top of page
Featured Posts

"ދުނިޔޭގެ އިރާއި ހުޅަނގުގައިވާ އެންމެހާ މުސްލިމުންގެ ހިތްތައް ވަނީ އެކަތިގަނޑެއް ފަދައިންނެވެ.


🔰 ޝެއިޚުލް އިސްލާމް އިބްނުތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ.


"ދުނިޔޭގެ އިރާއި ހުޅަނގުގައިވާ އެންމެހާ މުސްލިމުންގެ ހިތްތައް ވަނީ އެކަތިގަނޑެއް ފަދައިންނެވެ. އެބައިމީހުން ، ﷲ އާއި އެއިލާހުގެ ރަސޫލާއާއި އަދި އެއިލާހުގެ މުއުމިނު އަޅުތަކުންދެކެ ލޯބިވެ ، އެބައިމީހުނާއި އެކުވެރި ވެއެވެ. ﷲ އާއި އެއިލާހުގެ ރަަސޫލާ އަދި އެއިލާހުގެ މުއުމިނު އަޅުންގެ ޢަދުއްވުންނަށް ނުރުހުންވެ ، ދެކޮޅުވެރިވެއެވެ. އެބައިމީހުންގެ އެ ތެދުވެރި ހިތްތަކުުން ކުރާ ޞާލިޙު ދުޢާއަކީ ، އެލަޝްކަރެއްގެ މައްޗަށް އެހެންބަޔަކަށް ގަދަނުވެވޭނެ ލަޝްކަރެކެވެ. އަދި ނިކަމެތި ކޮށްނުލެވޭނެ ޖުންދެކެވެ." [މަޖުމޫޢުލް ފަތާވާ 644/28]


📌 އޭ މުސްލިމް އަޚާއެވެ. އުޚްތާއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާލިބެމުންދާ މުސްލިމް އަޚުންނާއި އުޚްތުންތައް ، އެ ތުއްތު ޅަދަރިންތައް ނިކަމެތި ކޮށްނުލާށެވެ. ތިބާއަށް އެހީއެއް ނުވެވޭ ކަމުގައިވާނަމަ ތިބާގެ ތިޔަ ހިތުން އިޚްލާޞްތެރި ހެޔޮދުޢާއެއް އެ މުސްލިމުންނަށްޓަކައި ކޮށްދޭށެވެ. ތިބާއާއި ، ނަރަކައާއި ދެމެދުގައި ޤިޔާމަތްދުވަހު ލެވޭ ހުރަހެއްކަމުގައި ތިބާގެ ހެޔޮދުޢާވެދާނެއެވެ.



telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page