top of page
Featured Posts

13 މާރިޗު، އީރާނު ހަނގުރާމަ 14 ވަނަ ދުވަހުގެ ޚުލާސާ:


🇺🇸🇮🇷 -

އެމެރިކާއިން އީރާނުގެ އެކި އަމާޒުތަކަށް ހަމަލާދިނުމަށް 'ބީ-2' (B-2) މަރުކާގެ ބޮންއަޅާ ބޯޓުތައް ބޭނުންކޮއްފައިވެއެވެ.


🇮🇷🇦🇪 -

އީރާނުގެ ޑްރޯން ހަމަލާތަކެއް ދުބާއީ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރަށް (DIFC) އަމާޒުކޮއްފައިވެއެވެ.


🇮🇷🇮🇱 -

އިސްރާއީލުގެ ޒަރްޒީރަށް އެރި މިސައިލް ހަމަލާގައި ޒަޚަމްވި މީހުންގެ އަދަދު 80 އަށް އަރައިފިއެވެ.


🇺🇸🇮🇷 -

ރޮއިޓާސް އިން ރިޕޯޓުކުރާ ގޮތުގައި، އީރާނުގައި ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތަކުން އަވަހަށް ވަކިވުމުގެ އެއްވެސް ވިސްނުމެއް ރައީސް ޓްރަމްޕް ނުގެންގުޅެއެވެ.


🇴🇲 -

އޮމާންގެ ސުހާރު ސަރަހައްދަށް ދިން، ކާކުކަން ނޭނގޭ ޑްރޯން ހަމަލާތަކެއްގައި ދެ މީހަކު މަރުވެއްޖެއެވެ.


🇮🇷 -

އެމެރިކާ އާއި އިސްރާއީލުގެ 'ހިޓް ލިސްޓް' ގައި ހިމެނޭ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (IRGC) ގެ އިސްވެރިން، އެ ގައުމުގައި ބޭއްވި ގުދުސް ދުވަހުގެ މުޒާހަރާތަކުގައި އާންމުންގެ ތެރެއަށް ނުކުމެ ބައިވެރިވެފައިވެއެވެ.


🇫🇷🇮🇹🇮🇷 -

ފަރަންސޭސިވިލާތާއި އިޓަލީން، އެ ގައުމުތަކުގެ އުޅަނދުފަހަރަށް ހޮރްމޫޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކުރުމަށް އީރާނާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށް ފައިނޭންޝަލް ޓައިމްސް އިން ބުނެއެވެ.


🇮🇹🇮🇶 -

އިޓަލީގެ އަސްކަރީ މަރުކަޒަކަށް ދިން ޑްރޯން ހަމަލާއަކަށްފަހު، އެ ގައުމުގެ ސިފައިން އިރާގުން ބާލަން ފަށައިފިއެވެ.


🇺🇸🇮🇶 -

އިރާގަށް ވެއްޓުނު އެމެރިކާގެ 'ކޭ.ސީ-135' މަތިންދާބޯޓުގައި ތިބި ހަ ސިފައިން ވެސް މަރުވެފައިވާ ކަމަށް ރަސްމީކޮށް އިއުލާނުކޮށްފިއެވެ.


🇺🇸🇮🇷 -

އެމެރިކާގެ 5,000 މެރިން ސިފައިން މެދުއިރުމައްޗަށް ފޮނުވައިފިއެވެ. މީގެ ތެރެއިން 2,500 މީހުންނަކީ މެރިން އެކްސްޕެޑިޝަނަރީ ޔުނިޓެއްގެ ބައެކެވެ.


🇮🇷🇮🇱 -

އީރާނުން އިސްރާއީލަށް ދޭ ހަމަލާތައް ކުރިއަށްގެންދާއިރު، މިއަދު އިސްރާއީލުގެ އެކި ސަރަހައްދުތަކަށް ގިނަ ހަމަލާތަކެއް އަރާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.


🇺🇸🇮🇷 -

އީރާނުގެ އިސްވެރިން ހިފާ ހައްޔަރުކުރުމަށް ނުވަތަ މައުލޫމާތު ދޭ ފަރާތްތަކަށް އެމެރިކާއިން 10 މިލިއަން ޑޮލަރުގެ އިނާމެއް ހުށަހަޅައިފިއެވެ. މީގެ ތެރޭގައި މުޖްތަބާ ޚާމަނާއީ، ޔަޙްޔާ ސަފަވީ، އަލީ ލާރިޖާނީ އަދި އިސްކަންދަރު މޫމިނީ ހިމެނެއެވެ.


