22 މާރިޗު، އީރާނު ހަނގުރާމައިގެ ޚުލާސާ / 23 ވަނަ ދުވަސް:
- haqqubooks

- Mar 23
- 2 min read

🇺🇸🇮🇷🇮🇱 -
އެމެރިކާއާއި އިސްރާއީލުން އީރާނުގެ ހުޅަނގާއި ދެކުނުގެ ސަރަހައްދުތަކަށް، އަދި ވެރިރަށް ތެހެރާނުގެ ބައެއް ބައިތަކަށް ދެމުންދާ ވައިގެ ހަމަލާތައް ވަނީ ވަރުގަދަކޮށްފައެވެ.
🇮🇷🇸🇦🇮🇱 -
އީރާނުން ދަނީ އިސްރާއީލަށާއި ގަލްފުގެ ހުރިހާ ގައުމުތަކަކަށް އަމާޒުކޮށް މެދުނުކެނޑި ހަމަލާތައް ދެމުންނެވެ.
🇺🇸🇮🇷 -
އިސްރާއީލުގެ ޗެނަލް 15 އިން ރިޕޯޓްކުރާ ގޮތުގައި، ގަތަރުން ދަނީ އެމެރިކާއާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން ކުޑަކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ސައުދީ އަރަބިއްޔާއާއި ޔޫ.އޭ.އީ އިން ދަނީ ހަނގުރާމަ ކުރިއަށް ގެންދިއުމަށް ވޮޝިންގޓަނަށް ބާރުއަޅަމުންނެވެ.
🇺🇸🇮🇷🇮🇱 -
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ބުނީ، އީރާނު ދުނިޔޭގެ ޗާޓުން ފޮހެލެވޭނެ ކަމަށް ހީކުރުމަކީ ބޮޑު ކުށްހީއެއް ކަމަށާއި، ބިރުދެއްކުމާއި ޓެރަރިޒަމްގެ ސަބަބުން އީރާނުގެ އެއްބައިވަންތަކަން އިތުރަށް ވަރުގަދަވާނެ ކަމަށެވެ. އަދި ހޮރްމޫޒް ކަނޑުއޮޅި އޮތީ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައި ކަމަށާއި، ނަމަވެސް އީރާނުގެ ބިމަށް އަރައިގަންނަ ފަރާތްތަކަށް އެ ފުރުސަތު ނޯންނާނެ ކަމަށް އޭނާ ހާމަކުރިއެވެ.
🇺🇸🇮🇷🇮🇱 -
އީރާނުގެ އިދިކޮޅު ޝަޚްސިއްޔަތެއް ކަމަށްވާ ރިޒާ ޕަހްލަވީ ވަނީ، އީރާނުގެ ހަކަތައާއި އެހެނިހެން މުހިންމު ސިނާއަތްތަކަށް ހަމަލާނުދިނުމަށް ރައީސް ޓްރަމްޕާއި ބޮޑުވަޒީރު ނަތަންޔާހޫގެ ކިބައިން އެދެފިއެވެ.
🇱🇧🇮🇱 -
ލުބުނާނުގެ ހިޒްބުالله އިން އިސްރާއީލު ސިފައިންނާ ކުރިމަތިލުންތައް ކުރިއަށް ގެންދާއިރު، އިސްރާއީލުގެ އުތުރުަށް ދިން ރޮކެޓް ހަމަލާތަކުގައި 15 މީހަކު ވަނީ ޒަޚަމްވެފައެވެ.
🇺🇸🇮🇷 -
އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލިބާފް ބުނީ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ އިތުރުން، އެމެރިކާގެ އަސްކަރީ ބަޖެޓަށް ޚަރަދުކުރާ މާލީ އިދާރާތަކަކީ ވެސް އީރާނުގެ ހަމަލާތަކުގެ އަމާޒުތަކެއް ކަމަށެވެ. އަދި އެމެރިކާގެ ޓްރެޜަރީ ބޮންޑުތަކަކީ އީރާނު ރައްޔިތުންގެ ލެއިން ތެމިފައިވާ އެއްޗެއް ކަމަށް އޭނާ ސިފަކުރިއެވެ.
🇱🇧🇮🇱 -
ލުބުނާނުގެ ދެކުނުގައި ހިނގި "އަސްކަރީ ހާދިސާއެއްގައި" އިސްރާއީލުގެ އެތައް ސިފައިންނެއް ޒަޚަމްވެ، ހޮސްޕިޓަލަށް ގެންދަން ޖެހިފައިވެއެވެ.
🇺🇸🇮🇷 -
ޔޫގަވް (YouGov) އިން އެންމެ ފަހުން ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި، އީރާނުގެ މައްސަލައިގައި ރައީސް ޓްރަމްޕަށް އޮތް ތާއީދު ވަނީ އޭނަގެ އިގްތިސާދީ ސިޔާސަތުތަކަށް އޮތް ތާއީދާ އެއްވަރަށް ދަށަށް ގޮސްފައެވެ.
🇮🇷🇦🇪 -
ޔޫ.އޭ.އީގެ ފޮރިން މިނިސްޓަރު އަބްދުالله ބިން ޒައިދު ވަނީ އީރާނަކީ "ޓެރަރިސްޓުން" ކަމަށް ސިފަކޮއްފައެވެ.
🇺🇸🇮🇷🇮🇱 -
އިސްރާއީލުގެ ޗެނަލް 11 އިން ބުނާ ގޮތުގައި، ރައީސް ޓްރަމްޕް ދިން 48 ގަޑިއިރުގެ މުހުލަތަށް އަމަލުކުރުމަށް އިސްރާއީލުން އޮތީ ތައްޔާރަށެވެ. އަދި އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދިނުމަށް އިސްރާއީލުން ބޮޑަށް ޝައުގުވެރިވެއެވެ.
🇺🇸🇮🇷 -
އީރާނުގެ ފޮރިން މިނިސްޓަރު "ބިރުދެއްކުމުން ކަމެއް ނުވާނެ" ކަމަށް ބުނި ވާހަކައާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕް ނިއުސްނޭޝަނަށް ދިން ބަސްދީގަތުމެއްގައި ބުނި، "އޭނާ އެ ބުނަނީ ތެދެއްތޯ ބަލައިލަމާ ހިނގާ" މިފަދަ ގޮތަކަށް ބަހުގެ ރައްދު ދީފަވެއެވެ..





















































































