭގެފާނު ވިދާޅުވިއެވެ: "އޭ އަޚާގެ ދަރިޔާއެވެ! ދަންނާށެވެ! މިކަންތަކަށް ބަލާއިރު، ﷲ ތަޢާލާ އަހަރެން ލޯބިޖެއްސެވި އެއްޗެއްދެކެ ލޯބިވެވިގެން އަހަރެންގެ ނަފްސު ކ


”ނަފްސު ވަކިކަމަކާ އުޅެގަންނަހިނދު ބުއްދިން ނަފްސު ވަޒަންކުރުމުގައި ކޮންމެހެންވެސް ދެކަމަކަށް ބަލަންޖެހެއެވެ:
▪️ފުރަތަމައީ: ނަފްސު އެކަމަކަށް ކުރިމަތިލައިގެން އުޅުމުގެ ވަރުގަދަކަމާއި ބަލިކަށިކަމަށެވެ. އެކަންހުރި މިންވަރެއްގެ މައްޗަށް ބުއްދިން ނަފްސު ހިފަހައްޓައިގެން، އަދި ދޫކޮށްލައިގެން، އަދި ކޮއްޕާލައިގެން ބަލަހައްޓައެވެ. އެގޮތުން އެކަމަކަށް ކުރިމަތިލައިގެން ދާގޮތަށް ހުރިނަމަ އެކަމެއްގެ މަތީގައި ދެމިނުހުރެވޭނެވަރަށް (މާ މައްޗަށް ދިޔަނުދީ) ނަފްސު ދަމައިގެން ހިފަހައްޓައެވެ. މެދުމިނުގައި ނަފްސުވާނަމަ އެހުރި ގޮތަށް ދޫކޮށްލައެވެ. ނަފްސު ބަލިކަށިކޮށްވާކަމަށް ފެނިއްޖެނަމަ ބުއްދިން ނަފްސު ކ


”ޤުރްއާނުގެ އަލީގައި، އަންހެނާ ބޭރަށް ވަޒީފާ އަދާކޮށް މަސައްކަތްކުރުމަށް ނިކުތުމުގެ ޝަރުޠުތައް.
މޫސާގެފާނު މަދްޔަނަށް ވަދެވަޑައިގަތްހިނދު އެތަނުގައި ދެ އަންހެނުން ފެން ބަލާ ގޮސްހުއްޓާ ފެނިވަޑައިގެން ވިދާޅުވި ބަސްފުޅުވާ އާޔަތުގައިވެއެވެ: (قَالَ مَا خَطۡبُكُمَاۖ قَالَتَا لَا نَسۡقِي حَتَّىٰ يُصۡدِرَ ٱلرِّعَآءُۖ وَأَبُونَا شَيۡخٌ كَبِيرٌ.) (القصص: ٢٣) "އެކަލޭގެފާނު ވިދާޅުވިއެވެ: "ތިޔަ ދެ އަންހެނުން ތިޔަތިބީ ކިހިނެއްވެފައިހެއްޔެވެ؟" އެ ދެއަންހެނުން ދެންނެވިއެވެ: ބަކަރިހުއިހައްޕާ މީހުންތައް ދާންދެން އަހަރުމެން ފެންނުދެމެވެ. އަދި އަހަރުމެންގެ ބައްޕައަކީ ދުވަސްވެ މުސްކުޅިވެފ


