top of page
Featured Posts

ބިރުވެރި ޤިޔާމަތްދުވަސް އައުމުގެ އަލާމާތްތަކުގެ ތެރެއިން ކުއްލިމަރު


ޑރ. މުޙައްމަދު އަރީފީ


ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރެއިން އެއްކަމަކީ، އަހަރެމެންގެ އަމިއްލަލޮލަށް މިއަދު ފެންނަމުންދާ އިތުރުވަމުންދާ ކުއްލިއަކަށް މަރުވަމުންދާ މަރުވުމެވެ. ކުއްލިމަރެވެ. ހިތުގެ ބައްޔަކުން ނުވަތަ ސުޓުރޯކަކުން، ކާރު އެކްސިޑެންޓުވެގެން ނުވަތަ މަތިންދާބޯޓު ވެއްޓިގެން މީހުން ކުއްލިއަކަށް މިމަރުވަމުންދާ މަރުވުމެވެ.


އަނަސް ބިން މާލިކު ރަޟިޔަﷲ އަންހު ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ކަމަށް ރިވާކުރައްވާފައިވެއެވެ.

"ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރެއިން އެއް އަލާމާތަކީ ކުއްލިމަރު އިތުރުވުމެވެ." ( ތަބަރާނީ) ކުރީގައި މީސްތަކުން ކުޑަދުދަސްކޮޅަކަށް ބަލިވުމުން، އޭނާއަށް އެބަލީގެ ހާލަތު ދެނެގަނެވި އަދި މަރުގާތްވާ ކަމުގެ އިޙުސާސް އޭނާކުރެއެވެ. އަދި އޭނާގެ ވަސިއްޔަތްލިޔެ، އާއިލާއަށް އަލްވަދާޢުކިޔައި، އޭނާގެ ދަރިންނަށް ނަޞީހަތްދީ، އޭނާގެ ވެރިރައްބުގެ ހަޟްރަތަށް ރުޖޫޢަވެ ތައުބާވެ، އޭނާ ޝަހާދަތް ކިޔައިފާނެއެވެ. އޭރުން އޭނާގެ ނިމުން އެންމެފަހުން އެކީ ބަސްތަކުން ނިމުމަށްޓަކައެވެ.

ނަމަވެސް މިއަދު ޞިއްހަތު ސަލާމަތުން އެއްވެސް ކަހަލަ މައްސަލައެއް ނެތް މީހަކު ކުއްލިއަކަށް މަރުވެގެން އެޚަބަރު ލިބޭތަން ތިބާއަށް ފެނިދާނެއެވެ. އެއީ ކާރު އެކްސިޑެންޓަކުން، ނުވަތަ ސުޓުރޯކަކުން ނުވަތަ ހާރޓުއެޓޭކެއްކަމުގައިވެދެއެވެ. އަދި އެޔާއެކު އެހެން މީހުންގެ މަރުގެ ޚަބަރުވެސް އިވެމުންދެއެވެ. އެންމެ ބުއްދިވެރި މީހާ އަބަދުވެސް ހުންނަން ޖެހޭނީ މަރުވާނެކަން ދަނެހުރެ އޭނާގެ އިލާހު ﷲއާއި ބައްދަލުކުރުމަށް ތައްޔާރުވެގެން އެކަމާއި ސަމާލުވެގެންނެވެ.

ނިމުނީ


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page