Search
top of page
Featured Posts
އެންމެ ފަހުގެ


ބުއްދިވެރިޔާގެ މައްޗަށް ވާޖިބުވެގެންވަނީ
⭐ އިބްނު ޙިއްބާނު (354ހ) ވިދާޅުވިއެވެ: ”ބުއްދިވެރިޔާގެ މައްޗަށް ވާޖިބުވެގެންވަނީ: މި ދުނިޔޭގެ ކަންކަމުން އޭނާގެ ޢިލްމު ގަޑުބަޑުކޮށްލާނޭ ކަންކަމުން އެއްކިބާވުމެވެ. އެއީ އޭނާއަށް ކުޅަދާނަވީ ވަރަކަށް ޢަމަލުކުރުމުގައި ހުންނާނޭކަމަށް އޮންނަ ޤަޞްދާ އެކުގައިއެވެ. ކޮންމެ ދުއިސައްތަ ޙަދީޘަކުން ފަސް ޙަދީޘަށް ޢަމަލުކުރެވުނަސް، އޭރުން ޢިލްމުގެ ޒަކާތް އަދާކުރިފަދައިން އޭނާވެއެވެ. ދެންފަހެ އެމީހަކު އެއްކޮށް ޖަމަޢަކުރި ޢިލްމަށް ޢަމަލުކުރަން އެމީހަކު ނުކުޅެދުމަކުން އަދި އެ ޢިލްމު ޙިފްޡުކޮށް


”ފަހަރެއްގައި ދިމާވާ އިޙްސާސެއް އެއީ ނުރުހޭ އިޙްސާސަކަށްވެދާނެއެވެ. މިސާލަކަށް ކަމަކާމެދު ބިރުގަތުމެވެ.
”ފަހަރެއްގައި ދިމާވާ އިޙްސާސެއް އެއީ ނުރުހޭ އިޙްސާސަކަށްވެދާނެއެވެ. މިސާލަކަށް ކަމަކާމެދު ބިރުގަތުމެވެ. ދެން އެއިޙްސާސް ވަރުގަދަވެގެންވާނަމަ؛ އެކަމަކާމެދު ނަފުރަތްތެރިވެ، އަދި އެކަންކުރި މީހަކަށްވެސް ނަފުރަތުކުރުން މެދުވެރިކުރުވައެވެ. އެއީ ފިޠުރީގޮތުން ޠަބީޢަތް އެކަމަށް ލެނބިގެންވިޔަސްމެއެވެ. މިސާލަކަށް އަންހެނާ ފިރިހެނާއަށް ލެނބެއެވެ. ދެން ފިރިހެނާއާމެދު ނުރުހުންވެ ނަފުރަތްތެރިވާ ކަހަލަ ކަމެއް އަންހެނާއަށް ދިމާވެ ވަރުގަދަ އިޙްސާސެއް އޭނާއަށް އާދެއެވެ. އަދި އެއާއެކު އެއަންހެނ


ޢިލްމުގައި ލާޒިމްވެ، އަދި ޢިލްމު ހޯދުމުގައި ދެމިހުރުމަށް ހިތްވަރުދިނުން ބަޔާންކުރުން:
🔥އިބްނު ޙިއްބާނު (354ހ) ވިދާޅުވިއެވެ: ”ޢިލްމުގައި ލާޒިމްވެ، އަދި ޢިލްމު ހޯދުމުގައި ދެމިހުރުމަށް ހިތްވަރުދިނުން ބަޔާންކުރުން: ބުއްދިވެރިޔާގެ މައްޗަށް ވާޖިބުވެގެންވަނީ: އޭނާގެ ސިއްރިއްޔާތު އިޞްލާޙުކޮށް ނިމުމަށްފަހު ދެން އެއާ ވިއްދައިގެން ޢިލްމު ހޯދަން އުޅެ އަދި އެކަމުގައި ދެމިހުރުމެވެ. އެހެނީ ދުނިޔޭގެ ސަބަބުތަކުން އެއްވެސް ސަބަބަކަށް ސާފުކޮށް ރަނގަޅަށް ވާޞިލުވެވޭހުށީ އެކަމުގައި ޢިލްމު ސާފުކޮށް ޚާލިޞްވެގެންނެވެ. އަދި ބުއްދިވެރިޔަކު ވެއްޖެއްޔާ ނިންމާނޭކަމަކީ: އެމީހަކު ކުރާކަމަކާ