މައްކާގައި ހުރި ފޮތިވިއްކާ މީހެއްގެ ގާތުގައި ހެދުމެއް ގަންނަން އަހަރެން ހުއްޓުނީމެވެ.
🍁 އަލްޙަސަނުލް ބަޞްރީ (110ހ) ކިޔާދެއްވިއެވެ: ”މައްކާގައި ހުރި ފޮތިވިއްކާ މީހެއްގެ ގާތުގައި ހެދުމެއް ގަންނަން އަހަރެން ހުއްޓުނީމެވެ. ދެން އޭނާ (ހެދުންތަކުގެ) މޮޅު ވާހަކަދައްކާ ތަޢުރީފުކޮށް ހުވާކުރަން ފެށިއެވެ. ދެން އަހަރެން (ހިތާހިތާ) ބުނެފީމެވެ: "މިކަހަލަ މީހަކުގެ އަތުން ގަންނާކަށް ރަނގަޅެއް ނޫނެވެ." ދެން އެހެން މީހަކު އަތުން އަހަރެން ގަތީމެވެ. ދެން އޭގެ ދެއަހަރު ފަހުން އަނެއްކާ އަހަރެން ޙައްޖަށް ދިޔައީމެވެ. އެފަހަރުވެސް އޭނާގެ ގާތުގައި އަހަރެން ހުއްޓުނީމެވެ. އެކަމަކު އެފަހަ


އަހަރެންގެ ހަތަރު އަނބިން ތިބެއެވެ.
🍁 ޙައްޖާޖު ބްނު ޔޫސުފު (95ހ) ކިޔާދިންކަމަށް ރިވާކުރެވެއެވެ: ”އަހަރެންގެ ހަތަރު އަނބިން ތިބެއެވެ. އެއީ: ހިންދު ބިންތު އަލްމުހައްލަބު އާއި، ހިންދު ބިންތު އަސްމާއު ބްނު ޚާރިޖާ އާއި، އުންމުލް ޖުލާސް ބިންތު ޢަބްދުއް ރަޙްމާނު ބްނު އުސައިދު އާއި، އަމަތުއް ރަޙްމާނު ބިންތު ޖަރީރު ބްނު ޢަބްދި ﷲ އަލްބަޖަލީއެވެ. ދެންފަހެ ހިންދު ބިންތު އަލްމުހައްލަބުގެ ގާތުގައި އަހަރެން ރޭކުރާ ރެޔަކީ: ޒުވާނުންތަކެއްގެ ތެރޭގައިވާ ޒުވާން ފުރައިގެ ކުއްޖެއް ކުޅެ މަޖާކުރުމުގައި ހޭދަކުރާކަހަލަ ރެޔެކެވެ. ދެން ހ


ދުނިޔެއަކީ އަހަރެން އުޅެން އޮތް ގޮވެތިކަމުގައި ނުވާއިރުވެސް އެތަނަށް ޙާޖަތްޖެހޭވަރު ބޮޑުވަނީ ކިހިނަކުންހެއްޔެވެ!؟
🔥ޢަވްނު ބްނު ޢަބްދި ﷲ ބްނު ޢުތުބާ (110-120ހ~) ވިދާޅުވިއެވެ: ”އަހަރެންނަށް ހުރި ސަހަރޯއެވެ! ދުނިޔެއަކީ އަހަރެން އުޅެން އޮތް ގޮވެތިކަމުގައި ނުވާއިރުވެސް އެތަނަށް ޙާޖަތްޖެހޭވަރު ބޮޑުވަނީ ކިހިނަކުންހެއްޔެވެ!؟ ނުވަތަ އެތަން ފިޔަވައި އެހެން ތަނެއްގައި އަހަރެން ޤަރާރުވެ ދެމިހުރުން ވަނިކޮށް މިދުނިޔެއަށްޓަކައި (މުދަލާއި ފައިސާ) މިހިރަ ޖަމަޢަކުރެވެނީ ކިހިނަކުންހެއްޔެވެ!؟ ނުވަތަ މިދުނިޔެއިން އަހަރެން (މަރުވާއިރު) ފަހަށް ދޫކުރާ އެއްޗަކުން އަހަރެންނަށް އެއްވެސް ފައިދާއެއް ނުކުރާއިރު ދެން


