top of page
Featured Posts

1 އޭޕްރީލް، އީރާން ހަނގުރާމަ / 33 ވަނަ ދުވަހުގެ ޚުލާސާ:


🇮🇷🇮🇱 -

އީރާން އަދި އިޒްރޭލު: އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އިޒްރޭލުގެ މެދުތެރޭގެ ސަރަހައްދުތަކަށް އީރާނުން ދިން މިސައިލް ހަމަލާތަކެއްގައި 14 މީހަކު ވަނީ ޒަޚަމްވެފައެވެ.


🇬🇧🇮🇶 -

އިނގިރޭސިވިލާތް އަދި އިރާގު: އިރާގުގެ ކުރުދިސްތާނުގެ އަރުބީލްގައި ހުންނަ އިނގިރޭސި ކާސްޓްރޯލް ތެޔޮ ގުދަންތަކަށް ޑްރޯން ހަމަލާއެއްދީ، އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.


🇮🇷🇮🇱 -

އީރާން އަދި އިޒްރޭލު: މިއަދު ހެނދުނު އެކަނިވެސް އީރާނުން އިޒްރޭލަށް އަމާޒުކޮށް 9 މިސައިލް ފޮނުވާލާފައިވާއިރު، އޭގެ ތެރެއިން މަދުވެގެން 3 މިސައިލަކީ ކްލަސްޓަރ (ބޮންބްލެޓް އެކުލެވޭ) މިސައިލެވެ.


🇱🇧🇮🇱 -

ލުބުނާން އަދި އިޒްރޭލު: ފާއިތުވި 12 ގަޑިއިރު ތެރޭގައި ހިޒްބުالله އިން ވަނީ ލުބުނާނުގެ ދެކުނު އިރުމަތީގެ ހޭމް އަދި ގަންތަރާ ސަރަހައްދުގައި ރައްދު ހަމަލާތަކެއް ދީފައެވެ. ހިޒްބުالله އިން ވަނީ ހޭމްގެ އުތުރު ސަރަހައްދު އަލުން އެޖަމާއަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ. އަދި ގަންތަރާގެ މެދުތެރޭގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.


🇱🇧🇮🇱 -

ލުބުނާން އަދި އިޒްރޭލު: އިޒްރޭލު ސިފައިން ހާމަކުރި ގޮތުގައި، ފާއިތުވި 24 ގަޑިއިރު ތެރޭގައި ދެކުނު ލުބުނާނުގައި ހިޒްބުالله އާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އިޒްރޭލުގެ 48 ސިފައިން ވަނީ ޒަޚަމްވެފައެވެ.


🇱🇧🇮🇱 -

ލުބުނާން އަދި އިޒްރޭލު: އިޒްރޭލުގެ ހާރެޓްޒް ނޫހުން ބުނާ ގޮތުގައި އިޒްރޭލު ސިފައިންނަށް ދެކުނު ލުބުނާނުގައި ހަރަކާތްތެރިވުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވަމުންދާއިރު، ކުރީގެ ކުރިމަތިލުންތަކާ އަޅާބަލާއިރު މިފަހަރު އެ ސިފައިންގެ ވަސީލަތްތައް މަދެވެ.


🇺🇸🇪🇺 -

އެމެރިކާ އަދި ޔޫރަޕް: ނޭޓޯ (NATO) އިއްތިހާދުން އެމެރިކާ ވަކިވުމާ މެދު ޑޮނަލްޑް ޓްރަމްޕް ވަރަށް ސީރިއަސްކޮށް ވިސްނަވަމުންދާ ކަމަށް 'ދަ ޓެލެގްރާފް' ނޫހަށް ދިން ބަޔާނެއްގައި ބުނެފައިވެއެވެ.


🇫🇷🛢 -

ފްރާންސް: ފްރާންސްގައި އާންމުކޮށް ކާރުތަކަށް ބޭނުންކުރާ ތެލުގެ އަގު މިހާރު ވަނީ އެވްރެޖްކޮށް ލިޓަރަކަށް 2 ޔޫރޯއަށް އުފުލިފައެވެ.


