top of page
Featured Posts

11 މާރިޗު، އީރާނު ހަނގުރާމަ  12 ވަނަ ދުވަހުގެ ޚުލާސާ:


🇮🇷🇴🇲🇦🇪 -

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަމަލާދީފައިވާ ކަމަށް ޔޫ.ކޭ.އެމް.ޓީ.އޯ އިން ރިޕޯޓުކޮށްފިއެވެ. އޮމާންގެ އައްސޭރިފަށާ 11 ނޯޓިކަލް މޭލު ބޭރުން އެއް އުޅަނދަށް ހަމަލާ އެރުމާ ގުޅިގެން އޭގެ ފަޅުވެރިން ވަނީ ސަލާމަތްކޮށްފައެވެ. ދެވަނަ އުޅަނދަށް ހަމަލާ އަމާޒުވެފައިވަނީ ޔޫ.އޭ.އީގެ ދުބާއީގެ ހުޅަނގު އުތުރުން 50 ނޯޓިކަލް މޭލު ބޭރުންނެވެ.


🇦🇪🇮🇷 -

އީރާނުގެ ދެ ޑްރޯން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓް ކައިރިއަށް ވެއްޓި، ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.


🇮🇷

އީރާނުގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް ފެށުނު ފަހުން، އީރާނުން ޗައިނާއަށް 11-12 މިލިއަން ފީފާގެ  ތެޔޮ ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް ފޮނުވާފައިވާ ކަމަށް ސީ.އެން.ބީ.ސީ އިން ބުނެއެވެ.


🇩🇪🛢 -

 ތެލުގެ އަގު އުފުލުމާ ގުޅިގެން ޖަރުމަނުން އެ ގައުމުގެ ކުއްލި ހާލަތަށް ރައްކާކޮށްފައި ހުރި ތެޔޮ ބާޒާރަށް ނެރުމަށް ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.


🇯🇵🛢 -

ޖަޕާނުން ވެސް ވަނީ މިފަދަ ފިޔަވަޅެއް އަޅައި، އަމިއްލަ ސެކްޓަރުގެ 15 ދުވަހުގެ ތެލުގެ ރިޒާވް އަދި ދައުލަތުގެ އެއް މަސްދުވަހުގެ ތެލުގެ ރިޒާވް ބާޒާރަށް ނެރުމަށް ނިންމާފައެވެ.


🛢 - އިންޓަނޭޝަނަލް އެނާޖީ އެޖެންސީން (IEA) އެ އެޖެންސީގެ ރިޒާވުން 400 މިލިއަން ފީފާ ތެޔޮ ބާޒާރަށް ނެރުމަށް ވަނީ ނިންމާފައެވެ.


🇪🇸🇮🇱 -

އިސްރާއީލާއެކު އޮތް ގުޅުން ކުޑަކޮށް، ސްޕެއިނުން އެ ގައުމުގެ ސަފީރު އަނބުރާ ގެންގޮސްފިއެވެ. މީގެ ފަހުން ތަލް އަބީބްގައި ހުންނަ ސްޕެއިންގެ އެމްބަސީ ހިންގާނީ 'ޗާޖް ޑި އެފެއާޒް' އެކެވެ.


🇨🇭🇺🇸🇮🇷 -

ސުވިޒަލޭންޑުން ތެހެރާންގައި ހުންނަ އެ ގައުމުގެ އެމްބަސީ ބަންދުކުރި ނަމަވެސް، އީރާނާއި އެމެރިކާއާ ދެމެދު މުވާސަލާތީ މަގުތައް ފަހިކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ބުނެފައިވެއެވެ.


🇴🇲🇮🇷 -

އޮމާންގެ ތެޔޮ ރައްކާކުރާ ޓޭންކުތަކަކަށް ޑްރޯން ހަމަލާއެއް ސީދާ އަމާޒުވެފައިވާ ކަމަށް އެ ގައުމުން ރިޕޯޓުކޮށްފިއެވެ.


🇺🇸🇮🇷🇷🇺 -

ޔޫކްރެއިން ހަނގުރާމައިން ލިބުނު ތަޖުރިބާގެ އަލީގައި، ވައިގެ ދިފާއީ ނިޒާމުތަކުން ރެކިގެން ހަމަލާދޭނެ ގޮތާއި ހަމަލާތައް ކޯޑިނޭޓް ކުރާނެ ގޮތުގެ އިރުޝާދު ރަޝިޔާއިން އީރާނަށް ދެމުންދާ ކަމަށް ސީ.އެން.އެން އިން ރިޕޯޓުކޮއްފައިވެއެވެ.


🇺🇸🇮🇷 -

އެމެރިކާގެ އަސްކަރީ ތަހުގީގަކުން ދައްކާ ގޮތުގައި، އެމެރިކާގެ 'ޓޮމަހޯކް' މިސައިލެއް އީރާނުގެ މީނާބްގައި ހުންނަ އަންހެން ކުދިން ކިޔަވާ ސްކޫލަކަށް އަމާޒުވެފައިވަނީ އެއީ އީރާނުގެ ކަނޑުގެ ސިފައިންގެ މަރުކަޒެއް ކަމަށް ހީކުރެވިގެންނެވެ.


