top of page
Featured Posts

މާރިޗު 9، އީރާނު ހަނގުރާމަ ދިހަވަނަ(10) ދުވަހުގެ ޚުލާޞާ:


🇺🇸🇮🇶⚡️ -

ޢިރާގުގެ ކުރުދިސްތާނުގައިވާ އަރްބީލް އެއާޕޯޓް ކައިރީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ޑްރޯން ހަމަލާއެއް އަމާޒުވެފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފައިވެއެވެ.


🇮🇷🇧🇭⚡️ -

އީރާނުން ބަޙްރައިންގެ ބަޕްކޯ (BAPCO) ތެޔޮ ސާފުކުރާ ކާރުޚާނާއަށް ހަމަލާދީފިއެވެ. މި ހަމަލާއާ ގުޅިގެން އެ ކުންފުނިން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.


🇺🇸🇺🇦⚡️ -

ޔޫކްރެއިނުގެ ރައީސް ޒެލެންސްކީ ބުނި ގޮތުގައި، އީރާނުގެ ޑްރޯންތަކުން އެމެރިކާގެ މަރުކަޒުތައް ދިފާއުކުރުމަށްޓަކައި ޔޫކްރެއިނުން ވަނީ ޑްރޯން މާހިރުންނާއި ޑްރޯން ހުއްޓުވާ ވަސީލަތްތައް އުރުދުންއަށް ފޮނުވާފައެވެ.


🇺🇸🇸🇾🇮🇷⚡️ -

ސޫރިޔާގެ ކުރުދީން، އީރާނުގެ ކުރުދީންނަށް އިންޒާރު ދެމުން ބުނެފައިވަނީ އެމެރިކާއާއެކު އިއްތިހާދު ނުވުމަށެވެ. އެއީ އެތައް އަހަރެއްގެ އެއްބާރުލުމަށްފަހު އެމެރިކާއިން އެބައިމީހުން "ބާކީކޮށްލި" ތަޖުރިބާގެ އަލީގައެވެ.


🇧🇪⚡️ -

ބެލްޖިއަމްގެ ލީޖް ސިޓީގައި ހުންނަ ޔަހޫދީ ފައްޅިއެއްގެ ދޮރުމަތީގައި ގޮވުމެއް ގޮވާފައިވެއެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.


🇺🇸🇮🇱⚡️ -

އެމެރިކާއާއި އިސްރާއީލުން ގުޅިގެން މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުގެ މަރުކަޒީ ސަރަހައްދުތަކަށް އެތައް ފަހަރަކު ހަމަލާދީފައިވެއެވެ..


🇮🇷🇮🇱⚡️ -

އީރާނުން އިސްރާއީލަށް ދިން ބެލިސްޓިކް މިސައިލް ހަމަލާތަކުގައި މަދުވެގެން ދެ މީހަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެފައިވާކަން ކަށަވަރުވެއްޖެއެވެ. މި ހަމަލާތަކުގައި ކްލަސްޓަރ ބޮން ވެސް ބޭނުންކޮށްފައިވެއެވެ.


🇺🇸🇮🇷⚡️ -

އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ ޕާޝިއަން ގަލްފުގައި އޮތް އީރާނުގެ ތިން އުޅަނދަކަށް ހަމަލާދީފައެވެ. މީގެ ތެރެއިން ދެ އުޅަނދު އޮތީ ބަންދަރު ލެންގޭ ކައިރީގައެވެ. އަދި އަނެއް އުޅަނދު އޮތީ ބަންދަރު ކޮންގް ކައިރީގައެވެ.


🇸🇦⚡️ -

ސައުދީ އަރަމްކޯއިން އެ ގައުމުގެ ދެ ތެޔޮ ވަޅަކުން ތެޔޮ ނަގާ މިންވަރު މަދުކުރަން ފަށާފައިވާ ކަމަށް ރޮއިޓާސްއިން ބުނެފިއެވެ.


