top of page
Featured Posts

”ނަފްސުގައި ޝަހުވަތަކަށް ދެވިފައިވާ އަގުވަނީ އެޝަހުވަތް ޙާޞިލުކުރުމުގެ މަގު އުނދަގޫވެގެންވާ މިންވަރެއްގެ މައްޗަށެވެ:

  • --
  • Apr 27
  • 1 min read

ގިނަފަހަރު، ވަކި ޝަހުވަތެއް ހޯދޭނެ ގޮތް އުނދަގޫވެގެންވާނަމަ، އަދި އެޝަހުވަތެއް ފުދުން ދުރުވެގެންވާނަމަ, ހޯދުން ފަސޭހަ އަދި ނިމުން ކައިރީގައިވާ ޝަހުވަތަކަށްވުރެ ނަފްސު އޭގައި މާބޮޑަށް އެލިގެންވެއެވެ.

އެއީ ކައިރީގައި ފަސޭހައިން ލިބެން އޮތް ޝަހުވަތުގެ ލައްޒަތާއި އަރާމު ބޮޑުވެގެންވިޔަސްމެއެވެ.


އެހެނީ ނަފްސު ދެކެނީ ވަކި އެއްޗެއް ވުޖޫދުވުން ނާދިރުވެ އަދި އެހޯދުންވެސް އުނދަގޫވެގެންވުމަކީ އެ އެއްޗެއް އަގުބޮޑުވެގެންވާކަމަށްވާ ދަލީލެއްގެ ގޮތުގައިއެވެ.


މިހެންވެ ތިމާގެ ގާތަށް ކުރިމަތިލައިގެން އަންނަ ޝަހުވަތަށްވުރެ ތިމާއާ ދުރަށް ފުރަގަސްދީގެން ދާ ޝަހުވަތަށް ނަފްސު މާ ލޯބިކުރެއެވެ.


އެހެނީ އެހެން މީހުންނަށް ޙާޞިލުނުވާ ކަމެއް ތިމާއަށް ޙާޞިލުވުމުގެ ކުޅަދާނަކަން ހޯދައިގެން އެކަން ފުއްދުމަށް ނަފްސު ޝައުޤުވެރިވެގެންވެއެވެ.

މިކަމުގެ ސަބަބުން އެހެން ނަފްސުތަކަށް ނުލިބޭ ފުރިހަމަކަމަކާއި ޚާއްޞަކަމެއް އެނަފްސަށް ލިބޭތީއެވެ.


މިއީ މާއްދީ ކަންތަކުގައިވެސް ކައުނުގައި ޢާއްމުކޮށް ކަންތައް ހިނގާ އުޞޫލެވެ.

އެގޮތުން ނުލިބޭ ނާދިރު ޖަވާހިރުތަކަކީ އެންމެ އަގުބޮޑު ތަކެތިކަމުގައިވެއެވެ.“


- ޝެއިޚު ޠަރީފީ -


📖 އަލްފަޞްލު ބައިނައް ނަފްސި ވަލްޢަޤްލު 📖


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page