Search
އޭ ! މުސްލިމް ޒުވާނާއެވެ.
- @Zauja Saaliha 
- Feb 9, 2021
- 1 min read

އޭ ! މުސްލިމް ޒުވާނާއެވެ.
ފަހެ ، ތިބާއަށް ލިބިގެންވަނީ އެންމެ ނަފްސެކެވެ. އެ ނަފްސު ދުނިޔެވީ ކުޅިމަޖަލުގައި ވަރުބަލި ކޮށްލުމުގެ ބަދަލުގައި ، ﷲ ގެ މަގުގައި އެނަފްސު ވަރުބަލި ކޮށްލާނީ ކޮންދުވަހަކުން ހެއްޔެވެ.
އާޚިރަތުގައި ތިބާއަށް ހުއްޖަތަކަށް ވުމަށްޓަކައެވެ. މުޙައްމަދު ﷺ ގެ މި އުއްމަތް ނިކަމެތިކޮށްލި މީހުންގެ ތެރޭގައި ތިބާ ނުވުމަށްޓަކައެވެ.
﴿ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ﴾
ދެން އެދުވަހުން ހަމަކަށަވަރުން (ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނު) نعمة ތަކާމެދު ތިޔަބައިމީހުންނާ سؤال ކުރައްވާނެކަން ކަށަވަރެވެ. [سورة التكاثر 8]
📌 ފހެ ތިޔަބައިމީހުންގެ ތިޔަ ޒުވާންކަމާއި ، ޞިއްޙަތުގެ ދުޅަހެޔޮކަން ކުޅިމަޖަލުގައި އިސްރާފު ކޮށްލަނީހެއްޔެވެ؟







































































