މީސްތަކުންގެ ތެރޭގައި އެމީހެއްގެ ބުއްދި، ބޭރު ފެންޑާގައި ބާއްވާފައި އޮންނަ މީހުންވެއެވެ.
💥 ޝުޢުބާ ބްނުލް ޙައްޖާޖު (160ހ) ވިދާޅުވިއެވެ: ”މީސްތަކުންގެ ތެރޭގައި އެމީހެއްގެ ބުއްދި، ބޭރު ފެންޑާގައި ބާއްވާފައި އޮންނަ މީހުންވެއެވެ. އަނެއްބަޔަކުގެ ބުއްދި އެމީހުންނާ އެކުގައިވެއެވެ. އަނެއްބަޔަކުގެ ބުއްދިއެއް ނުވެއެވެ. ދެންފަހެ އެމީހެއްގެ ބުއްދި އެމީހަކާ އެކުގައިވާ މީހަކީ: އެމީހަކު ވާހަކަދެއްކުމުގެ ކުރިން އެމީހަކުގެ ފުށުން އެ ނިކުންނަ އެއްޗެއް ފެންނަ މީހާއެވެ. ދެންފަހެ އެމީހަކުގެ ބުއްދި ބޭރު ފެންޑާގައި އޮންނަ މީހަކީ: ވާހަކަތަކެއް ދައްކާފައި ދެން އޭގެ ފަހުން އެނިކުތް އެއްޗެ


”މީހުން ފެނުމުން އަޅުކަމުގައި ހީވާގިވެ މުރާލިވުން ޞައްޙަ ކަންކަމާއި ޞައްޙަ ނުވާ ކަންކަން ބަޔާންކުރުން:
🔥އިބްނުލް ޖައުޒީ (597ހ) ވިދާޅުވިއެވެ: ”މީހުން ފެނުމުން އަޅުކަމުގައި ހީވާގިވެ މުރާލިވުން ޞައްޙަ ކަންކަމާއި ޞައްޙަ ނުވާ ކަންކަން ބަޔާންކުރުން: މީހަކު ރޭއަޅުކަންކުރާ ބަޔަކާއެކުގައި ރޭގަނޑު ހޭދަކޮށްފާނެއެވެ. ދެން އެމީހުން ރޭގަނޑުގެ ގިނަ ވަޤުތު ނަމާދުކޮށްފާނެއެވެ. އަނެއްކޮޅުން މީނާގެ ޢާދައަކީ ސާޢަތެއްވަރު އިރުކޮޅެއް ރޭއަޅުކަންކުރުމެވެ. ދެން މީނާ (އެމީހުންނާ އެކުގައި ރޭކުރާއިރު) އެމީހުންނާ އެއްގޮތްވެއެވެ. ނުވަތަ އެމީހުން ރޯދަ ހިފާއިރު މީނާވެސް އެމީހުންނާއެކު ރޯދަހިފައެވެ. އެމީހުން


ދުނިޔެމަތީގައި މީހަކަށް ލިބޭނެ ހެޔޮ ޞިފަތަކުން އެންމެ ފުރަތަމަކަމަކީ ބުއްދިވެރިކަމެވެ.
🪴 އިބްނު ޙިއްބާނު (354ހ) ވިދާޅުވިއެވެ: "ދުނިޔެމަތީގައި މީހަކަށް ލިބޭނެ ހެޔޮ ޞިފަތަކުން އެންމެ ފުރަތަމަކަމަކީ ބުއްދިވެރިކަމެވެ. އަދި އެއީ ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނަށް ދެއްވި އެންމެ ހެޔޮ ރަނގަޅު ކަންތަކުންވާ ކަމެކެވެ. އެހެންކަމުން އެއާ އިދިކޮޅު ޞިފައެއް ޤާއިމުކޮށްގެން ހުރި މީހަކާ އެކުގައި އިށީންދެ އުޅެގެން ﷲ ދެއްވި ނިޢުމަތް ގަޑުބަޑުކޮށް ހުތުރުނުކުރާހުއްޓެވެ... ބުއްދިއާއި ވިސްނުންތެރިކަން އިތުރުކޮށްދޭނެ ކަމަކީ: އޭނާފަދަ (އެހެން ބުއްދިވެރިންނާ) ގާތްވުމާއި، އެއާ އިދިކޮޅު އިދ