ނަބިއްޔާ صلى الله عليه وسلمގެ އަރިހަށް އަންހެނަކު ދެ ދަރިން ގޮވައިގެން އައެވެ.
މުންޤަޠިޢު ސަނަދަކުން ރިވާކުރެވޭ ގޮތުގައި އަބޫ އުމާމާ (86ހ) ކިޔާދެއްވިއެވެ: ”ނަބިއްޔާ صلى الله عليه وسلمގެ އަރިހަށް އަންހެނަކު ދެ ދަރިން ގޮވައިގެން އައެވެ. (އެއް ރިވާޔަތުގައި: އެއް ކުއްޖަކު އުރައިގެން އަނެއް ކުއްޖަކުގެ އަތުގައި ހިފައިގެންނެވެ.) ދެން ނަބިއްޔާ صلى الله عليه وسلمގެ އަހުލުންގެ ގާތުގައި އެއްޗެއް ހުރިތޯ އައްސަވައިގެން، ތިން ކަދުރު މެނުވީ ލިބިވަޑައިނުގަތެވެ. ދެން އެކަލޭގެފާނު އެ ކަދުރުކޮޅު އެއަންހެނާއަށް ދެއްވިއެވެ. ދެން އެއަންހެނާ ކޮންމެ ކުއްޖަކަށް ކަދުރެއް ދީފައި،


”ނަފްސާ ދެކޮޅަށް ޢިލްމާއި އީމާންކަން ޖަމަޢަވުން:
އިންސާނާގެ ކިބައިގައި ޢިލްމާއި އީމާންކަން ޖަމަޢަވެއްޖެނަމަ, އޭނާގެ ނަފްސުގެ ޝަހުވަތްތައް ކޮންޓުރޯލުކޮށް މަތަކުރުމުގައި އޭނާ ވަރުގަދަވެގެންވެއެވެ. އަދި އޭނާގެ ނަފްސަށާއި އެނޫން ނަފްސުތަކަށްވެސް ބޯނުލަނބާ މީހެއްކަމުގައި އެ ދެކަންތައް އޭނާ ހަދައެވެ. އިންސާނާގެ ކިބައިގައިވާ ޢިލްމާއި އީމާންކަން އުނިވެގެންވީވަރަކަށް އެއިންސާނާގެ ބުއްދި ބޭނުންގޮތަކަށް އަނބުރާލާ، އެބުއްދިއަށް ބާރުފޯރުވުން ފަސޭހަވެއެވެ. މިހެންވެ، ސުލްޠާނު މީސްތަކުންގެ މެދުގައި ބޭނުންގޮތަކަށް ވެރިކަންކުރަން ބޭނުންވެއްޖ


”ތިބާއަށް ކިޔަމަންތެރިވުމުގެ ޙައްޤު އެކަނބުލޭގެ މައްޗަށް ވާޖިބުވާކަމަށް ނުދެކޭ އަންހެނަކާ ކައިވެނި ނުކުރާށެވެ!
އެހެނީ އޭރުން ތިބާއާ އެކަނބުލޭގެ ކަމަކާ ދެބަސްވެއްޖެނަމަ އެއަށް ޙައްލެއް ގެނެވޭގޮތެއް ނުވެއެވެ. ތިބާ ނިންމި ގޮތަކާމެދު އެކަނބުލޭގެ އިޢުތިރާޟުކޮށްފިނަމަ, ދެން އެހިސާބުން ޒުވާބުކުރުމާއި ޖަދަލުކުރުމުގައި އެނބުރި އެނބުރި ދެމީހުން ހުންނާނީއެވެ. ޤާޟީގެ ގާތުގައި މެނުވީ ފައިސަލާ ނުކުރެވޭ ހިސާބަށެވެ. އަނެއްކޮޅުން ކިޔަމަންތެރިވެ ބޯލަނބާ އަނބިން ދަންނައެވެ! ތިޔަ ދެމީހުން ކަމަކާ ޚިޔާލު އެއްގޮތްވެ އެއްބަސްވެއްޖެނަމަ އެއީ ތިބާއަށް ހުރި އުފަލެކެވެ. އެކަނބުލޭގެ ދެކޭ ގޮތާ ތިބާ ދެކޭ ގޮތް ޚިލާފ


