top of page
Featured Posts

މާރިޗު 17، އީރާނު ހަނގުރާމަ 18ވަނަ ދުވަހުގެ ޚުލާޞާ:


🇮🇷🛢-

"ފައިނޭންޝަލް ޓައިމްސް" އިން ރިޕޯޓްކުރާ ގޮތުގައި، ހަނގުރާމަ ފެށުނު ފަހުން އީރާނުން ދަނީ ޚަރްގް ބަނދަރު މެދުވެރިކޮށް ދުވާލަކު 1.6 މިލިއަން ފީފާ ތެޔޮ ބޭރުކުރަމުންނެވެ.


🇺🇸🇮🇱🇮🇷 -

އީރާނަށް ދޭން ފެށި ހަމަލާތަކަށް މަދު ގަޑިއިރުތަކެއް ވީތަނާ، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާ އެންމެ ތާއީދުކުރާ އެކްޓިވިސްޓް ލޯރާ ލޫމާއަށް ގުޅައި، އޭނާގެ ތައުރީފުގެ ބަސްތައް އަޑުއަހާފައި ކަމަށް ފައިނޭންޝަލް ޓައިމްސްއިން ބުނެއެވެ.


🇨🇳🇮🇷🇱🇧 -

އީރާނާއި، އުރުދުން، ލުބުނާނު އަދި ޢިރާގަށް އިންސާނީ އެހީ ފޮނުވާނެކަން ޗައިނާއިން އިއުލާނުކޮށްފިއެވެ.


🇮🇷🇮🇱 -

އީރާނުގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ ޢަލީ ލަރީޖާނީ، އޭނާގެ ދަރިފުޅާއި ސަލާމަތީ ޓީމާއެކު "މަރުވެފައިވާކަން" ކަން އީރާނުން ކަށަވަރުކޮށްދީފިއެވެ.


🇺🇸🇮🇷🇮🇱 -

މެދުވެރިން މެދުވެރިކޮށް އީރާނުގެ ޚާރިޖީ ވުޒާރާއަށް ހުށަހެޅި ސުލްހައިގެ ހުށަހެޅުންތަކަށް އީރާނުގެ އައު ރޫޙާނީ ލީޑަރު މުޖްތަބާ ޚާމަނާއީ ވަނީ އިންކާރުކޮއްފައެވެ. އޭނާ ބުނީ "މިއީ ސުލްހަވާންވީ ވަގުތެއް ނޫން" ކަމަށެވެ.


🇺🇸🇸🇦🇮🇷 -

ސައުދީ އަރަބިއްޔާގެ ޕްރިންސް ސުލްޠާން އެއާ ބޭސްއިން، ޒަޚަމްވެފައިވާ އެމެރިކާ ސިފައިން ގޮވައިގެން މެޑިވެކް ފްލައިޓެއް ޖަރުމަނުގެ ރާމްސްޓައިން މަރުކަޒަށް ދިއުމަށް ވަނީ ފުރާފައެވެ. މިއީ އިއްޔެ ސައުދީއަށް އަމާޒުވި ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކަށްފަހު ހިނގި ކަމެކެވެ.


🇮🇷🇮🇱 -

އީރާނުން އިސްރާއީލަށް އަމާޒުކޮށް "ކްލަސްޓަރ މިސައިލް" ތަކެއް ފޮނުވާލާފައިވާއިރު، މުޅި ދުވަހު އެކި ސަރަހައްދުތަކަށް ހަމަލާތައް ވަނީ އަރާފައެވެ.


🇮🇷🇸🇦🇦🇪 -

ޔޫ.އޭ.އީ، ސައުދީ އަރަބިއްޔާ، ބަޙްރައިން، ކުވައިތު އަދި ޤަޠަރު ހިމެނޭހެން ގަލްފުގެ ގައުމުތަކަށް އީރާނުން ދޭ ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ.


🇺🇸🇮🇷🇮🇱 -

އެމެރިކާއާއި އިސްރާއީލުން ތެހެރާނަށް ދޭ ހަމަލާތައް ކުރިއަށްގެންދާއިރު، ހޯރްމޫޒް ކަނޑުއޮޅި ކައިރީގައިވާ އީރާނުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ވެސް ހަމަލާދީފައިވާ ކަމަށް އެމެރިކާއިން ބުނެއެވެ.


