31 މާރިޗު،އީރާނު ހަނގުރާމައިގެ ޚުލާސާ / 32 ވަނަ ދުވަސް:
- haqqubooks

- Apr 1
- 2 min read
🇱🇧🇮🇱 -
ލުބުނާނުގެ ދެކުނުގައި އޮންނަ ބިންތު ޖުބައިލް ސަރަހައްދުގައި ހިޒްބުالله އާއި އިސްރާއީލު ސިފައިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ދަނީ ހިނގަމުންނެވެ. އިސްރާއީލު ސިފައިން ދަނީ ބިންތު ޖުބައިލް ވަށާލުމަށް މަސައްކަތް ކުރަމުންނެވެ. އައިނާތާގެ އުތުރަށް ކުރިއެރުމަށް އިސްރާއީލުން ކުރި މަސައްކަތް ނާކާމިޔާބުވެ، އެ ސިފައިން މިހާރު ވަނީ އައިތަރޫންގެ އުތުރުގައި އޮންނަ ފުޓުބޯޅަ ދަނޑާ ހަމައަށް ފަހަތަށް ޖެހިފައެވެ. އަދި ޔާރޫންގެ ހުޅަނގުގައި ވެސް ވަރުގަދަ ހަމަލާ ބަދަލުކުރުންތަކެއް ދަނީ ހިނގަމުންނެވެ. ބައެއް މީޑިއާތަކުން އެ ސަރަހައްދަކީ އިސްރާއީލުގެ ކޮންޓްރޯލްގެ ދަށުގައި އޮތް ތަނެއް ކަމަށް ބުނި ނަމަވެސް، ހިޒްބުالله ގެ ފައުޖުތައް އަދިވެސް އެންމެ ދެކުނުގައި ހަރަކާތްތެރިވަމުންދާކަން މި ކުރިމަތިލުންތަކުން ކަށަވަރުވެއެވެ. މިއަދު ހެނދުނު ބައިތު ލީފަށް ވަންނަން އުޅުނު އިސްރާއީލުގެ އަސްކަރީ ޔުނިޓަކަށް ހިޒްބުالله އިން ވަނީ ކުއްލި ހަމަލާއެއް (އެމްބުޝް) ދީފައެވެ.
🇫🇷🇮🇱 -
އިސްރާއީލުން ފަރަންސޭސިވިލާތަށް ކުރާ ތުހުމަތަކީ، ތަލް އަބީބުގެ ސިޔާސަތުތަކާ މެދު ފަރަންސޭސިވިލާތުން ގެންގުޅެނީ ދެކޮޅުވެރި އުސޫލެއް ކަމަށެވެ. އެހެންކަމުން، ފަރަންސޭސިވިލާތަކީ އަސްކަރީ ގޮތުން އިތުބާރު ކުރެވޭ ބައިވެރިއެއް ނޫން ކަމަށް ބަލައި، އެ ގައުމުން އަސްކަރީ އެއްވެސް ސާމާނެއް ނުގަތުމަށް އިސްރާއީލުން ވަނީ ނިންމާފައެވެ.
🇺🇸🇮🇹🇮🇷 -
އިޓަލީވިލާތުން ވެސް ސްޕެއިންގެ ފިޔަވަޅާ އެއްގޮތަށް، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެމެރިކާއިން ބޭނުންކުރާ ސިގޮނެއްލާ އެއާ ބޭސް އަދި ނޭވީ އިންސްޓަލޭޝަން ބޭނުންކުރުން ހުއްޓުވައިފިއެވެ. އިޓަލީގެ 'ކޯރިއޭރޭ' ނޫހުން ރިޕޯޓްކުރާ ގޮތުގައި، މި ނިންމުން ނިންމާފައިވަނީ އެ ގައުމުގެ ޑިފެންސް މިނިސްޓަރު ގުއިޑޯ ކްރޮސެޓޯއެވެ.
🇫🇷🇺🇳🇮🇱 -
ފަރަންސޭސި ޚާރިޖިއްޔާއިން ހާމަކުރި ގޮތުގައި، ލުބުނާނުގެ ދެކުނުގައި ދަތުރުކުރި އދ. ގެ ޔުނިފިލް (UNIFIL) ގާފިލާއަކަށް އިސްރާއީލުގެ އެއްގަމު ސިފައިން ވަނީ ހަމަލާދީފައެވެ.