”ޝަރީޢަތާއި ދީން ދިފާޢުކުރާކަމަށް ދަޢުވާކުރާ އޭ މިހިރަ މީހާއެވެ!
ތިބާގެ ދައުރަކީ އޮތްގޮތަށް ފޯރުކޮށްދިނުމެވެ. އޭނާ ހިތްހަމަޖެހޭ ގޮތަށް ބަދަލުކޮށް އޮޅުވާލުމެއް ނޫނެވެ. ތިބާގެ ޒިންމާއަކީ ބަޔާންކޮށްދިނުމެވެ. އަނެކާ ހިތްރުހޭ ގޮތަށް މަތިއޮމާންކޮށް ދަޅަދެއްކުމެއް ނޫނެވެ. ތިބާގެ އަތުގައި އޮތް އަމާނާތް އަދާކުރުމެވެ. އެމީހުން ލޯބިވާ އެއްޗެއް ތިބާ ފާޅުކޮށްފައި، އެމީހުން ނުރުހޭނެކަހަލަ ކަމެއްވިއްޔާ ފޮރުވުމެއް ނޫނެވެ. އޭރުން ތިބާއަށް އެމީހުންނަށް ތިޔަދެވެނީ އެމީހުންގެ އަމިއްލަ އެދުންތަކާ އެއްބަސްވެ އެއްގޮތްވާ އިސްލާމްކަމެކެވެ. އެކަމާމެދު ހުށިޔާރުވާށެވ


އަންހެނާއަކީ ފިރިމީހާއަށް މިލްކުވެގެންވާ އަޅެއްފަދައިންވާ މީހެއްކަން ދަންނަންޖެހެއެވެ.
💥 އައްޛަހަބީ (748ހ) އަށް ނިސްބަތް ކުރެވޭ އަލްކަބާއިރު ފޮތުގައިވެއެވެ: ”އަންހެނާއަކީ ފިރިމީހާއަށް މިލްކުވެގެންވާ އަޅެއްފަދައިންވާ މީހެއްކަން ދަންނަންޖެހެއެވެ. އެގޮތުން ފިރިމީހާގެ އިޛްނަ ނެތި އެކަނބުލޭގެ ނަފްސުގައި އަދި ފިރިމީހާގެ މުދަލުގައިވެސް ކަމެއްކޮށްގެން ނުވާނެއެވެ. އަދި އަންހެނާގެ އަމިއްލަ ޙައްޤުގެ މައްޗަށް ފިރިމީހާގެ ޙައްޤު އިސްކޮށް ކުރިއަށް ނެރެ، އަދި އަންހެނާގެ ތިމާގެ މީހުންގެ ޙައްޤުތަކުގެ މައްޗަށް ފިރިމީހާގެ ތިމާގެ މީހުންގެ ޙައްޤުތައް ކުރިއަށް ނެރެންވާނެއެވެ. އަދި


ދުނިޔެއަކީ އޭގެ ފަހަތުން ހޯދަން އުޅޭ މީހާގެ އަމީރެވެ.
❄️ ޔަޙްޔާ ބްނު މުޢާޛު (258ހ) ވިދާޅުވިއެވެ: ”ދުނިޔެއަކީ އޭގެ ފަހަތުން ހޯދަން އުޅޭ މީހާގެ އަމީރެވެ. އެ ދުނިޔެ ދޫކޮށްލާ މީހާއަށްހުރި ޚާދިމެކެވެ. ދުނިޔެއަކީ ހޯދައިގަނެވޭ އަދި އެހެން މީހުން ހޯދާ އެއްޗެކެވެ. ފަހެ އެދުނިޔެ ހޯދަން އުޅެފި މީހާއަށް އެދުނިޔެ ދެކޮޅުހަދައެވެ. އެދުނިޔެއަށް ދެކޮޅުހަދައިފި މީހާގެ ފަހަތުން އެދުނިޔެ ހޯދަން ދެއެވެ. ދުނިޔެއަކީ އާޚިރަތަށްވާ ފާލަމެކެވެ. ފަހެ އެފާލަން ހުރަސްކޮށްލާފައި ދާށެވެ. އަދި އެތަން އާރާސްތުކުރަން ނޫޅޭށެވެ. ފާލަންތަކެއްގެ މަތީގައި ގަނޑުވަރުތަކ


