ޢުމްރާ އަދާކުރުމަށް އެންމެ މޮޅު އިތުރު ވަޤުތު:
- --
- Apr 24
- 1 min read

▪️”އެންމެ ރާޖިޙު ގޮތަކީ: ޢުމްރާ އަދާކުރުމަށް އެންމެ މޮޅު އިތުރުވެގެންވާ ދުވަސްވަރަކީ ޙައްޖު މަސްތަކުގައި ކަމެވެ. އަދި އެއިންވެސް މޮޅު އިތުރުވެގެންވަނީ ޛުލް ޤަޢިދާ މަހުގައެވެ..
އަދި އެންމެ ޞައްޙަ ބުނުމުގެ މައްޗަށް، އެމަހުގައި ކުރާ ޢުމްރާ، ރަމަޟާންމަހު ކުރާ ޢުމްރާއަށްވުރެވެސް ހެޔޮވެގެންވެއެވެ.
އެހެނީ ނަބިއްޔާ صلى الله عليه وسلم ކުރެއްވި ހުރިހާ ޢުމްރާއެއް ކުރެއްވީވެސް އެދުވަސްވަރުގައެވެ.“
▪️”ނަބިއްޔާ صلى الله عليه وسلم ހަތަރު ޢުމްރާ ކުރެއްވިއެވެ. އެހުރިހާ ޢުމްރާއެއްވެސް ކުރެއްވީ ޙައްޖު މަސްތަކުގައެވެ. ތިން ޢުމްރާ ޛުލް ޤަޢިދާ މަހުގައެވެ.
އަދި ޙަދީޘްގައިވާ: "ރަމަޟާންމަހު ކުރާ ޢުމްރާ ޙައްޖަކާ އެއްވަރެވެ." މިއީ ޚާއްޞަ މާތްކަމެކެވެ. އެހެން މައްސަރުތަކުގެ ޢުމްރާއަށްވުރެ މާތްކުރުމެއް ނޫނެވެ.
ތަބަޢަވެގެންވާގޮތަށް ފުލުފުލުން ވަކި ޢަމަލެއް (ނަބިއްޔާ صلى الله عليه وسلم) ކުރެއްވުން، އެކަލޭގެފާނު ޢަމަލު ނުކުރައްވާ ބަސްފުޅަކަށްވުރެ މާވަރުގަދަކަން ބޮޑެވެ.“
-ޝެއިޚު ޠަރީފީ-



































































































