އަމިއްލަ ނަފްސު މޮޅުކޮށް ރަނގަޅުކުރުމުން ދުރުވެ ހިތްތިރިކުރުން:
- --
- 37 minutes ago
- 1 min read

ބަކްރު ބްނު ޢަބްދި ﷲ އަލްމުޒަނީ (108ހ) ވިދާޅުވިއެވެ:
”ތިބާއަށް ވުރެ ދޮށި މީހަކު ފެނިއްޖެނަމަ ބުނާށެވެ:
"މީނާ އީމާންކަމާއި ޞާލިޙު ޢަމަލުގައި އަހަރެންނަށްވުރެ ކުރިއަރާދިޔައެވެ. މީނާ އަހަރެންނަށްވުރެ ހެޔޮވެގެންވެއެވެ."
ތިބާއަށްވުރެ ހަގު މީހަކު ފެނިއްޖެނަމަ ބުނާށެވެ:
"އަހަރެންވަނީ ފާފަތަކާއި އުރެދުންތަކަށް އޭނާއަށްވުރެ ކުރިއަރާ ގޮސްފައިއެވެ. އެހެންވީމާ އޭނާ އަހަރެންނަށްވުރެ މާ ރަނގަޅެވެ."
ފަހެ ތިބާއަށްވުރެ ބޮޑު ނުވަތަ ކުޑަ މީހެއް ނޫނީ މީހަކު ނުފެންނާނެއެވެ.
އަދި ތިބާގެ އަޚުންނާއި އެކުވެރިން ތިބާއަށް ކަމޭހިތާތަން ނުވަތަ ޤަދަރުކޮށް ގުޅުންދަމަހައްޓާތަން ފެނިއްޖެނަމަ ބުނާށެވެ:
"މިއީ އެމީހުން އިތުރަށް ހިފި ހެޔޮ ރަނގަޅު ކަމެކެވެ."
[
(އެހެން ރިވާޔަތެއްގައި: ބުނާށެވެ: މިއީ ޘަވާބެއްގެ ގޮތުގައި ލިބުނު ނިޢުމަތެކެވެ.)
އެމީހުންގެ ފުށުން ފަރުވާކުޑަކަމެއް ފެނިއްޖެނަމަ ބުނާށެވެ:
"މިއީ އަހަރެން ކުރި ފާފައަކާ ހެދިއެވެ." “
📚 އަލްމުދާރާތު ލިއިބްނު އަބިއް ދުންޔާ، ޢުޔޫނުލް އަޚްބާރު، ޙިލްޔަތުލް އައުލިޔާ، އަލްމުޖާލަސާ ވަޖަވާހިރުލް ޢިލްމު 📚





















































































