މާރިޗު 23، އީރާނު ހަނގުރާމަ / 24 ވަނަ ދުވަހުގެ ޚުލާސާ:
- haqqubooks

- Mar 24
- 2 min read

🇺🇸🇪🇺🇮🇶 -
ބަޣުދާދުގެ ވިކްޓޯރިއާ ބޭސްއިން އެމެރިކާއާއި ނޭޓޯގެ ސިފައިން ފުރިހަމައަށް ފޭބުމަށް ފުރުސަތު ދިނުމުގެ ގޮތުން، އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުން 24 ގަޑިއިރުގެ ހަމަލާބަދަލުކުރުން ހުއްޓާލުމަކަށް އެއްބަސްވެއްޖެއެވެ. އިރާގުގެ އުތުރުގެ ކުރުދީ ސަރަހައްދުތަކުގައި މަދު ސިފައިންކޮޅެއް ބައިތިއްބުމަށްފަހު، އެމެރިކާއާއި ނޭޓޯގެ ބާރުތައް މިހާރު ވަނީ އިރާގުގެ އެހެން ހުރިހާ ސަރަހައްދުތަކުން ފުރިހަމައަށް ފައިބާފައެވެ. މިއީ މި ހަނގުރާމައިގައި އިރާނަށް އައި ވަރަށް ބޮޑު ކުރިއެރުމެކެވެ.
🇮🇷🇵🇭🇻🇳 -
އީރާނު ހަނގުރާމައިގެ ސަބަބުން ވިއެޓްނާމް، ފިލިޕީންސް އަދި ބަންގްލަދޭޝްގައި ހުރި ތެލުގެ ރިޒާވް ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި ހުސްވާނެ ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ ޑިޕްލޮމެޓަކު "ޕޮލިޓިކޯ" އަށް މައުލޫމާތު ދީފައެވެ.
🇺🇸🇮🇷🇮🇱 -
އެމެރިކާއާއި އިޒްރޭލުން ދަނީ ތެހެރާނަށާއި އީރާނުގެ ހުޅަނގު ސަރަހައްދުތަކަށް މެދުނުކެނޑި ހަމަލާދެމުންނެވެ.
🇮🇷🇸🇦🇮🇱 -
އީރާނުން ދަނީ ގަލްފު ގައުމުތަކަށާއި އިޒްރޭލަށް ހަމަލާދެމުންނެވެ.
🇺🇸🇮🇷 -
އީރާނުގެ އިންޖީނުގެތަކަށް ދޭން ރޭވި ހަމަލާތައް ރައީސް ޓްރަމްޕް ވަނީ މަޑުޖައްސާލައްވާފައެވެ. އޭނަ ބުނި ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތައް ނިންމުމަށްޓަކައި ކުރެވުނު ދެ ދުވަހުގެ ބިނާކުރުވަނިވި މަޝްވަރާތަކަށްފަހު، އިންޖީނުގެތަކަށް ދޭ ހަމަލާތައް ފަސް ދުވަހަށް ފަސްކުރަން ވަނީ ނިންމާފައެވެ. ނަމަވެސް އީރާނުގެ އޮފިޝަލުން މިކަން މުޅިން ދޮގުކުރެއެވެ. އެ މީހުން ބުނާ ގޮތުގައި އެމެރިކާއާއެކު ސީދާކޮށް ނުވަތަ ނުސީދާކޮށްވެސް އެއްވެސް މަޝްވަރާއެއް ކުރެވިފައެއް ނުވެއެވެ.
🇺🇸🇮🇷🇮🇱 -
"ޔެދިއޮތް އަހްރޮނޮތް" އިން ރިޕޯޓްކުރާ ގޮތުގައި، އޭޕްރީލް 9 ވަނަ ދުވަހުގެ ކުރިން އީރާނު ހަނގުރާމަ ނިންމުމަށް އެމެރިކާއިން ބޭނުންވެއެވެ.
🇺🇸🇮🇶
އިރާގުގެ މޫސަލްއިން ފޮނުވާލި ރޮކެޓްތަކެއް ސީރިއާގެ އުތުރުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުވެފައިވާ ކަމަށް ރޮއިޓާސްއިން ބުނެއެވެ.
🇺🇸🇮🇷 -
"ޕޮލިޓިކޯ" އިން ރިޕޯޓްކުރާ ގޮތުގައި، އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ޤާލީބާފަކީ ކުރިއަށް އޮތް ތަނުގައި އީރާނުގެ ވެރިއެއްގެ ގޮތުގައި އެމެރިކާއަށް ގުޅިގެން މަސައްކަތް ކުރެވިދާނެ މީހެއް ކަމަށް ޓްރަމްޕްގެ ސަރުކާރުން ދަނީ ސިއްރިއްޔާތުގައި ބަލަމުންނެވެ. ނަމަވެސް، ވޮޝިންގޓަނާއެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށް ޤާލީބާފް ވަނީ ބުނެފައެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ، ޤާލީބާފަކީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (IRGC) ގެ ހަރުކަށި ފިކުރުގެ މީހުންނާ ގާތް ގުޅުމެއް އޮންނަ، އަދި އެމެރިކާއާއި އިޒްރޭލާ މެދު ހަރުކަށި ސިޔާސަތެއް ގެންގުޅޭ މީހެއް ކަމެވެ.
🇺🇸🇮🇱🇮🇷 -
އީރާނުގެ އިސްފަހާން އަދި ޚުއްރަމްޝަހަރުގައި ހުރި ހަކަތަ އުފައްދާ ދެ މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް "ފާރްސް ނިއުސް އެޖެންސީ" އިން ބުނެއެވެ.
🇱🇧🇮🇱 -
ލުބުނާނުގެ ހިޒްބުالله އިން އިޒްރޭލުގެ އެއްގަމު ބޮޑު ފައުޖެއްގެ ހަރަކާތްތައް ހުއްޓުވައި، އިޒްރޭލުގެ އުތުރުގެ ރައްޔިތުންގެ ސަލާމަތަށް ނުރައްކާކުރަމުންދާ ކަމަށް "ޔެދިއޮތް އަހްރޮނޮތް" އިން ރިޕޯޓްކޮށްފިއެވެ.
🛢- ތެލުގެ އަގު ކުޑަކޮށް ދަށްވުމަށްފަހު، ބްރެންޓް އަދި ޑަބްލިއު.ޓީ.އައި (WTI) ކްރޫޑް ތެލުގެ އަގު އަނެއްކާވެސް އުފުލެން ފަށައިފިއެވެ.























































