🇺🇸🇹🇷⚡️ -

ތުރުކީގެ ދެކުނުގައިވާ އަދަނާގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓްގެ މުވައްޒަފުން އެމެރިކާއިން އެ ގައުމުން ބާލަން ފަށައިފިއެވެ.


🇱🇧🇮🇱⚡️ -

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އިސްރާއީލުގެ ބައިތު ޝެމޭޝްގައި ހުންނަ "SES" ސެޓެލައިޓް މަރުކަޒު ފުނޑުފުނޑުކޮށްލާފައިވާކަން ވީޑިއޯތަކުން ކަށަވަރުވެއެވެ.


🇱🇧🇮🇱⚡️ -

ލުބުނާނުގެ ދެކުނުގައި ހިނގި ކުރިމަތިލުންތަކުގައި އިސްރާއީލުގެ ސްޓާފް ސާޖަންޓެއް މަރުވެފައިވާކަން އިސްރާއީލުގެ އަސްކަރިއްޔާއިން އިއުލާނުކޮށްފައިވެއެވެ.


🇱🇧🇮🇱⚡️ -

ދެކުނު ލުބުނާނުގެ ޚިޔާމް ސަރަހައްދުގައި ހިޒްބުﷲ އާއި އިސްރާއީލް ސިފައިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި، އިސްރާއީލުގެ މަދުވެގެން ދެ މޭކާވާ ޓޭންކަށް ހިޒްބުﷲ އިން ހަމަލާދީ ގެއްލުން ދީފައިވެއެވެ.


🇫🇷🇮🇷⚡️ -

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ނުރައްކާ ކުރިމަތިވެފައިވާ އެކުވެރި ގައުމުތަކަށް އެހީވުމަށްޓަކައި، ފަރަންސޭސިވިލާތުން ވަނީ އެ ގައުމުގެ އެއާކްރާފްޓް ކެރިއަރ ހިމެނޭހެން 12 ވަރަކަށް މަނަވަރު މެޑިޓަރޭނިއަން، ރަތް ކަނޑު އަދި ހޯރްމޫޒް ކަނޑުއޮޅިއާ ދިމާލަށް ފޮނުވާފައެވެ.


🇺🇸🇮🇷⚡️ -

އީރާނުގެ ބޭރުގައި ސިއްރުން ހަރަކާތްތެރިވާ "ސްލީޕަރ އެސެޓްސް" ތަކަށް އޮޕަރޭޝަންތައް ފެށުމަށް އީރާނުން ދީފައިވާ ސިއްރު މެސެޖުތަކެއް އަތުލައިގަނެވިފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެ.


🇦🇪🇮🇷⚡️ -

އީރާނުން ފޮނުވާލި ހަމަލާތަކެއް ހުއްޓުވުމަށް މަސައްކަތް ކުރަނިކޮށް، ޔޫ.އޭ.އީގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި އޭގެ ދެ ފަޅުވެރިން ވަނީ މަރުވެފައެވެ.


🇺🇸🇮🇷⚡️ -

އީރާނުގައި އަސްކަރީ އޮޕަރޭޝަން ފެށުނު ފަހުން މިހާތަނަށް އެމެރިކާގެ "އެމް.ކިއު-9" މަރުކާގެ 11 ޑްރޯން ގެއްލިފައިވާ ކަމަށް ސީ.ބީ.އެސް އިން ރިޕޯޓްކޮށްފައިވެއެވެ.


🇺🇸🇮🇷⚡️ -

އީރާނުގެ އައު ރޫޙާނީ ލީޑަރަކަށް މުޖްތަބާ ޚާމަނާއީ އައްޔަންކުރުމާ ގުޅިގެން ރައީސް ޓްރަމްޕް ބުނީ، އެއީ އެމީހުން ހެދި ބޮޑު ގޯހެއް ކަމަށާއި، އޭނާއަށް އެ މަގާމުގައި މާ ގިނަ ދުވަހު ދެމިހުރެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.


