ދީނުގެ ޢިލްމު ތިބާއަށް ޖަންނަތަށް މަގު ކޮށައިދެއެވެ.
- @zauja saaliha
- Sep 17, 2020
- 2 min read

🔰 ޝއިޚް ޢަބްދުލް ޢަޒީޒް ޠަރީފީ ( فك الله أسره ) ވިދާޅުވިއެވެ.
((ހުޅަނގުން "ތިމަންމެންނަކީ އިސްލާމްދީނުގެ ޢަދުއްވުންނެއް ނޫނޭ " ބުނެފިނަމަ ، އެއްގޮތަކީ އެބައިމީހުން ދޮގު ހެދުމެވެ. ނުވަތަ ، އަހަރެމެން މިވަނީ ޞައްޙަ އިސްލާމް ކަމުގައެއް ނޫނެވެ.))
﴿وَلَن تَرْضَىٰ عَنكَ الْيَهُودُ وَلَا النَّصَارَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْ﴾
”އަދި يهودى ންވެސް نصارى އިންވެސް އެއުރެންގެ دين އަށް ކަލޭގެފާނު تبع ވެވަޑައިގެންފުމަށް ދާނދެން ކަލޭގެފާނަކާ ނުރުހޭނެތެވެ“ [ البقرة 120]
🌿 ލޮބުވެތި މައިންބަފައިންނޭވެ. ލޮބުވެތި ބެލެނިވެރިންނޭވެެ. އިސްލާމީ އުއްމަތުގެ އެންމެހައި ޒުވާނުންނޭވެ. ހަމަޔަޤީނުންވެސް ޤުރުއާނުގެ މިއާޔަތް ދޮގެއް ނުވާނެއެވެ. އެހެނީ އެއީ އެންމެހައި ޢިލްމެއް ދެނވޮޑިގެންވާ ، މާތް ﷲ ގެ ބަސްފުޅެވެ.
އެހެނަސް މިއަދު އަޅުގަނޑުމެންގެ މި ފަސްގަނޑަށް އުފަންވެ ، އަޅުގަނޑުމެންގެ ހަމުގެ ކުލައިން ކުލަޖެހިފައިވާ ، އަދި އަޅުގަނޑުމެންގެ ބަހުން ބަސްމޮށެއުޅޭ ، އެހެނަސް އެބައެއްގެ ހިތްތައް ، އިސްލާމްދީނާއިމެދު އަންނަރުޅިޔާއި ޙަސަދައިން ފުރިގެންވާ ބަޔަކު ، އަޅުގަނޑުމެންގެ ތެރޭގައި އުޅެމުން އަންނަކަމީ ހިތާމަ ހުރިކަމެކެވެ. އަދި އެންމެހައި ބެލެނިވެރިން އެފަދަ މީހުންގެ ނުރައްކާތެރިކަމާއި މެދު ފާރަވެރިވެ ރައްކާތެރިވާން ޖެހޭ ކަމެކެވެ.
އެހެނީ އެބައި މީހުންނީ ޙަޤީގަތުގައި ހުޅަނގުގެ އަޅުންނެވެ. އެ ނުބައި ފިކުރުތައް ހިފައިގެން އައިސް ހުޅަނގުގެ ދޮން ފަރަންޖީއަކަށް ތިބާގެ ގެޔަށްވަދެ ދަރީންތައް ހަލާކުކުރަން އުނދަގޫވެއެވެ. ނަމަވެސް މިދިވެހި ފަސްގަނޑަށް ނިސްބަތްވާ ، ޔޫރަޕްގެ ޔުނިވަރސިޓީ ތަކުގައި ހޭކިލާފައި އަންނަމީހުނަށް އަޅުގަނޑުމެންގެ ތެރޭގައި އެބަ މަރުހަބާ ކިޔެއެވެ.އަދި ޔޫރަޕްގެ ސަރޓިފިކެޓް ގަނޑެއް ތަށިދޮވުމުން ޙާސިލް ކުރިޔަސް އަޅުގަނޑުމެން މިއަދު އެމީހަކު ބޮލާހަމައަށް އުފުލައިގެން ގެންގުޅުމަކީ ، އަޅުގަނޑުމެންގެ މުސްތަޤުބަލް އަޅުގަނޑުމެންގެ އަތުން ފަނާކޮށްލުމެވެ. އަދި އިސްލާމްދީނަށް ނަޞްރެއް ޢިއްޒަތެއް ނުދެވޭތާނގައި ، އެދީނުގެ ޢަދާވާތްތެރިންގެ ވާގިވެރިންނަށް ވެވޭ އެހީއެކެވެ. ..
ހައިރާނެއް ނުވޭހެއްޔެވެ؟ 100% މުސްލިމް ޤައުމެއްގެ ތަޢުލީމީ ވުޒާރާގައި އިށީންނަށް އަންހެނަކު ޙިޖާބުން ނިވާނުވާތާނގައި ބުރުގާއެއްހައި ހިސާބުވެސް ބޮލުގައި ނޯވެއެވެ.