”ތިބޭފުޅުން ޢިލްމު އުނގެނުނީ ކާކަށްޓަކައިތޯއެވެ؟“
🌵 އަލްވަލީދު ބްނު މުސްލިމް (195ހ) ވިދާޅުވިއެވެ: ”އަހަރެން އަލްއައުޒާޢީ (157ހ) އާއި، ސަޢީދު ބްނު ޢަބްދުލް ޢަޒީޒު (167ހ) އާއި، އިބްނު ޖުރައިޖު (150ހ) ގެ އަރިހުން ސުވާލުކުރީމެވެ: ”ތިބޭފުޅުން ޢިލްމު އުނގެނުނީ ކާކަށްޓަކައިތޯއެވެ؟“ އެހުރިހާ ބޭކަލުން ވިދާޅުވީ ތިމަންނާގެ އަމިއްލަ ނަފްސަށްޓަކައިއެވެ. އިބްނު ޖުރައިޖު މެނުވީއެވެ. އެކަލޭގެފާނު ވިދާޅުވީ: "ތިމަންނާ ޢިލްމު ހޯދީ މީސްތަކުންނަށްޓަކައިއެވެ." އައްޛަހަބީ (748ހ) މިރިވާޔަތް ގެންނަވާފައި ވިދާޅުވިއެވެ: ”ތެދުބަހުން ބުނުމުގެ ހެޔޮކަމާއ


”ފިތުނައިގެ ތޫފާންތަކުން ނިކުތީ ކިހާ ނަތީޖާއެއްހެއްޔެވެ!؟
ފުރޮޅާލީ ކިތައް ކިތައް ހިތްހެއްޔެވެ؟ އަދި ފޮރުވައިގެން އަޅައިގެން އުޅުނު ކިތައް މާސްކު ބޭލިއްޖެހެއްޔެވެ؟ އަދި ބުއްދިވެރިއެއްކަމުގައި އަހަރުމެން ދެކެމުންދިޔަ ކިތައް މީހުންގެ ކޮސްކަމާއި ގަމާރުކަން ފާޅުވިހެއްޔެވެ!؟ ޞާލިޙެއްކަމުގައި އަހަރުމެން ބަލަމުންދިޔަ ކިތައްކިތައް މީހުންގެ ވިޔާނުދާކަން ހާމަވިހެއްޔެވެ!؟ ޘާބިތުކޮށްވާ ކަންކަން ގުޑުންއަރާ، އަސާސްތައް ލުހި، ޢަޤީދާތައް ގެއްލިގެންދެއެވެ. ފޯނެއްގެ ޛަރީޢާއިން އެމީހުން ޖަހައިގަނެގެން މިހުރިހާ ކަމަކަށް ގެންދިޔައެވެ. ދެންފަހެ އަލްމަސީޙު


އެއްވެސް އަޅެއްގެ ހިތުގައި ދުނިޔެ ހަމަޖެހި ޤަރާރުވެއްޖެނަމަ އޭނާގެ ހިތުގައި ތިން ކަމެއް އެލިގަނެގެން މެނުވީ ނުވެއެވެ:
🍂 ޢީސާ عليه الصلاة والسلام ވިދާޅުވިކަމަށް ރިވާކުރެވެއެވެ: ”އެއްވެސް އަޅެއްގެ ހިތުގައި ދުނިޔެ ހަމަޖެހި ޤަރާރުވެއްޖެނަމަ އޭނާގެ ހިތުގައި ތިން ކަމެއް އެލިގަނެގެން މެނުވީ ނުވެއެވެ: ▪️ވަރުބަލިކަން ފިލައިނުދާނޭ އަވަދިނެތިވުމެކެވެ. ▪️އަދި ފުދުންތެރިކަން ހޯދައިނުގަނެވޭ ފަޤީރުކަމެކެވެ. ▪️އަދި ނިމުމަށް ނުފޯރާނޭ އުއްމީދުތަކެކެވެ. ދުނިޔެއަކީ ހޯދާ އަދި ހޯދައިގަނެވޭ އެއްޗެކެވެ. އެގޮތުން އާޚިރަތް ހޯދަން އުޅޭ މީހާ، އޭނާގެ ރިޒްޤު ފުރިހަމަވަންދެން ދުނިޔެ އޭނާ ހުރިތާކުން ހޯދާނެއެވެ. އަދި ދުނިޔ