🇺🇸🇮🇷 -

އީރާނު ހަނގުރާމައާ ގުޅިގެން ހިތްހަމަނުޖެހިގެން، އެމެރިކާގެ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރު ޖޯ ކެންޓް މަގާމުން އިސްތިއުފާ ދީފިއެވެ.


🇱🇧🇮🇱 -

ހިޒްބުﷲ އިން އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް ގިނަ އަދަދެއްގެ ރޮކެޓް ހަމަލާ ފޮނުވާލާފައިވާއިރު، ބޯޑަރު ކައިރީގައިވާ ރަށްތަކުގައި ކުރިމަތިލުންތައް ދަނީ ހިނގަމުންނެވެ.


🇺🇸🇮🇷🇮🇱 -

"ވޮޝިންޓަން ޕޯސްޓް" އިން ބުނާ ގޮތުގައި، އީރާނުގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނުކުމެ މުޒާހަރާކުރަން އުޅެފިނަމަ އެމީހުން "ގަތުލުކުރެވޭނެ" ކަމަށް އިސްރާއީލުގެ އިސް މަސްއޫލުވެރިން އެމެރިކާގެ ޑިޕްލޮމެޓުންނަށް ވަނީ އަންގާފައެވެ. މިއީ އީރާނުގެ ވެރިކަން ވައްޓާލުމަށް ރައްޔިތުން ނުކުތުމަށް އިސްރާއީލުން ފާޅުގައި ކުރާ ގޮވާލުންތަކާ ދިމާ އިދިކޮޅު ވާހަކައެކެވެ.


🇺🇸🇮🇶 -

ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް 12 ގަޑިއިރުގެ ތެރޭގައި އެތައް ފަހަރަކު ވަނީ ވަރުގަދަ ހަމަލާތަކެއް އަމާޒުވެފައެވެ.


🇮🇷 -

އީރާނުގެ ޕާލަމެންޓުގެ ރައީސް ޤާލީބާފް ބުނީ، ހޯރްމޫޒް ކަނޑުއޮޅީގެ ހާލަތު ދެން ދުވަހަކުވެސް ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް ރުޖޫޢަ ނުވާނެ ކަމަށެވެ.


🇺🇸🇬🇷 -

އެމެރިކާގެ މަނަވަރު "ޔޫ.އެސް.އެސް ޖެރަލްޑް އާރް ފޯޑް" ގެ ލޯންޑްރީގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއަކާ ގުޅިގެން، މަރާމާތު ކުރުމަށްޓަކައި އެ މަނަވަރު ރަތް ކަނޑު ދޫކޮށް ގްރީސްގައި އޮންނަ އެމެރިކާގެ މަރުކަޒަށް ދިއުމަށް ދަނީ ތައްޔާރުވަމުންނެވެ.


🇮🇷 -

އީރާނުގެ މިހާރުގެ ކޮމާންޑަރުން މަރާލައިފި ހާލަތެއްގައި، ކޮންމެ މަގާމަކަށް 3 އާއި 7 އާ ދެމެދުގެ އަދަދަކަށް ބަދަލު މީހުން މިހާރު ކަނޑައަޅާފައިވާ ކަމަށް ފާރްސް ނިއުސް އެޖެންސީން ބުނެއެވެ.


🇺🇸🇮🇷 -

އެމެރިކާގައި ޕެޓްރޯލް ލީޓަރެއްގެ އަގު 2023 ވަނަ އަހަރުގެ އޮކްޓޫބަރަށްފަހު ފުރަތަމަ ފަހަރަށް ރެކޯޑް މިންވަރަކަށް އުފުލިއްޖެއެވެ.


🇺🇸🐊 -

ފްލޮރިޑާގެ ގަވަރުނަރުގެ މަގާމަށް ވާދަކުރާ ޖޭމްސް ފިޝްބެކް، އީރާނު ހަނގުރާމައާ ގުޅޭގޮތުން މާދަމާ އެމެރިކާގެ ކެޕިޓަލްގައި ޚާއްޞަ ތަޤުރީރެއް ދޭނެއެވެ.

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page