ތިން އަންހެންދަރިން އެމީހަކަށް ލިބި:
”ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް ރިވާކުރެވެއެވެ: "ތިން އަންހެންދަރިން އެމީހަކަށް ލިބި: 1-ދެން އެކުދިން އަދަބުވެރިކުރުވާ 2-އަދި އެކުދިން ކައިވެނިކުރުވާ 3- އަދި އެކުދިންނަށް ހެޔޮކޮށް ހިތައިފިނަމަ ފަހެ އެމީހަކަށްވަނީ ސުވަރުގެއެވެ." 📖 ސުނަނު އަބީ ދާވޫދު 📖 ފަހެ ތިބާގެ އަންހެން ދަރިން ކައިވެނިކުރުވުމުގައި ފަރުވާކުޑަކޮށް، ޢާއިލާއެއް ބިނާކޮށް ކައިވެންޏެއް ޤާއިމުކުރުން ދޫކޮށްފައި ކިޔެވުމާއި އެހެން މަޤްޞަދުތަކުގައި އެކުދިން މަޝްޣޫލުކުރުވުމާމެދު ތިބާ ނަމަނަމަ ސަމާލުވެ


”ބުއްދިވެރިޔާ ދައްކާ ވާހަކަތައް،
🌴 އިބްނު ޙިއްބާނު (354ހ) ވިދާޅުވިއެވެ: ”ބުއްދިވެރިޔާ ދައްކާ ވާހަކަތައް، ޞައްޙަކޮށް ސަލާމަތުންވާ ހަށިގަނޑެއް ސީދާވާހެން ސީދާވާނެއެވެ. އަނެއްކޮޅުން ޖާހިލުމީހާ ދައްކާ ވާހަކަތައް، ބަލިވެފައިވާ ހަށިގަނޑެއް އެގޮތްމިގޮތްވާހެން ފުށޫއަރާ އިދިކީލަވާނެއެވެ. އަދި ބުއްދިވެރިޔާގެ ބަސްތައް އެއީ ކިތަންމެ މަދު ބަސްތަކެއްވިޔަސް އޭގެ ޤަދަރު ބޮޑުވެގެންވެއެވެ. އެއީ ފާފަވެރިޔާގެ ކުރިމަތިލުން ކިތަންމެ ކުޑަކަމެއްވިޔަސް އޭގެ މުޞީބާތް ބޮޑުވެގެންވާ ގޮތަށެވެ. އަދި ބުއްދިވެރިކަމުގެ ތެރޭގައި: އެއްވެސް ކަ


”ނަފްސުގެ ކަންކަން ރާވާ ބެލެހެއްޓުމުގެ ތެރޭގައި: މަގުފުރެދިފައިވާ ބަޔަކުގެ ކިބައިގައިވާ މޮޅެތި ރިވެތި ކަންކަމަށް ބަލާ ވިސްނުން ދިގު ނުކުރުންވެއެވެ.
އެމީހުންގެ މަގުފުރެދުމާއި އެމޮޅެތި ކަންކަމާ ގުޅުމެއް ނުވެއެވެ. އެހެނީ ނަފްސަކީ ވަޒަންހަމަވާ އެއްޗެއް ނޫނެވެ. ނަފްސު ކަންކަން މަސްހުނިކޮށްލައެވެ. އެގޮތުން މީހަކު ބުރު ސޫރަ ރީތި ފުރިހަމަ، މުދާތައް ތަނަވަސްވެ، އެކަމަކު އެއާއެކު ޢަޤީދާއާއި ފިކުރު ފުރެދިގެންވާ މީހަކަށް ވެދާނެއެވެ. ދެން މިފަދަ މީހަކުގެ ރީތިކަމާއި އޭނާގެ މޮޅެތި ތަކެއްޗަށްޓަކައި ބެލުމަކީ: އޭނާގެ ޢަޤީދާއާއި ޤަބޫލުކުރާ ގޮތްތަކާއި ފިކުރުވެސް ނަފްސަށް ރަނގަޅުކޮށް ޖަރީކޮށްދޭ ކަމެކެވެ. އެއީ (ޙަޤީޤަތުގައި) އެ ދެކަންތަކުގެ ދ


އަހަރެންގެ ބައްޕަގެ ޙިމާރެއް ގެއްލުނެވެ.
🌱 ޖަޢުފަރު ބްނު މުޙައްމަދު (148ހ) ކިޔާދެއްވިއެވެ: ”އަހަރެންގެ ބައްޕަގެ ޙިމާރެއް ގެއްލުނެވެ. ދެން ބައްޕަ ވިދާޅުވިއެވެ: ”ﷲ ތަޢާލާ އަހަރެންނަށް އޭތި އަނބުރާ ރައްދުކުރައްވައިފިނަމަ ފަހެ އެކަލާނގެ ރުއްސަވާނޭ ޙަމްދުގެ ބަސްތަކަކުން އަހަރެން އެކަލާނގެއަށް ޙަމްދުކުރާހުށީމެވެ.“ ދެން މާ ގިނައިރެއް ނުވެ އޭގެ އަސްދާނުގޮނޑިއާއި ލަގަނާއި އެކީގައި އޭތި ގެނެވުނެވެ. ދެން އެކަލޭގެފާނު އެއަށް ސަވާރުވިއެވެ. އަދި އޭގެ މައްޗަށް ސީދާވިހިނދު، ހެދުން ބޮނޑިކޮށްލައްވާފައި، އުޑާއި ދިމާލަށް އިސްތަށިފުޅު