”ޢިލްމާއިއެކު ނަފްސަކީ ދެމިޔަލީ ޚަންޖަރެއް:
ޢިލްމަކީ ނަފްސުގެ އަމިއްލަ އެދުންތަކަށް ވާޞިލުވުން މަނާކުރާ ފަރުވާއަކަށްވާ ގޮތަށް، އަދި ސަވާރުވެގެން އިންނަ މީހާ އަސް ކޮންޓުރޯލުކޮށްގެން ގެންދާގޮތަށް ނަފްސު ކޮންޓުރޯލުކޮށް ގެންދާ ޤާއިދަކަށް ޢިލްމުވާ ގޮތަށް, ނަފްސު އެދި ބޭނުންވާ ކަންކަމަށް ވާޞިލުކޮށްދިނުމަށް އެނަފްސަށްހުރި ޚާދިމެއްކަމުގައިވެސް ޢިލްމު ވެދާނެއެވެ. އެގޮތުން ނަފްސާ ދިމާކޮށް، ކޮންޓުރޯލުކުރުމުގެ ބަދަލުގައި އޭރުން އެވަނީ ނަފްސު ބޭނުންވާ ކަންކަން ކޮށްދޭ ޚާދިމެއްކަމުގައިއެވެ. ނަފްސު ބޭނުންވާ ކަންކަމަށް ކުޅަދާނަކަމާއި..


ދުނިޔެއަކީ ޤާއިމުވުމުގެ ގޮވެއްޗެއް ނޫނެވެ.
🍁 އަލްފުޟައިލު ބްނު ޢިޔާޟު (187ހ) ވިދާޅުވިއެވެ: ”ދުނިޔެއަކީ ޤާއިމުވުމުގެ ގޮވެއްޗެއް ނޫނެވެ. އާދަމުގެފާނު ދުނިޔެއަށް ބޭލެއްވުނީ ޢުޤޫބާތެއްގެ ގޮތުންނެވެ. (އެހެން ރިވާޔަތެއްގައި: އެކަލޭގެފާނަށާއި އަދި އެކަލޭގެފާނުގެ ދަރިފަސްކޮޅަށް ޤިޔާމަތްދުވަހާ ހަމައަށް ކަންކަންވަމުންދާ ގޮތް ނުފެނޭހެއްޔެވެ؟) ފަހެ އެކަލާނގެ އިންސާނާގެ ކިބައިން އެދުނިޔެ ފޭކުރައްވާ ގޮތް ނުފެނޭހެއްޔެވެ؟ އެއްފަހަރު ބަނޑުހައިހޫނުކަން ޖައްސަވާ، އަނެއްފަހަރު އުނުއޮރިޔާން ނިވާކުރަން ދަތިކުރައްވާ، އަނެއްފަހަރު ޙާޖަތް ޖަ