🇺🇸🇵🇱 -
މެދުއިރުމަތީގައި ބޭނުންކުރުމަށްޓަކައި ޕޮލެންޑުގެ 'ޕެޓްރިއަޓް' މިސައިލް ދިފާއީ ނިޒާމެއް ފޮނުވުމަށް އެމެރިކާއިން އެދިފައިވީ ނަމަވެސް، ޕޮލެންޑުން އެކަމަށް އިންކާރުކޮށްފައިވާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓަރު ވްލަޑިސްލާވް ކޮސިނިއަކް-ކާމިޝް ބުނެފިއެވެ.
🇨🇦🇱🇧🇮🇱 -
ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވަނީ އިސްރާއީލުން ލުބުނާނަށް އަރައިގަނެފައިވަނީ ޣައިރު ގާނޫނީ ގޮތެއްގައި ކަމަށް ބުނެ، އެކަން ކުށްވެރިކޮއްފައެވެ.
🇺🇸🇮🇷 -
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (IRGC) އިން ވަނީ އެމެރިކާގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތައް ކަމަށްވާ ގޫގުލް، އެޕަލް، އިންޓެލް، ޓެސްލާ އަދި އެހެނިހެން ކުންފުނިތަކަށް އިންޒާރު ދީފައެވެ. އީރާނުން ތުހުމަތުކުރާ ގޮތުގައި މި ކުންފުނިތަކަކީ އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭ ހަމަލާތަކުގައި އެހީތެރިވާ ފަރާތްތަކެވެ. އަދި އަންގާރަ ދުވަހުގެ ރޭ ތެހެރާން ގަޑިން 8:00 ގައި މި ކުންފުނިތަކަށް ހަމަލާދޭން ފަށާނެ ކަމަށް ބުނެ، އެތަންތަނުގެ މުވައްޒަފުންނަށް ވަނީ އިންޒާރު ދީފައެވެ.
🇱🇧🇮🇱 -
ލުބުނާނުގެ ދެކުނުގައި އޮންނަ ރަޝާފް އަވަށަށް އަރައިގަތުމަށް އިސްރާއީލުން ކުރި މަސައްކަތް ހިޒްބުالله އިން ވަނީ ނާކާމިޔާބުކޮށްލާފައެވެ. މި ކުރިމަތިލުމުގައި އިސްރާއީލުގެ 'މަރުކާވާ' ޓޭންކެއް ވަނީ ގޮއްވާލާފައެވެ.
🇺🇸🇮🇷 -
ސީ.އެން.އެން އިން ރިޕޯޓްކުރާ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލެވޭނެ ކަމުގެ ޔަގީންކަމެއް ނެތި، ހަނގުރާމަ ނިމުނުކަން އިއުލާން ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ޓްރަމްޕާއި އޭނަގެ ސަރުކާރަށް މިހާރު ގަބޫލުކުރެވެއެވެ.
🇺🇸🇮🇷 -
އީރާނުގެ މައްސަލައިގައި ޓްރަމްޕް އެޕްރީލް 1 ވަނަ ދުވަހުގެ ރޭ (އެމެރިކާ ގަޑިން 9:00 ގައި) ގައުމާ މުޚާތަބު ކުރާނެކަމަށްވެއެވެ.
🇮🇷🇶🇦 -
ގަތަރުގެ ދޯހާގެ އުތުރުން 17 މޭލު ދުރުގައި އޮތް ތެޔޮ އުފުލާ އުޅަނދަކަށް މިސައިލް ހަމަލާއެއް އަރައި، ބޯޓަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
🇺🇸🇮🇷🇧🇭 -
ބަހްރޭނުގައި ހުންނަ އެ ގައުމުގެ އެންމެ ބޮޑު ޓެލެކޮމިއުނިކޭޝަން ކުންފުނި ކަމަށްވާ 'ބަޓެލްކޯ' ގެ ހެޑްކުއާޓާސްއަށް އީރާނުގެ މިސައިލް ހަމަލާތަކެއް ވަނީ އަމާޒުވެފައެވެ. މިއީ އެމެރިކާގެ ކުންފުނިތަކަށް ހަމަލާދޭނެ ކަމަށް އީރާނުން ބުނި ފަހުން ދިން މިފަދަ ފުރަތަމަ ހަމަލާއެވެ.






















































































