top of page
Featured Posts

14 މާރިޗު، އީރާނު ހަނގުރާމަ 15 ވަނަ ދުވަހުގެ ޚުލާސާ:

🇮🇷🇦🇪-

ޔޫ.އޭ.އީގެ ފުޖައިރާ ތެޔޮ ޓާމިނަލަށް ގިނަ އަދަދެއްގެ ޑްރޯން ހަމަލާތަކެއް އަމާޒުވެ، އެ ތަނުން ބޮޑެތި ދުމުގެ އަސަރު ފެންނަން ހުރި ކަމަށް ރިޕޯޓުކޮށްފިއެވެ.


🇳🇱-

ނެދަލޭންޑްސްގެ އެމްސްޓަޑަމްގައި ހުންނަ ޔަހޫދީ ސްކޫލެއްގައި މިއަދު އެއްޗެއް ގޮވައި، ބައެއް ގެއްލުންތައް ލިބުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.


🇺🇸🇮🇱🇮🇷-

އެމެރިކާ އާއި އިސްރާއީލުން އީރާނުގެ އެއާޕޯޓުތަކުގެ ރަންވޭތަކަށް އަމާޒުކޮށް ދޭ ހަމަލާތައް ކުރިއަށް ގެންގޮސްފިއެވެ.


🇮🇷🇮🇱🇸🇦-

އީރާނުން އިސްރާއީލަށާއި ގަލްފުގެ އެކި ގައުމުތަކަށް ދޭ ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށް އެބަދެއެވެ.


🇱🇧🇮🇱-

އިސްރާއީލުން ލުބުނާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި މިހާތަނަށް 826 މީހުން މަރުވެ، 2,009 މީހުން ޒަޚަމްވެފައިވާ ކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.


🇺🇸🇮🇷🇮🇱-

"އެމެރިކާ އާއި އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން އީރާނުގެ އެކި ކަންކޮޅުތަކުގައި ހުރި 160 ސިއްހީ މަރުކަޒަކަށާއި 120 ސްކޫލަކަށް ވަނީ ގެއްލުން ލިބިފައި."


🇮🇶🇮🇷-

އިރާގުގެ ކުރުދިސްތާނުގެ އަރުބީލްގައި ހުންނަ 'ލަނާޒް' ތެޔޮ ސާފުކުރާ ކާރުޚާނާއަށް އީރާނުން ޑްރޯން ހަމަލާއެއް ދީފިއެވެ.


🇺🇸🇮🇷🛢-

އީރާނުގެ އަތުން ހޮރްމޫޒް ކަނޑުއޮޅި އަނބުރާ ހޯދުމަށް ޓްރަމްޕް އަނެއްކާވެސް އެހެން ގައުމުތަކުގެ ކިބައިން އެދިއްޖެއެވެ. އަދި އެކަމުގައި އެމެރިކާ އެހީތެރިވާނެ ކަމަށް ބުނެފިއެވެ.


🇮🇷🇰🇼-

ކުވެއިތު އިންޓަނޭޝަނަލް އެއާޕޯޓަށް އެރި ޑްރޯން ހަމަލާތަކެއްގައި އެއާޕޯޓުގެ ރާޑަރު ނިޒާމަށް ހަމަލާ އަރާފައިވެއެވެ.


🇱🇧🇮🇱🇱🇧-

ހަނގުރާމަ ހުއްޓުވުމަށްޓަކައި އިސްރާއީލާއެކު މަޝްވަރާކުރުމަށް ލުބުނާނުން ވަފުދެއް އެކުލަވާލަމުންދާ ކަމަށް އޭ.އެފް.ޕީ އިން ރިޕޯޓުކޮށްފިއެވެ.


🇮🇷-

"އެމީހުން (އެމެރިކާ/އިސްރާއީލް) އެ ފޮނުވަނީ ޖެނެރަލުން ހަލާކުކުރި ކަންތައްތައް ރަނގަޅުކުރަން ފަގީރު ކުދިން. އިސްރާއީލަށްޓަކައި މަރުވާން ދޭ!" — އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް.


🇺🇸🇮🇷🇮🇶-

ބަޣުދާދު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އެމެރިކާގެ 'ވިކްޓޯރިއާ' ބޭސްއަށް މިސައިލް ހަމަލާއެއް އެރުމާ ގުޅިގެން އެތަނުގައި ބޮޑު އަލިފާންގަނޑެއް ރޯވެފައިވެއެވެ.


🇺🇸🇮🇷🇮🇱-

މިސައިލް ދިފާއީ ނިޒާމުތައް (interceptors) ވަރަށް ބޮޑަށް ހުސްވަމުންދާ ކަމަށް އިސްރާއީލުން އެމެރިކާއަށް އަންގާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފިއެވެ.


🇱🇧🇮🇱-

އިސްރާއީލުގެ އުތުރުގެ މެޓޫލާއަށް ހިޒްބުالله އިން 'ކްލަސްޓާ' މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ބުނެއެވެ.


🇱🇧🇮🇱-

ދެކުނު ލުބުނާނުގެ ޚިޔާމްގައި ހިޒްބުالله އިން ދިން ރޮކެޓް ހަމަލާއެއްގައި އިސްރާއީލުގެ އަސްކަރީ އުޅަނދަކަށް ހަމަލާ އަރައި، ގިނަ ބަޔަކު މަރުވެ ނުވަތަ ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.


🇱🇧🇮🇱-

ހިޒްބުالله އާ ދެމެދު ހިނގި ކުރިމަތިލުންތަކަށްފަހު، އިސްރާއީލު ސިފައިން ޚިޔާމްގެ އިރުމައްޗަށް ފަހަތަށް ޖެހިފައިވާ ކަމަށް އަލް ޖަދީދު އިން ބުނެއެވެ.


🇨🇭🇺🇸🇮🇷-

ހަނގުރާމައިގައި ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތުގެ ދަށުން، އީރާނު ހަނގުރާމައާ ގުޅުންހުރި އެމެރިކާގެ އަސްކަރީ ފްލައިޓްތަކަށް ސުވިޒަލޭންޑުގެ ވައިގެ ސަރަހައްދު ބަންދުކޮށްފިއެވެ.


🇧🇭🇸🇦-

ބަޙްރައިން އަދި ސައޫދީ އަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފޯމިއުލާ 1 ގްރޯން ޕްރީތައް ކެންސަލްކޮށްފިއެވެ.


🇺🇸🇮🇷🇮🇶-

ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް ޑްރޯން ހަމަލާއެއް އަރައި، އެތަނުގެ ރާޑަރު ނިޒާމު ހަލާކުވެއްޖެއެވެ.


🇺🇸🇮🇶-

އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ވަނީ އެމެރިކާގެ 'ވިކްޓޯރިއާ' ބޭސްގެ ތެރޭގައި 'އެފް.ޕީ.ވީ' (FPV) ޑްރޯނެއް އުދުހޭ މަންޒަރު ދައްކާ ވީޑިއޯއެއް އާންމުކޮށްފިއެވެ. މިއީ މި ހަނގުރާމައިގައި އެފް.ޕީ.ވީ ޑްރޯން ބޭނުންކުރި ފުރަތަމަ ފަހަރެވެ.

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page