”އެމީހެއްގެ ވިސްނުން ރަނގަޅުވެ، އެކަމަކު މޫނުމަތީގެ ސޫރަ ހުތުރުވެއްޖެ މީހާ,
☘️ އިބްނު ޙިއްބާނު (354ހ) ވިދާޅުވިއެވެ: ”އެމީހެއްގެ ވިސްނުން ރަނގަޅުވެ، އެކަމަކު މޫނުމަތީގެ ސޫރަ ހުތުރުވެއްޖެ މީހާ, ފަހެ އޭނާގެ ނަފްސުގެ (ބުއްދިއާއި ވިސްނުމުގެ) ހެޔޮކަމުން އޭނާގެ މޫނުގެ ހުތުރުކަން ހަނދާން ނައްތާލައެވެ. އަނެއްކޮޅުން އެމީހަކުގެ މޫނުމަތި ރީތިވެ، އެކަމަކު ވިސްނުން ކޮށި ވެއްޖެނަމަ, އޭނާގެ ނަފްސުގެ އުނިކަމާހުރެ މޫނުމަތީގެ ހުރި ރީތިކަން ދާހުއްޓެވެ. އެހެންކަމުން ވިސްނުންތެރި މީހާގެ އަތުގައި އެއްޗެއް ނެތަސް ކަންބޮޑުވެ ހިތާމަކުރުމެއް ނެތެވެ. އެހެނީ ބުއްދިވެރިޔާއަށް ތަނ


”މީހަކަށް ލިބޭނެ އެންމެ ހެޔޮ ރަނގަޅުކަމަކީ ކޮބައިތޯއެވެ؟“
🪨 އިބްނުލް މުބާރަކު (181ހ) އަށް ދެންނެވުނެވެ: ”މީހަކަށް ލިބޭނެ އެންމެ ހެޔޮ ރަނގަޅުކަމަކީ ކޮބައިތޯއެވެ؟“ ވިދާޅުވިއެވެ: ”އޭނާގެ ކިބައިގައިވާ ފުރާ ފުރިހަމަ ބުއްދިއެވެ.“ ދެންނެވުނެވެ: ”އެގޮތަށް ލިބިގެންނުވިނަމަ ދެން ކޮން އެއްޗެއްތޯއެވެ؟“ ވިދާޅުވިއެވެ: ”ރިވެތި ރަނގަޅު އަދަބެކެވެ.“ ދެންނެވުނެވެ: ”އެކަން ނެތްނަމަ ދެން ކޮންކަމެއްތޯއެވެ؟“ ވިދާޅުވިއެވެ: ”އޭނާ މަޝްވަރާއަށް އަހާނޭ ރަނގަޅު ޞާލިޙު އަޚެކެވެ.“ ދެންނެވުނެވެ: ”އެގޮތަށް ނެތްނަމަ ދެން ކޮންކަމެއްތޯއެވެ؟“ ވިދާޅުވިއެވެ: ”ދިގުކޮށް


”ނަފްސަށް ހުށަހެޅޭ ވަޤުތީ ޞިފަތަކާއި އިޙްސާސްތަކުން ޠަބީޢަތަށް އަސަރުކުރުން:
ނަފްސަށް ހުށަހެޅިގެން އަންނަ އެކި ވައްތަރުގެ އިޙްސާސްތަކުގެ ބާރުމިން ހުރި މިންވަރަކުން އިންސާނާގެ ޠަބީޢަތަށް އަސަރުކުރެއެވެ... ދެން އެއަށްފަހު އެ ޠަބީޢަތުން ބުއްދިއަށް އަސަރުކުރެއެވެ... މިއަސަރުކުރުމުގެ އަޞްލުގެ ފެށުން އައި ގޮތަކީ: ޞައްޙަކޮށްވާ ޠަބީޢަތެއް ބަދަލުކޮށްލާ ގޮތަށް އައި ލޯބިވާކަހަލަ އިޙްސާސެކެވެ. ދެން އެ ޠަބީޢަތުން ބުއްދިއަށް އަސަރުކުރީއެވެ. ޝަރީޢަތުގައި ލޯބިވެވޭކަހަލަ އިޙްސާސްތައް ގެނައުން މަނައެއް ނުކުރެއެވެ. މިސާލަކަށް ބެލުމުގެ ލައްޒަތެވެ. އެކަމަކު ޝަރީޢަތުން އެއ