ހެޔޮ ޢަމަލުތައް ފާޅުކުރަން ޤަޞްދުކުރުމަށް ހުއްދަ އޮތުން ބަޔާންކުރުން.
🌴 އިބްނުލް ޖައުޒީ (597ހ) ވިދާޅުވިއެވެ: ”ހެޔޮ ޢަމަލުތައް ފާޅުކުރަން ޤަޞްދުކުރުމަށް ހުއްދަ އޮތުން ބަޔާންކުރުން. ދަންނާށެވެ! ހެޔޮ ޢަމަލުތައް ސިއްރުކޮށް ވަންހަނާކޮށްގެން އިޚްލާޞްތެރިކަމުގެ ފައިދާވުމާއި، ދެއްކުންތެރިކަމުން ނަޖާވުން ވެއެވެ. އަނެއްކޮޅުން ފާޅުކޮށްގެން އެހެން މީހުން ތަބަޢަވުމާއި، މީސްތަކުންނަށް ހެޔޮކަންތަކަށް ހިތްވަރުދިނުންވެއެވެ. ނަމަވެސް ދެއްކުންތެރިކަމުގެ އާފާތް އެކަމުގައިވެއެވެ. ހެޔޮ ޢަމަލުތައް ފާޅުކުރުންވަނީ ދެބަޔަކަށެވެ: ▪️އެއްކަމަކީ: ސީދާ އެ ޢަމަލު ފާޅުކުރުމެވ


”ނަފްސުގައި ޝަހުވަތަކަށް ދެވިފައިވާ އަގުވަނީ އެޝަހުވަތް ޙާޞިލުކުރުމުގެ މަގު އުނދަގޫވެގެންވާ މިންވަރެއްގެ މައްޗަށެވެ:
ގިނަފަހަރު، ވަކި ޝަހުވަތެއް ހޯދޭނެ ގޮތް އުނދަގޫވެގެންވާނަމަ، އަދި އެޝަހުވަތެއް ފުދުން ދުރުވެގެންވާނަމަ, ހޯދުން ފަސޭހަ އަދި ނިމުން ކައިރީގައިވާ ޝަހުވަތަކަށްވުރެ ނަފްސު އޭގައި މާބޮޑަށް އެލިގެންވެއެވެ. އެއީ ކައިރީގައި ފަސޭހައިން ލިބެން އޮތް ޝަހުވަތުގެ ލައްޒަތާއި އަރާމު ބޮޑުވެގެންވިޔަސްމެއެވެ. އެހެނީ ނަފްސު ދެކެނީ ވަކި އެއްޗެއް ވުޖޫދުވުން ނާދިރުވެ އަދި އެހޯދުންވެސް އުނދަގޫވެގެންވުމަކީ އެ އެއްޗެއް އަގުބޮޑުވެގެންވާކަމަށްވާ ދަލީލެއްގެ ގޮތުގައިއެވެ. މިހެންވެ ތިމާގެ ގާތަށް ކުރިމަތިލައ


ރަޝީދު އަލްޚައްބާޒު ކިޔާދެއްވިއެވެ:
”އަހަރެންގެ ސާހިބުމީހާއާއެކު މައްކާއަށް ދިޔުމަށް ނިކުތީމެވެ. އަދި އެއަހަރުގައި އަހަރުމެން މައްކާގައި ތިބީމެވެ. އަދި އެއަހަރު ސުފްޔާނުއް ޘައުރީ (161ހ) ވެސް މައްކާގައި ހުންނެވިއެވެ. އަދި އަހަރެންގެ ސާހިބުމީހާ ހަވީރު އެކަލޭގެފާނުގެ އަރިހަށް ގޮސް ވާހަކަދައްކާ އުޅެއެވެ. އަދި އަހަރެންވެސް އޭނާއާއެކުގައި ދަމެވެ. ދެން އެއްދުވަހަކު މީހަކު އައިސް ސުފްޔާނަށް ދަންނަވައިފިއެވެ: "އޭ އަބޫ ޢަބްދު ﷲ އެވެ! މިއަދު ޞާލިޙުގެ ދެ ދަރިންކަމުގައިވާ އަލްޙަސަނުއާއި ޢަލީ އަތުވެއްޖެއެވެ." ސުފްޔާނު ވިދާޅު