🇺🇸🇮🇶🇮🇱 -

އިރާގުގެ މޫސަލްގައި ހުރި އީރާނަށް ތާއީދުކުރާ 'ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސް' އަށް އެމެރިކާ އާއި އިސްރާއީލުން ވައިގެ ހަމަލާތަކެއް ދީފައިވެއެވެ.


🇺🇸🇦🇪🇮🇷 -

ދުބާއީގައި ހުރި އެމެރިކާގެ ބޮޑެތި ކުންފުނިތައް ކަމަށްވާ ޑިލޮއިޓް، ޕީ.ޑަބްލިއު.ސީ އަދި ސިޓީ ގްރޫޕުން އެ ސަރަހައްދުގައި ހުރި އެމެރިކާގެ ކުންފުނިތަކަށް އީރާނުން ދެމުންދާ އިންޒާރުތަކާ ގުޅިގެން އޮފީސްތައް ބަންދުކޮށް މުވައްޒަފުން ބާލަން ފަށައިފިއެވެ.


🇮🇷 -

ކްލެޕަރ (Kpler) އިން ރިޕޯޓުކުރާ ގޮތުގައި، އީރާނުގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް ފެށުމުގެ ކުރިއަށްވުރެ މިހާރު ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް އީރާނުން ތެޔޮ އެކްސްޕޯޓްކުރާ މިންވަރު ވަނީ އިތުރުވެފައެވެ.


🇺🇸🇮🇷 -

އެމެރިކާގެ މެޑިކަލް އިކުއިޕްމަންޓް ކުންފުންޏެއް ކަމަށްވާ 'ސްޓްރައިކަރ' އަށް ދިން ވަރުގަދަ ސައިބަރ ހަމަލާއެއްގެ ޒިންމާ އީރާނުގެ ހެކަރުން އުފުލައިފިއެވެ.


🇺🇸🇳🇴🇮🇶 -

ނޯވޭގެ އޮސްލޯގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި ހިނގި ސަލާމަތީ ހާދިސާއަކާ ގުޅިގެން އިރާގަށް ނިސްބަތްވާ ތިން މީހަކު ހައްޔަރުކޮށްފިއެވެ.


🇮🇷 -

ރޮއިޓާސް އިން ރިޕޯޓުކުރާ ގޮތުގައި، އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅީގައި ގިނަ އަދަދެއްގެ މައިން (mines) ވަޅުލާފައެވެ.


🇺🇸🇷🇴 -

އެމެރިކާގެ ތެޔޮ އަޅާ ބޯޓުފަހަރު ބޭނުންކުރުމަށް ރޫމޭނިޔާގެ އެއާބޭސްތައް ބޭނުންކުރުމުގެ ހުއްދަ އެ ގައުމުން ދީފިއެވެ.


🇺🇸🇮🇷 -

އީރާނުން އެމެރިކާގެ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ކެލިފޯނިއާގެ އައްސޭރިފަށަށް ޑްރޯން ހަމަލާ ދީފާނެ ކަމުގެ އިންޒާރު އެފް.ބީ.އައި އިން ފުލުހުންނަށް ދީފިއެވެ.


🇱🇧🇮🇷🇮🇱 -

ލުބުނާނުގެ ހިޒްބުالله އިން އިސްރާއީލަށް އެއްފަހަރާ 100 އަށްވުރެ ގިނަ ރޮކެޓް ހަމަލާ ފޮނުވާލާފައިވެއެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން އެއް ދުވަހެއްގެ ތެރޭގައި ދިން އެންމެ ވަރުގަދަ ހަމަލާއެވެ.


🇺🇸🇮🇷 -

މާރިޗު 1 ވަނަ ދުވަހު ކުވެއިތަށް އީރާނުން ދިން ޑްރޯން ހަމަލާގައި ކުރިން ހީކުރި ވަރަށްވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށާއި، އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިންނަށް ސީރިއަސް އަނިޔާ ލިބިފައިވާ ކަމަށް ސީ.ބީ.އެސް ނިއުސް އިން ބުނެއެވެ.


🇺🇸🛢 -

އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އެ ގައުމުގެ ތެޔޮ ރިޒާވުން 172 މިލިއަން ފީފާ ތެޔޮ ބާޒާރަށް ނެރުމަށް އަމުރުކޮއްފައެވެ.


🇱🇧🇮🇱 -

އިސްރާއީލުން ބެއިރޫތުގެ ރަމްލެޓް އަލް-ބައިދާއަށް ދިން ހަމަލާއެއްގައި އާންމުންގެ 10 މީހަކު މަރުވެފައިވާ ކަމަށް ލުބުނާނުގެ މީޑިއާތަކުން ރިޕޯޓުކޮއްފައިވެއެވެ.


🇺🇸🇮🇶 -

އިރާގުގެ ކިރްކޫކްގައި އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތެއްގެ ތިން މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.


🇺🇸🇮🇷🇮🇱 -

"އީރާނު ހަނގުރާމައިގެ ފުރަތަމަ ހަފުތާގައި އެމެރިކާއަށް 11.3 ބިލިއަން ޑޮލަރުގެ ޚަރަދުވެފައިވާ ކަމަށް ޕެންޓަގަނުން ކޮންގްރެސްއަށް އަންގާފައިވާ" ކަމަށް އޭ.ޕީ (AP) ގެ މަސްދަރަކުން މައުލޫމާތު ދީފިއެވެ.

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page