top of page
Featured Posts

އެކަމުގެ ސަބަބުން އަހަރުމެންނަށް ހެޔޮކަމެއް އިތުރުވެ، އަދި އެބައިމީހުނަށް ފާފައެއް އިތުރުވާނެ ފަދަ ކ



ތާބިޢީންގެ ތެރެއިންވި ތަޤްވާވެރި ބޭކަލެއްކަމުގައިވި އިބްރާހީމް އައްނަޚައީ އަކީ އެއްލޯ ފަން ބޭކަލެކެވެ. އެކަލޭގެފާނުގެ ދަރިވަރެއްކަމުގައި ސުލައިމާން ބިން މަހްރާން ނަމަކަށް ކިޔުނު ބޭކަލަކު ވިއެވެ. މިކަލޭގެފާނަކީ ވެސް ރޭގަނޑުގަޑީގައި ލޮލުގެ ފެނުން ބަލިކަށި ބޭކަލެކެވެ.

އެއްދުވަހެއްގައި މި ދެބޭކަލުން އެކީގައި މިސްކިތާ ދިމާލަށް މިސްރާބުޖެހިއެވެ. އެވަގުތު އައްނަޚައީ އެކަލޭގެފާނުގެ ދަރިވަރަށް ވިދާޅުވިއެވެ. ”އޭ ސުލައިމާނެވެ! ތިބާ މިސްކިތަށް ދިއުމަށްޓަކައި އެހެން މަގެއް ޚިޔާރުކުރާށެވެ. ދެމީހުން ތަފާތު ދެމަގު ޚިޔާރުކުރާނީއެވެ.


މީސްތަކުންގެ ތެރޭގައި ބަލިކަށި ވިސްނުމުގެ އަހުލުވެރިންތަކެއްވެއެވެ. އަދި އެފަދަ މީހުންނަށް ތިމަންމެން ދެމީހުން އެއް މަގަކުންދާ މަންޒަރު ފެނިއްޖެ ނަމަ އެހެރަ ދަނީ އެއްލޯ ފަން މީހަކު ލޮލުގެ ފެނުން ބަލިކަށި މީހަކާއި އެކު އޭ މިފަދައިން އަހުރެމެންނާ ދިމާލަށް ބުނެފާނެތީ އަހުރެން ބިރުގަންނަމެވެ. އަދި އަހަރުމެންނާއި ދިމާލަށް ޢީބަ ބުނެ އެމީހުން ފާފައެއް ހޯދައިގަނެފާނެކަމަށްޓަކައެވެ.“


އެހިނދު އެކަލޭގެފާނުގެ ދަރިވަރު ވިދާޅުވިއެވެ: ”އެކަމުގެ ސަބަބުން އަހަރުމެންނަށް ހެޔޮކަމެއް އިތުރުވެ އަދި އެބައިމީހުނަށް ފާފައެއް އިތުރުވާނެ ފަދަ ކަމަކާއިމެދު ތިބާ ކަންބޮޑު ވަނީ ފަހެ ކީއްވެ ހެއްޔެވެ؟“ އައްނަޚައީ ޖަވާބުގައި ވިދާޅުވި އެވެ. ސުބްޙާނަ ﷲ އެވެ.


އަހަރުމެނަށް ހެޔޮކަމެއް އިތުރުވުމަށް ވުރެ އަދި އެމީހުންގެ މައްޗަށް ފާފައެއް އިތުރުވުމަށް ވުރެން، އެފަދަކަމަކުން ރައްކާތެރިވެ ދުރުވެ ތިބުން އަހަރުމެންނަށް އަދި އެމީހުންނަށް ވެސް މާ ހެޔޮކަން ބޮޑުވެގެންވެއެވެ.

24 އޮކްޓޯބަރ 2010 (އާދީއްތަ)

www.click4islam.com


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page