top of page
Featured Posts

އީރާނު ހަނގުރާމައިގެ ޚުލާސާ / 21 މާރިޗު، 22 ވަނަ ދުވަސް:


🇮🇷🌐 -

އީރާނުގެ އިންޓަނެޓް ޚިދުމަތް މެދުކަނޑާލާފައި އޮންނާތާ މިއަދަށް 21 ދުވަސް ވެއްޖެއެވެ.


🇺🇸🇮🇷🇮🇱 -

އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނުގެ ނަޓާންޒް ނިއުކްލިއާ މަރުކަޒަށް ވަރުގަދަ ހަމަލާއެއް ދީފިއެވެ.


🇱🇧🇮🇱 -

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވާ އިސްރާއީލުގެ ސިފައިންގެ ބަޔަކާ މިއަދު ހެނދުނު ވަނީ ގުޅުން ކެނޑިފައެވެ. އެމީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، މި ހާދިސާއާ ގުޅޭ މައުލޫމާތު އާންމުކުރުން އަސްކަރިއްޔާއިން ވަނީ ހަރުކަށިކޮށް މަނާކޮށްފައެވެ.


🇺🇸🇮🇷🇮🇱 -

އެމެރިކާއާއި އިސްރާއީލުގެ ވައިގެ ހަމަލާތައް އީރާނުގެ ހުޅަނގު ސަރަހައްދުތަކަށާއި، ބަންދަރު އައްބާސް އަދި ވެރިރަށް ތެހެރާނަށް ދަނީ އަމާޒުވަމުންނެވެ.


🇱🇧🇮🇱 -

ލުބުނާނުގެ ދެކުނުގައި އޮންނަ ނަގޫރާ އަވަށުގެ މަގުމަތީގައި ހިޒްބުالله އާއި އިސްރާއީލު ސިފައިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ.


🇺🇸 -

އެމެރިކާގެ އެއާފޯސްއިން އޭ.ބީ.ސީ ނިއުސްއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، ލޫސިއާނާގައި ހުންނަ ބާކްސްޑޭލް އެއާފޯސް ބޭސް މަތިން، ވަކިނުކުރެވޭ އެތައް ޑްރޯންތަކެއް ހަފުތާއަކަށްވުރެ ގިނަ ދުވަސް ވަންދެން އުދުހިފައިވެއެވެ.


🇾🇪🇮🇷🇮🇱 -

އިސްރާއީލުގެ މީޑިއާތަކުން ބުނާ ގޮތުގައި، އީރާނާއި ހިޒްބުالله އިން ޔަމަނުގެ ހޫޘީންނަށް ބާރުއަޅަމުންދާތީ، އަންނަ ހަފުތާގެ ކުރީކޮޅު އެ ފަރާތްތަކުން ހަނގުރާމައިގެ ތެރެއަށް ވަދެދާނެއެވެ.


🇱🇧🇮🇱 -

އިސްރާއީލުގެ ޗެނަލް 14 އިން ލުބުނާނުގެ އަސްކަރިއްޔާއަށް ތުހުމަތުކުރާ ގޮތުގައި، އެ ގައުމުގެ ސިފައިން ދަނީ ހިޒްބުالله ގެ ހަނގުރާމަވެރިންނަށް އެ ގައުމުގެ ދެކުނަށް ދިއުމަށް ފުރުސަތު ދެމުންނެވެ.


🇸🇦🇮🇷 -

ސައުދީ އަރަބިއްޔާއިން ބުނެފައިވަނީ، އީރާނުން އަވަށްޓެރި ގައުމުތަކަށް ދެމުންދާ ހަމަލާތަކަކީ އިސްލާމީ ތައުލީމުތަކާ ޚިލާފު ކަމެއް ކަމަށެވެ.


🇮🇷🇮🇱 -

އީރާނުން އިސްރާއީލުގެ ދެކުނުގައި އޮންނަ ދިމޯނާއާއި އަރާދު ސިޓީއަށް ހަމަލާދީފައިވެއެވެ. މި ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 200 އަށްވުރެ މައްޗަށް ގޮސްފައިވާއިރު، 11 މީހަކު ވަނީ މަރުވެފައެވެ. ފެބްރުއަރީ 28 އިން ފެށިގެން މިހާތަނަށް އިސްރާއީލުން މަރުވި މީހުންގެ އަދަދު މި ހަމަލާތަކާއެކު 50 އިންސައްތަ ވަނީ އިތުރުވެފައެވެ.


🇺🇸🇮🇷🇮🇱 -

ހަނގުރާމަ ހުއްޓާލުމަށް އީރާނުން ހުށަހަޅާ ޝަރުތުތައް: 1) އަލުން ހަނގުރާމައެއް ނުފަށާނެކަމުގެ ޔަގީންކަން ދިނުން. 2) މެދުއިރުމަތީގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކެއް ބަންދުކުރުން. 3) އެމެރިކާއާއި އިސްރާއީލުން އީރާނަށް ބަދަލު ދިނުން. 4) ސަރަހައްދުގައި ހިންގާ ހުރިހާ ހަނގުރާމަތަކެއް ހުއްޓާލުން. 5) ހޮރްމޫޒް ކަނޑުއޮޅިއަށް އައު ގާނޫނީ އުސޫލުތަކެއް ކަނޑައެޅުން. 6) އީރާނާ ދެކޮޅަށް މަސައްކަތްކުރާ މީޑިއާގެ އިސް ފަރާތްތައް އީރާނާ ހަވާލުކުރުން.


🇺🇸🇮🇷 -

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނަށް 48 ގަޑިއިރުގެ މުހުލަތެއް ދީފައެވެ. އެހެން ނޫންނަމަ އީރާނުގެ އިންޖީނުގެތައް އެއްކޮށް ސުންނާފަތިކޮށްލާނެ ކަމަށް ވަނީ އިންޒާރު ދީފައެވެ.


🇺🇸🇮🇷🇮🇱 -

އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު ބުނީ، ދުޝްމަނުން އީރާނުގެ ހަކަތައާއި ފެން އުފައްދާ މަރުކަޒުތަކަށް ހަމަލާދީފިނަމަ، ސަރަހައްދުގައި ހުރި އެމެރިކާއާއި އިސްރާއީލުގެ އެފަދަ ހުރިހާ މަރުކަޒުތަކަކަށް ހަމަލާދޭނެ ކަމަށެވެ.


🇮🇷🇦🇪 -

ޔޫ.އޭ.އީގެ ޝާރްޖާގެ އުތުރުން 15 މޭލު ދުރުގައި އޮތް ބޮޑު މުދާ އުފުލާ އުޅަނދެއްގެ ކައިރިއަށް މިސައިލެއް އަރައި ބޮޑު ގޮވުމެއް ގޮވާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.


🇶🇦 -

ގަތަރުގެ ހެލިކޮޕްޓަރެއް އާދައިގެ ތަމްރީނު ދަތުރެއްގައި އުޅެނިކޮށް ކަނޑަށް ވެއްޓިފައިވާތީ، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.


🇺🇸🇮🇶 -

އިރާގުގެ ބަޣުދާދުގައި ހުންނަ އެމެރިކާގެ ވިކްޓޯރިއާ ބޭސްއަށް އަލުން ހަމަލާތަކެއް އަމާޒުވެފައިވެއެވެ.

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page