top of page
Featured Posts

މާރިޗު 25، އީރާނު ހަނގުރާމަ /  26 ވަނަ ދުވަހުގެ ޚުލާސާ:


🇺🇸🇮🇷 -

އީރާނުގެ މަރުކަޒީ އަސްކަރީ ކޮމާންޑް "ޚާތަމް އަލް-އަންބިޔާ" އިން ބުނި ގޮތުގައި އެމެރިކާއިން މަޝްވަރާ ކުރަމުންދަނީ އަމިއްލަ ނަފްސާއެވެ. އަދި އިތުރަށް ބުނެފައިވަނީ: "އަހަރެމެން ފަދަ ބަޔަކު ތިޔަފަދަ ބަޔަކާއެކު އެއްބަސްވުމަކަށް ނާންނާނެ—މިހާރަކު ނޫން، އަދި ދުވަހަކުވެސް.."


🇺🇸🇮🇷 -

އީރާނުގެ "ޚަރްގް" ރަށުގައި އެމެރިކާގެ ހަމަލާއަކަށް ތައްޔާރުވެގެން ތިބި އީރާނު ސިފައިންގެ ފޮޓޯތަކެއް ވަނީ އާންމުވެފައެވެ. މީގެ ތެރޭގައި އެއްފަހަރު ބޭނުންކުރެވޭ "އެފް.ޕީ.ވީ" (FPV) ޑްރޯންތައް ފެންނަން ހުއްޓެވެ.


🇨🇳 -

ޗައިނާގެ ކަނޑުދަތުރުފަތުރުކުރާ ކުންފުނި "ކޮސްކޯ" (Cosco) އިން ޔޫ.އޭ.އީ، ސައުދީ އަރަބިއްޔާ، ބަހްރައިން، ގަތަރު، ކުވެއިތު އަދި އިރާގަށް ދަތުރުތައް އަލުން ފަށާނެއެވެ. ބެލެވޭ ގޮތުގައި އީރާނުން ދަނީ ޗައިނާގެ އުޅަނދުތަކަށް ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ދެމުންނެވެ.


🇺🇸🇮🇷 -

ޕާކިސްތާނުގައި ހުންނަ އީރާނުގެ ސަފީރު ވަނީ މިވަގުތު އެމެރިކާއާއި އީރާނާ ދެމެދު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާކަން ކަށަވަރުކޮށްދީފައެވެ.


🇺🇸🇮🇷🇮🇱 -

"މި ސަރަހައްދުގައި އެމެރިކާއިން ހިންގާ ހުރިހާ އަސްކަރީ ހަރަކާތްތަކެއް، ޚާއްސަކޮށް ސިފައިން ޖަމާކުރުން އަހަރެމެން މިދަނީ ވަރަށް ގާތުން ބަލަމުން. ޖެނެރަލުންނަށް ހަލާކުކޮށްލެވުނު ކަންކަން ސިފައިންނަކަށް ރަނގަޅެއް ނުކުރެވޭނެ. އޭގެ ބަދަލުގައި އެމީހުން ވެގެންދާނީ ނަތަންޔާހޫގެ ވަހުމްތަކުގެ ޝިކާރައަކަށް. އަހަރެމެންގެ ބިން ދިފާއުކުރުމަށް އޮތް އަޒުމް އިމްތިހާން ނުކުރާތި." - އީރާނު މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ޤާލީބާފް.


🇺🇸🇮🇷 -

"އެކްސިއޯސް" އަދި އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، އެމެރިކާގެ 15 ނުކުތާގެ ޕްލޭން އީރާނުން ވަނީ ބޭރުކޮށްލާފައެވެ.


🇮🇷 -

"ކާން ނިއުސް" އިން ބުނާ ގޮތުގައި އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީ ދުނިޔޭގައި އެބަހުރި ކަމަށާއި، ފާއިތުވި ދުވަސްތަކުގައި ގައުމުގެ މުހިންމު ނިންމުންތަކުގައި އޭނާ ބައިވެރިވެފައިވެއެވެ.


🇺🇸🇮🇷 -

އީރާނުގެ ދެކުނުއިރުމަތީ ސަރަހައްދުން ދަތުރުކުރި އެމެރިކާގެ "އެފް/އޭ-18އެފް ސުޕަ ހޯނެޓް" މަތިންދާބޯޓަކަށް އީރާނުގެ ވައިގެ ދިފާއީ ނިޒާމުން ހަމަލާދޭ މަންޒަރު ދައްކައިދޭ ވީޑިއޯއެއް އީރާނުން ވަނީ އާންމުކޮށްފައެވެ. ފޮޓޯތަކުން ބޯޓަށް ހަމަލާ އަމާޒުވިކަން އެނގުނަސް، ބޯޓު ވައްޓާލެވުނު ކަމުގެ ހެއްކެއް ނެތެވެ.