🇺🇸🇮🇷🇮🇱⚡️ -

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އިންޒާރު ދީފައިވަނީ، އިސްރާއީލާއި އެމެރިކާގެ ސަފީރުން ގައުމުން ބޭރުކުރާ ކޮންމެ ޢަރަބި ނުވަތަ ޔޫރަޕް ގައުމަކަށް، މާދަމާ އިން ފެށިގެން ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ފުރިހަމަ ހުއްދަ އޮންނާނެ ކަމަށެވެ.


🇺🇸🇮🇷⚡️ -

ރައީސް ޓްރަމްޕް ބުނީ މި ހަނގުރާމަ އަދި ނިންމާލެވެން ނެތް ކަމަށާއި، އެމެރިކާއިން އަދި މިއަށްވުރެ ކުރިއަށްދާނެ ކަމަށެވެ.


🇺🇸🇮🇷⚡️ -

އީރާނުގެ އަންހެން ކުދިންގެ ސްކޫލަށް ބޮން އެޅީ އީރާނުން އަމިއްލައަށް "ޓޮމަހޯކް" މިސައިލް ބޭނުންކޮށްގެން ކަމަށް ޓްރަމްޕް ތުހުމަތުކޮއްފިއެވެ. (ނަމަވެސް އީރާނުގެ އަތުގައި އެފަދަ މިސައިލެއް ނުހުރެއެވެ).


🇺🇸🇮🇷⚡️ -

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނީ ހަނގުރާމަ ނިމޭނެ ވަގުތު ކަނޑައަޅާނީ އެމީހުން ކަމަށާއި، އެއީ އެމެރިކާގެ އަތްމަތީގައި އޮތް ކަމެއް ނޫން ކަމަށެވެ.


🇮🇶⚡️ -

ޢިރާގުގެ އަރްބީލްގައި ހުންނަ "PJAK" ޖަމާއަތުގެ މަރުކަޒަށް ޑްރޯން ހަމަލާތަކެއް އަރައިފިއެވެ.


🇺🇸🇮🇷🇧🇭⚡️ -

ބަޙްރައިންގެ މަނާމާގައި ހުރި އުސް އިމާރާތަކަށް އީރާނުގެ ޑްރޯން ހަމަލާއެއް އަރައި، އެމެރިކާގެ 13 މީހަކު ޒަޚަމްވެ، ބަޙްރައިންގެ އެކަކު މަރުވެފައިވާކަން ކަށަވަރުވެއްޖެއެވެ.


🇺🇸🇷🇺🇮🇷⚡️ -

އީރާނުގައި ހިންގާ އަސްކަރީ އޮޕަރޭޝަނާ ގުޅޭގޮތުން ރައީސް ޓްރަމްޕް ވަނީ ރަޝިޔާގެ ރައީސް ޕޫޓިންއާ ފޯނުން ގުޅާ މަޝްވަރާކޮށްފައިވެއެވެ.


🛢⚡️ - އިގްތިސާދީ މާހިރުން އަންދާޒާކުރާ ގޮތުގައި، ހާލަތު އެންމެ ގޯސްވެއްޖެނަމަ 2026 ގެ މެދުތެރޭގައި ތެޔޮ ފީފާއެއްގެ އަގު 150 ޑޮލަރަށް އުފުލިދާނެއެވެ.


🇭🇺🛢⚡️ -

ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޯބަން ބުނީ، ތެލުގެ ކާރިސާއާ ގުޅިގެން މާދަމާ އިން ފެށިގެން އެ ގައުމުގައި ތެލުގެ އަގުތައް ކޮންޓްރޯލް ކުރާނެ ކަމަށެވެ.


🇺🇸🇮🇷🛢⚡️ -

ބާޒާރުގައި ތެލުގެ އަގު ކުއްލިއަކަށް %25 ދަށަށް ގޮސް، ފީފާއެއްގެ އަގު 86 ޑޮލަރަށް ތިރިވެފައިވެއެވެ. ނަމަވެސް ހަނގުރާމަ ކުރިއަށްދާތީ މި އަގު އަނެއްކާވެސް ވަރަށް ބޮޑަށް އުފުލޭނެ ކަމަށް ބެލެވެއެވެ.


Telegram channel

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page