🇺🇸🇺🇦🇮🇷 -

ބްލޫމްބާގް އިން ރިޕޯޓުކުރާ ގޮތުގައި، ޔޫކްރެއިންގައި އުފައްދާފައިވާ، އޭ.އައި (AI) ބޭނުންކޮށްގެން ދުޝްމަނުންގެ ޑްރޯންތައް ވައްޓާލާ 10,000 'މެރޮޕްސް' ޑްރޯން އެމެރިކާއިން މެދުއިރުމައްޗަށް ގެނެސްފިއެވެ. މީގެ އިތުރުން 'ބަމްބަލްބީ' މަރުކާގެ ޑްރޯންތައް ވެސް ވަނީ ފޮނުވާފައެވެ.


🇮🇷🇨🇳 -

އީރާނުން ހޮރްމޫޒް ކަނޑުއޮޅިން ތެޔޮ އުފުލާ ބޯޓުފަހަރު ދަތުރުކުރުމުގެ ހުއްދަ ދޭން ވިސްނަނީ ހަމައެކަނި ޗައިނާގެ ފައިސާ (ޔުއާން) އިން މުއާމަލާތްކުރާ ބޯޓުފަހަރަށް ކަމަށް ސީ.އެން.އެން އިން ބުނެއެވެ.


🇾🇪🇮🇷 -

ޔަމަނުގެ އަންސާރުﷲ (ހޫޘީ) ޖަމާއަތުން އީރާނާއެކު އަސްކަރީ ގޮތުން މަސައްކަތް ކުރުމަށް ނިންމައި، ހަމަލާދޭން ފަށާނެ ވަގުތު އިއުލާނުކުރާނެ ކަމަށް ބުނެފިއެވެ.


🇮🇷🇮🇶 -

އިރާގުގެ ކުރުދިސްތާނުގެ އަރުބީލަށް އީރާނުން ޑްރޯން ހަމަލާއެއް ދީފިއެވެ. މި ހަމަލާ އަމާޒުކުރީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ކަމަށް ބެލެވެއެވެ.


🇺🇸🇮🇷 -

އެމެރިކާގެ ކަނޑުގެ ސިފައިން ތެޔޮ ބޯޓުފަހަރަށް ހިމާޔަތް ދޭނެތޯ ސުވާލުކުރުމުން ޓްރަމްޕް ބުނީ، "ވަރަށް އަވަހަށް އެކަން ވާނެ" ކަމަށެވެ.


🇺🇸🇮🇷 -

އެމެރިކާއިން އީރާނުގެ ޚާރްގް އައިލެންޑަށް ބޮން އެޅި ނަމަވެސް، އަމާޒުކުރީ ހަމައެކަނި އަސްކަރީ މަރުކަޒުތަކަށް ކަމަށާއި ތެޔޮ ސާފުކުރާ ތަންތަނަށް ހަމަލާ ނުދޭ ކަމަށް އެމެރިކާއިން ބުނެފިއެވެ. އީރާނުން ވަނީ މީގެ ބަދަލުހިފާނެ ކަމަށް ބުނެފައެވެ.


🇺🇸🇮🇷🇸🇦 -

ސައޫދީ އަރަބިއްޔާގެ ޕްރިންސް ސުލްތާން އެއާބޭސްގައި އޮތް އެމެރިކާގެ ވައިގެ ސިފައިންގެ ފަސް މަތިންދާބޯޓަކަށް އީރާނުގެ ބެލިސްޓިކް މިސައިލް ހަމަލާއެއް އަރައި ގެއްލުންވެފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓުކޮއްފައިވެއެވެ.


🇱🇧🇮🇱 -

އިސްރާއީލުން ލުބުނާނަށް އެއްގަމު މަގުން ބޮޑު ހަމަލާއެއް ދިނުމަށް ރާވަމުންދާ ކަމަށް އެކްސިއޯސް އިން ރިޕޯޓުކުރެއެވެ. މީގެ ބޭނުމަކީ ލިޓާނީ ކޯރުގެ ދެކުނުގައި އޮތް ހިޒްބުالله ގެ ހުރިހާ ވަސީލަތްތަކެއް ނައްތާލުމެވެ.


🇱🇧🇮🇱 -

ދެކުނު ލުބުނާނުގެ އައިތަރޫންއަށް ވަންނަން އުޅުނު އިސްރާއީލު ސިފައިންނަށް ހިޒްބުالله އިން ގައިޑެޑް މިސައިލް ހަމަލާއެއް ދީފިއެވެ.


🇺🇸🇮🇷 -

ވޯލް ސްޓްރީޓް ޖާނަލް އިން ބުނާ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ކުރިން އީރާނުން އަމާންދޭނެ ކަމަށް ޓްރަމްޕް ގަބޫލުކުރިއެވެ. ނަމަވެސް މިހާރު އެ ކަނޑުއޮޅި ވެފައިވަނީ އެމެރިކާއާ ދެކޮޅަށް އީރާނުން ބޭނުންކުރާ އެންމެ ބޮޑު ހަތިޔާރަށެވެ.


🇺🇸🛢️ -

ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 97 ޑޮލަރުގައި ހުރިއިރު، ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ހުރީ 103 ޑޮލަރުގައެވެ.

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page