top of page
Featured Posts

ތިބާގެ ބައްޕައަށްވުރެ ބުއްދިއާއި ވިސްނުން ފުރިހަމަ މީހެއް އަހަރެން ނުދެކެމެވެ.

  • --
  • 1 day ago
  • 1 min read

🌴 ރަޖާއު ބްނު ޙައިވާ (112ހ) ، ޚަލީފާ ޢުމަރު ބްނު ޢަބްދުލް ޢަޒީޒު (101ހ) ގެ ދަރިކަލުންނަށް ވިދާޅުވިއެވެ:


”ތިބާގެ ބައްޕައަށްވުރެ ބުއްދިއާއި ވިސްނުން ފުރިހަމަ މީހެއް އަހަރެން ނުދެކެމެވެ.


އެއް ރެޔަކު އަހަރެން އެކަލޭގެފާނާއެކު ރޭދަންވަންދެން ވާހަކަދައްކަން އިނީމެވެ. ދެން ފުޅިބައްތި ނިވެންފެށިއެވެ.


ދެން އެކަލޭގެފާނު ވިދާޅުވިއެވެ:

"އޭ ރަޖާއުއެވެ! ބައްތި މިހިރަ ނިވުނީއެވެ."


އޭރު އަހަރުމެންނާ ޖެހިގެން އެކަލޭގެފާނުގެ އަޅުކުއްޖެއް ނިދާފައި އޮތެވެ. ދެން އަހަރެން ބުނެފީމެވެ:


"މިކުއްޖާ ހޭލައްވަންހެއްޔެވެ؟"


ވިދާޅުވިއެވެ:

"އޭނާ އެ ނިދީއެވެ.

(އަނެއް ރިވާޔަތުގައި: އެކުއްޖާ ދުވާލު މަސައްކަތު އުޅެފައި އެ ނިދުނީ ހަމަ ދެންމެއެވެ.")


ދެން އަހަރެން ބުނެފީމެވެ:

"އަހަރެން ތެދުވެގެންގޮސް ބައްތި ރަނގަޅުކޮށްލަން ހެއްޔެވެ؟"


ވިދާޅުވިއެވެ:

"މެހުމާނު މީހާ ލައްވާ ކަންކަން ކުރުވުމަކީ މުރޫއަތްތެރިކަމުގެ ތެރެއިންވާ ކަމެއް ނޫނެވެ." 


ދެން އެކަލޭގެފާނުގެ ފޮށާކޮޅު ބަހައްޓަވާފައި ތެދުވެވަޑައިގެން ގޮސް، ބައްތިގެ ފީތާ ނަންގަވާ، ކަންވާރެއް ހުޅުއްވާ އެއިން ތެޔޮ އެޅުއްވިއެވެ.


ދެން އަނބުރާ ވަޑައިގެން ވިދާޅުވިއެވެ:


"އަހަރެން ތެދުވިއިރު އަހަރެންނަކީ ޢުމަރު ބްނު ޢަބްދުލް ޢަޒީޒުއެވެ.

އެނބުރި އައިރުވެސް ހަމަ އަހަރެންނަކީ ޢުމަރު ބްނު ޢަބްދުލް ޢަޒީޒުއެވެ." “

📚 އައްޒުހްދު ލިއަޙްމަދު، އަލްމަޢުރިފާ ވައްތާރީޚު 📚

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page