ޢުމްރާ އަދާކުރުމަށް އެންމެ މޮޅު އިތުރު ވަޤުތު:
▪️”އެންމެ ރާޖިޙު ގޮތަކީ: ޢުމްރާ އަދާކުރުމަށް އެންމެ މޮޅު އިތުރުވެގެންވާ ދުވަސްވަރަކީ ޙައްޖު މަސްތަކުގައި ކަމެވެ. އަދި އެއިންވެސް މޮޅު އިތުރުވެގެންވަނީ ޛުލް ޤަޢިދާ މަހުގައެވެ.. އަދި އެންމެ ޞައްޙަ ބުނުމުގެ މައްޗަށް، އެމަހުގައި ކުރާ ޢުމްރާ، ރަމަޟާންމަހު ކުރާ ޢުމްރާއަށްވުރެވެސް ހެޔޮވެގެންވެއެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ކުރެއްވި ހުރިހާ ޢުމްރާއެއް ކުރެއްވީވެސް އެދުވަސްވަރުގައެވެ.“ ▪️”ނަބިއްޔާ صلى الله عليه وسلم ހަތަރު ޢުމްރާ ކުރެއްވިއެވެ. އެހުރިހާ ޢުމްރާއެއްވެސް ކުރެއްވީ


”ކެއުމުގެ ޝަހުވަތް:
ކެއުމާއި ބުއިމުގެ ޝަހުވަތަކީ އިންސާނާ ދިރިހުރުމުގެ އަޞްލުކަމުގައިވުމާއެކުވެސް, އެއީ ބުއްދިއާއި ވިސްނުންހުރި މީހުންގެ ބުއްދިއަށް އަސަރުކުރުން އެންމެ ބަލިކަށި ޝަހުވަތެވެ. އެއީ ކެއުމާއި ބުއިން އެއީ ދިރިހުރުމުގެ އަޞްލާ ގުޅިފައިވާ ކަމަކަށްވުމުންނެވެ. ނަފްސު ޝައުޤުވެރިވާނީ އެނަފްސު ދިރިހުރުމުގެ އިތުރަށް އަންނަ ކަންކަމުގައި އެލޭށެވެ. އިންސާނާ ދިރިހުރުން ޙައްޤުކޮށްދޭ ޝަހުވަތްތަކަކީ އެއަށްވުރެ އިތުރަށް އަންނަ ލައްޒަތްތަކާއި ދިރިއުޅުން ފުރިހަމަކޮށްދޭ އެހެން މޮޅުތަކާއި އަރާމުތަކުގެ ޝަހު


ނަފްސުގައި ޖާހާއި މަޤާމަށް އޮންނަ ލޯބި އިތުރުވާ ވަރަކަށް އެއާއެކު ޙަސަދަވެރިކަން އިތުރުވެއެވެ.
”ނަފްސުގައި ޖާހާއި މަޤާމަށް އޮންނަ ލޯބި އިތުރުވާ ވަރަކަށް އެއާއެކު ޙަސަދަވެރިކަން އިތުރުވެއެވެ. ޙަސަދަވެރިކަން ލައިގަނެފައިވާ ނަފްސަށް އޭގެ ސަބަބުން މީސްތަކުންގެ ޢައިބުތައް ހޯދައިގަންނަން ދުރު ވިސްނުމަކާއި ފެނުމެއް ދެއެވެ. ޖާހަށް އޮންނަ ލޯބި، ޙަސަދަވެރިކަން ފަޅުވައެވެ. އަދި ޙަސަދަވެރިކަމުން، މީސްތަކުންގެ ޢައިބުތަކާއި އުނި ސިފަތައް ހޯދާބެލުމުގެ ޞިފަ ފަޅުވައެވެ. އެއީ އަޙްމަދު ވިދާޅުވި ގޮތަށެވެ: "ރިޔާސަތަށް ލޯބިކޮށްފި މީހާ؛ މީހުންގެ ޢައިބުތައް ހޯދަން އުޅޭނެތެވެ." އެހެންގޮސް ހެޔޮ
bottom of page