- ޒާހިޔާ ޒަރީރު ( މައުމޫނުގެ ހަންފެތުރުމުގެ ދުވަސްވަރު)
- ޝިފާ މުޙަންމަދު ( ލާދީނިއްޔަތުގެ ބާނީ ، ނަޝީދުގެ ވެރިކަމުގައި )
- ޢާއިޝަތު ޝިހާމް ( ޔާމީނުގެ ވެރިކަމުގައި )
- ޢާއިޝަތު ޢަލީ (ނަޝީދުގެ ވަކިތަކާއެކު ހިންގަމުންދާ އިބްރާހީމް .ސ ގެ ވެރިކަމުގައި )
މިއީ ، އިއްތިފާގެއް ބާއެވެ.؟ ގައުމުގެ މުސްތަޤްބަލް ބިނާކުރާ ޙަޤީޤީ ތަނަކީ ސްކޫލްތައް ކަމަށް ވީހިނދު މިތަންތަނަށް،ފައިދިގު މަކުނެއްފަދައިން ވެރިވެގަނެ ، އިސްލާމީ ތަޢުލީމް ނިގުޅައިގަނެގެން މެނުވީ ، އެބައިމީހުން ބޭނުންވާ ފަދަ ޒުވާން ޖީލެއް ފައްކާކުރުމަކީ އުނދަގޫ ކަމެކެވެ.
ނަމަވެސް މިއަދު އެބައިމީހުންގެ މި ހުވަފެނުގެ 60% ކާމިޔާބު ކޮށްފިއެވެ. އެހެނީ 2008 ވަނަ އަހަރުން ފެށިގެން 2020 ހަމައަށް އައި އިރު މިވަނީ މުޅިން އައުޖީލެއް ޒުވާނުންގެ ގޮތުގައި މުޖުތަމައަށް ނިކުމެ ހަރަކާތްތެރިވެފައެވެ. އަދި ޙައްޤުތައް ހޯދުމުގެ މާނާގައި ކަމަށްބުނެ ، ޖަމުޢިއްޔާތަށް ހަދައި ، ވަކާލާތު ކުރަން ފަށާފައެވެ.
މިއީ އޭރު ، ލާދީނި އިބުރާ އާއި ، އޭނާގެ އެތިޒަމްގެ ގެ ކޮލެޖް ކަމުގައިވާ މަންދު ކޮލެޖާއި ، އަދި ، ޑިމޮކްރެސީގެ ބާނީއެއްކަމަށް ބުނާ ޑރ.މުސްތަފާ ލުތުފީ އާއި ، އދ ގެ މަންދޫބެއްގެ ގޮތުގައި ޕާކިސްތާނާއި ، ޔަމަން އަދި އަފްޣާނިސްތާނުގެ ތަޢުލީމީނިޒާމު ސުންނާފަތިކުރުމުގައި އެތައް އަހަރަކު މަސައްކަތްކުރި ޑރ.މުހައްމަދު ވަހީދު ހަސަންމަނިކާއި މިފަދަ އެތައްބައެއްގެ މަސައްކަތެވެ.
އެހެންކަމުން މިއަދު އަޅުގަނޑުމެންގެ ތެރޭގައި ، އީމާނާއި ކުފުރު މަސްހުނިކޮށް ، ކުފުރުވުމާއި ޝިރުކު ކުރުމަކީވެސް ލިބިދޭންޖެހޭ ޙައްޤެއްކަމުގައި ބުނާ މީހުން މަދެއްނޫނެވެ. އަދި ކާފަރުންނަށް ލޯބިކުރުމާއި ،އެބައިމިހުންނާއި މެދު އެންމެ ކުޑަމިނުން ނުރުހުންތެރިވުންވެސް އެއީ ހައްދުފަހަނަ އެޅުންކަމުގައި ދެކޭމީހުން މަދެއްނޫނެވެ. އެހެނީ އެފަދަ ހުޅަނގުގެ ޕަޕެޓުން މިއަދު ތައުޙީދުގެ އުޅަށްތައް ، އުޅަކަކުން އުޅަކަކުން ލުހެ ހުސްކުރަން ފަށައިފިއެވެ.
ފަހެ ތިބާ ، ތިބާގެ ދަރީން އިސްލާމީ ރިވެތި އުސޫލާއި ، ފުރިހަމަ ތައުޙީދުގެމަތީގައި ތަރުބިއްޔަތުކޮށް ހާނުވާށެވެ.



































































