"މި ތަކެތި އުފުލާމީހާވެސް ބަކުރަށްވުރެ ފިޤުހުވެރިއެވެ."
🔅 ބަކްރު ބްނު ޢަބްދި ﷲ އަލްމުޒަނީ (108ހ) ކިޔާދެއްވިއެވެ: ”އަހަރެން އެއްފަހަރަކު ގެއިން ނިކުމެގެންދަނިކޮށް އެއްޗެހި އުފުލުމުގެ މަސައްކަތްކުރާ މީހަކާ ދިމާވިއެވެ. އޭނާގެ ސާމާނު އޭރު އުފުލަމުންދިޔައެވެ. އޭރު އޭނާ ކިޔަމުންދިޔައެވެ: «الْحَمْدُ لِله، أسْتَغْفِرُ الله» އެވެ. އެއަށްވުރެ އިތުރަށް އެއްޗެއް ނުކިޔައެވެ. ދެން އޭނާ ވަކިތަނަކަށް ދިޔައެވެ. ދެން އޭނާގެ ބުރަކަށީގައި ހުރި ސާމާނުތައް ބަހައްޓަންދެން އަހަރެން ހުރީމެވެ. ދެން ބުނެފީމެވެ: "މި ނޫން އެއްޗެއް ކިޔަން ތިބާއަށް ރަނގަޅަށް ނ


”ދެއްކުންތެރިކަމާއި އާފާތްތަކަށް ބިރުން ހެޔޮކަންތައް ކުރުން ދޫކޮށްލުމުގެ ބާބު ބަޔާންކުރުން:
🌴 އިބްނުލް ޖައުޒީ (597ހ) ވިދާޅުވިއެވެ: ”ދެއްކުންތެރިކަމާއި އާފާތްތަކަށް ބިރުން ހެޔޮކަންތައް ކުރުން ދޫކޮށްލުމުގެ ބާބު ބަޔާންކުރުން: ދަންނާށެވެ! މީސްތަކުންގެ ތެރޭގައި، ދެއްކުންތެރިއަކަށް ވެދާނޭކަމަށް ބިރުން ހެޔޮ ޢަމަލުކުރުން ދޫކޮށްލާ މީހުންވެއެވެ. އެއީ ގޯހެކެވެ. އަދި ޝައިޠާނާއަށް ވެވޭ އެއްބަސްވުމެކެވެ. އެކަމަކު އޭގައި އަހަރުމެން ތަފްޞީލުކޮށް ބުނަމެވެ. ހެޔޮކަންތައް ބެހިގެންދަނީ: 🔹ސީދާ އެކަމުގައި (ދުނިޔަވީ) ލައްޒަތެއް ނެތް ކަންކަމެވެ. މިސާލަކަށް ނަމާދާއި، ރޯދައާއި، ޙައްޖާއި، ހަ


”އާދައިގެ ކުދި ކަންކަމުގައި މާބޮޑަށް ދިގުކޮށް ވިސްނުން:
އެކަމެއްގައި އެހާ ދިގުކޮށް ވިސްނުން ޙައްޤުނުވާ ކަންކަމުގައި މާބޮޑަށް ވިސްނުމަކީ ބައްޔެކެވެ. ފަހަރެއްގައި މިހެންވަނީ މުހިއްމު ކަންކަމާއި އަދި މުހިއްމު ނޫންކަންކަމާމެދުވެސް މާބޮޑަށް ސަމާލުވެގެން ހުށިޔާރުވެގެން އުޅޭ ބައެއް ނަފްސުތަކުގެ ސަބަބުން ބުއްދިއަށް ކުރާ އަސަރުންކަމުގައި ވެދާނެއެވެ. އެފަދަ ކަންކަމާމެދު ވިސްނާ ފިކުރުކުރުން މާބޮޑަށް ދިގުލައިފިނަމަ, ފުރިހަމަ ކުރުން ޙައްޤުވާ ކަންކަން ފުރިހަމަކުރުން މަނާކުރާ ކަމެއްކަމުގައި: ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، ދިމާވެދާނޭ ގޮތ
bottom of page