🇺🇸🇮🇷 -

އީރާނު މަޖިލީހުގެ ރައީސް ޤާލީބާފް ބުނީ، ސަރަހައްދީ ގައުމެއްގެ އެހީތެރިކަމާއެކު އީރާނުގެ ރަށެއް ހިފުމަށް ދުޝްމަނުން ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެފަދަ ފިޔަވަޅެއް އަޅައިފިނަމަ، އެ އެހީތެރިވާ ގައުމެއްގެ ހުރިހާ ވަސީލަތްތަކަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އޭނާ ވަނީ ދީފައެވެ.


🇺🇸🇮🇷 -

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވަނީ އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ނުކުރާކަން ކަށަވަރުކޮށްދީފައެވެ.


🇺🇸🇮🇷 -

ސީ.އެން.އެން އިން ރިޕޯޓްކުރާ ގޮތުގައި، ޚަރްގް ރަށް ހިފުމަށް އެމެރިކާއިން ކުރިއަށްގެންގޮސްފާނެ އޮޕަރޭޝަނަކަށް ތައްޔާރުވުމުގެ ގޮތުން އީރާނުން ވަނީ އެ ރަށުގައި މަޅިތައް ޖަހައި، އިތުރު ސިފައިންނާއި ވައިގެ ދިފާއީ ނިޒާމުތައް ރުކުރުވާލާފައެވެ. އެމެރިކާގެ ރިޓަޔަރޑް އެޑްމިރަލް ޖޭމްސް ސްޓެވްރިޑިސް ބުނި ގޮތުގައި އީރާނު މީހުންނަކީ ވަރަށް ހުޝިޔާރު އަދި ރަހުމުކުޑަ ބައެކެވެ. އެމީހުންގެ އަމާޒަކީ އެމެރިކާ ސިފައިންނަށް ވީހާވެސް ބޮޑު ގެއްލުމެއް ދިނުމެވެ.


🇺🇸🇮🇷 -

"ވޯލް ސްޓްރީޓް ޖާނަލް" ގެ ރިޕޯޓަރަކު ބުނާ ގޮތުގައި، އެމެރިކާގެ ކޮންގްރެސްގެ ބައެއް މެންބަރުން ދަނީ އީރާނަށް އެއްގަމު މަގުން އެރުމުގެ އޮޕަރޭޝަނެއް ވަރަށް އަވަހަށް ފެށިދާނެ ކަމުގެ އިޝާރާތްތައް ކުރަމުންނެވެ.


🇱🇧🇮🇱 -

އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި، ހިޒްބުالله އިން ދަނީ "ހަމަލާދިނުމަށްފަހު ފޭބުމުގެ(ގެރިއްލާ)" އުކުޅުތަކާއި ސިޓީތަކުގެ ތެރޭގައި ކުރާ ހަނގުރާމައިގެ އުކުޅުތައް ބޭނުންކުރަމުންނެވެ.


🇮🇷🇧🇭 -

ބަހްރައިން އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ތެޔޮ ރައްކާކުރާ ތަންތަނަށް ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށް އެ ސަރަހައްދުގެ މީހުން ބުނެއެވެ.


🇮🇷🇦🇪 -

ޔުނައިޓެޑް އެރަބް އެމިރޭޓްސްއަށް މިސައިލާއި ޑްރޯންގެ ހަމަލާތަކެއް އަމާޒުވެއްޖެއެވެ.


🇮🇱 -

އިޒްރޭލުގެ ބަޖެޓް ފާސްނުކުރެވިއްޖެނަމަ ކުރިމަތިވެދާނެ އަވަސް އިންތިޚާބަކުން ސަލާމަތްވުމަށްޓަކައި، ބޮޑުވަޒީރު ނަތަންޔާހޫ ދަނީ މާރިޗު 31 ގެ ކުރިން ބަޖެޓް ފާސްކުރުމަށް މަސައްކަތް ކުރަމުންނެވެ.


🇺🇸🇮🇷 -

"ނިއުޔޯކް ޓައިމްސް" އިން ރިޕޯޓްކުރާ ގޮތުގައި، މި ސަރަހައްދުގައި އެމެރިކާ ސިފައިން ބޭނުންކުރާ 13 އަސްކަރީ މަރުކަޒެއްގެ ތެރެއިން ގިނަ ތަންތަނަކީ މިހާރު ދިރިއުޅެން އެކަށީގެންވާ ތަންތަނެއް ނޫނެވެ. މީގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކުވެއިތުގައި ހުރި މަރުކަޒުތަކަށެވެ.

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page