🇺🇸🇬🇧🇮🇷 -

އެމެރިކާ، އިނގިރޭސިވިލާތް އަދި އީރާން: އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ ބުނީ މިއީ އެ ގައުމުގެ ހަނގުރާމައެއް ނޫން ކަމަށާއި، މި ހަމަނުޖެހުމުގެ ތެރެއަށް އިނގިރޭސިވިލާތް ނުވަންނާނެ ކަމަށެވެ. އެއީ ގައުމީ މަސްލަހަތު އޮތް ގޮތެއް ނޫން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.


🇺🇸🇺🇦🇮🇷 -

އެމެރިކާ، ޔޫކްރެއިން އަދި އީރާން: 'ފައިނޭންޝަލް ޓައިމްސް' އިން ރިޕޯޓްކުރާ ގޮތުގައި، ހޯރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ބާރުއެޅުމުގެ ގޮތުން އުފައްދާ ކޯލިޝަނާ ޔޫރަޕްގެ ގައުމުތަކުން ބައިވެރިނުވާނަމަ، ޔޫކްރެއިނަށް ބޭނުންވާ ހަތިޔާރު ވިއްކުން ހުއްޓާލާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދީފައެވެ. ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓާ ވަނީ ޓްރަމްޕްގެ މި ވާހަކަތަކަކީ ބޯހަމަނުޖެހޭ ވާހަކަތަކެއްގެ ގޮތުގައި ސިފަކޮއްފައެވެ.


🇮🇷🇮🇱🇺🇸 -

އީރާން، އިޒްރޭލު އަދި އެމެރިކާ: އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން، އެމެރިކާގެ ރައްޔިތުންނަށް ފޮނުއްވި ސިޓީއެއްގައި ބުނީ، ކުރީގެ އެއްބަސްވުންތަކާ ޚިލާފުވެ މަސްރަހު ގޯސްކުރީ އެމެރިކާއިން ކަމަށެވެ. އަދި މީޑިއާގެ ޚަބަރުތަކަށްވުރެ ބޮޑަށް ހަގީގަތަށް ބެލުމަށާއި، ހަމަނުޖެހުމުގެ ބަދަލުގައި މަޝްވަރާއަށް އިސްކަންދިނުމަށް އޭނާ ގޮވާލިއެވެ.


🇺🇸🇮🇷 -

އެމެރިކާ އަދި އީރާން: 'ނިއުޔޯކް ޓައިމްސް' އިން ބުނާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް މުހިންމު މަޝްވަރާއެއްގައި ބައިވެރިވުމަށް އީރާނުން މިވަގުތު ބޭނުމެއް ނުވެއެވެ. އެ ގައުމުން ގަބޫލުކުރާ ގޮތުގައި ހަނގުރާމައިގައި މިހާރު ކުރިލިބިފައިވަނީ އީރާނަށެވެ.


🇮🇷 -

އީރާން: އީރާނުގެ މެހެރް ނިއުސް އިން ބުނާ ގޮތުގައި، ހޯރްމޫޒް ކަނޑުއޮޅި ސަރަހައްދުގައި އީރާނުގެ ހުއްދައަކަށް އެދި 400 އެއްހާ މުދާ އުފުލާ ބޯޓު މިހާރުވެސް މަޑުކޮށްގެން އެބައޮތެވެ.


🇮🇷🇺🇸 -

އީރާން އަދި އެމެރިކާ: އީރާނުގެ އިސް މަސްދަރަކުން ރޮއިޓާސް އަށް މައުލޫމާތު ދިން ގޮތުގައި، ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން މެދުވެރިއަކު މެދުވެރިކޮށްވެސް އެއްވެސް މަޝްވަރާއެއް މިހާތަނަށް ކުރެވިފައެއް ނުވެއެވެ.


🇺🇸🇮🇷 -

އެމެރިކާ އަދި އީރާން:  ޓްރަމްޕް ބުނީ ހަނގުރާމަ މިހާރު އޮތީ ނިމުމަކާ ގާތްވެފައި ކަމަށާއި، ނަމަވެސް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށެވެ.

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page