top of page
Featured Posts

އީރާނު ހަނގުރާމަ / މާރިޗު 10، އެގާރަވަނަ(11) ދުވަހުގެ ޚުލާޞާ:


🇺🇸🇮🇷⚡️-

"އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރުން މިހާރު އެޖެންޑާގައި ނެތް." - އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރާޣްޗީ.


🇮🇷🇦🇪🇴🇲⚡️-

ޔޫ.އޭ.އީގެ އަބޫދާބީގެ އުތުރުން ކަނޑުގެ އުޅަނދަކަށް ހަމަލާ އަމާޒުވެއްޖެއެވެ.


🇺🇸🇮🇷🇮🇱⚡️-

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭ ހަމަލާތައް ކުރިއަށްދާއިރު، އިސްރާއީލުން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ތެޔޮ ރައްކާކުރާ ގުދަންތަކަށެވެ.


🇺🇸🇮🇷🇮🇱⚡️-

އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ "އޮޕަރޭޝަން އެޕިކް ފިއުރީ" ފެށުނު ފަހުން މިހާތަނަށް އީރާނުގެ އެކި ސަރަހައްދުތަކުން 1,348 މީހުން މަރުވެ، 17,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އީރާނުގެ ރެޑް ކްރެސެންޓުން ރިޕޯޓްކޮށްފައިވެއެވެ.


🇦🇪🇮🇷⚡️-

މެދުއިރުމަތީގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ މަރުކަޒު ކަމަށްވާ އަބޫދާބީގެ ރުވައިސް އިންޑަސްޓްރިއަލް ކޮމްޕްލެކްސްއަށް އީރާނުގެ ޑްރޯން ހަމަލާއެއް އަރާފައިވާކަން އަބޫދާބީން ކަށަވަރުކޮށްދީފިއެވެ.


🇺🇸🏳️⚡️-

އެމެރިކާއިން އަފްޣާނިސްތާނުގެ އިސްލާމީ އެމިރޭޓަކީ "ނުހައްގުން މީހުން ބަންދުކުރުމަށް އެހީތެރިވާ ދައުލަތެއް" (State Sponsor of Wrongful Detention) ގެ ގޮތުގައި ކަނޑައަޅައިފިއެވެ.


🇨🇦🇺🇸⚡️-

ކެނެޑާގެ ޓޮރޮންޓޯގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް މިއަދު ފަތިހުގެ ވަގުތެއްގައި ބަޑީގެ ހަމަލާތަކެއް ދީފިއެވެ.


🇺🇸🇮🇷⚡️-

އީރާނު ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އެމެރިކާގެ 150 އަށްވުރެ ގިނަ ސިފައިން ޒަޚަމްވެފައިވާ ކަމަށް "ރޮއިޓާސް" އިން ބުނެފިއެވެ.


🇺🇸🇮🇷⚡️-

ހޯރްމޫޒް ކަނޑުއޮޅީގައި މައިން ވަޅުލުމަށް އީރާނުން ތައްޔާރުވަމުންދާ ކަމުގެ ނިޝާންތަކެއް އެމެރިކާގެ ޖާސޫސީ އިދާރާތަކަށް ފެނިފައިވެއެވެ. އީރާނުން މިކަމަށް ބޭނުންކުރަނީ 2 ނުވަތަ 3 މައިން އުފުލޭ ވަރުގެ ކުދި އުޅަނދުފަހަރު ކަމަށް ސީ.ބީ.އެސް އަދި ސީ.އެން.އެން އިން ރިޕޯޓްކުރެއެވެ.


🇮🇷🇮🇱⚡️-

އީރާނުން އިސްރާއީލަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ހަނގުރާމައިގެ ފުރަތަމަ ދުވަހު ދިން ހަމަލާތަކާ އެއްވަރުގެ ނުވަތަ އެއަށްވުރެ ވެސް ވަރުގަދަ ހަމަލާތަކެކެވެ.


🇱🇧🇮🇱⚡️-

ލުބުނާނާއި އިސްރާއީލް ގުޅޭ ބޯޑަރު ސަރަހައްދުގައި ހިޒްބުﷲ އާއި އިސްރާއީލުގެ އިސްތިއުމާރީ ސިފައިންގެ މެދުގައި ކުރިމަތިލުންތައް ދަނީ ކުރިއަށެވެ.


🇮🇷🇸🇦🇦🇪⚡️-

އެންމެ ދެ ގަޑިއިރުގެ ތެރޭގައި އީރާނުން ވަނީ ފަސް ގައުމަކަށްވުރެ ގިނަ ގައުމުތަކަށް އަމާޒުކޮށް ހަމަލާ ފޮނުވާލާފައެވެ.


🇺🇸🇮🇶⚡️-

ބަޣުދާދު އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މަރުކަޒަށް ދެ ޑްރޯން ހަމަލާއެއް އަމާޒުވި ކަމަށާއި، އޭގެ ތެރެއިން އެއް ޑްރޯން އެ މަރުކަޒަށް ސީދާ އެރި ކަމަށް މަޞްދަރުތަކުން "ވޮޝިންޓަން ޕޯސްޓް" އަދި "ރޮއިޓާސް" އަށް މައުލޫމާތު ދީފިއެވެ.


🇫🇷🛢-

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ތިރިކުރުމަށްޓަކައި، ތާރީޚުގައި ވެސް ރިޒާވުން އެންމެ ގިނަ އަދަދަކަށް ތެޔޮ ބާޒާރަށް ނެރުމަށް އިންޓަނޭޝަނަލް އެނާޖީ އޭޖެންސީން ވަނީ ހުށަހަޅާފައެވެ. މިކަމާ މެދު ގޮތެއް ނިންމާނީ އަންނަ ބުދަ ދުވަހުއެވެ. މިގޮތަށް ނެރޭ ތެލުގެ އަދަދު، 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތުމާ ގުޅިގެން ބާޒާރަށް ނެރުނު 182 މިލިއަން ފީފާއަށްވުރެ ގިނަވާނެ ކަމަށް ބެލެވެއެވެ. - "ވޯލް ސްޓްރީޓް ޖަރނަލް".

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page