top of page
Featured Posts

މާރިޗު 8، އީރާނު ހަނގުރާމަ ނުވަވަނަ(9) ދުވަހުގެ ޚުލާޞާ:


🇺🇸🇮🇷🇸🇦 -

މާރިޗު 1 ވަނަ ދުވަހު ސައުދީ އަރަބިއްޔާގައި ދިން ހަމަލާއެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އެމެރިކާގެ އިތުރު ސިފައިންގެ މީހަކު މަރުވެފައިވާކަން ސެންޓްކޮމް އިން އިއުލާނުކޮށްފިއެވެ. މިއާއެކު މިހާތަނަށް މަރުވި އެމެރިކާ ސިފައިންގެ ޖުމްލަ އަދަދު ވަނީ އަށަކަށް އަރާފައެވެ.



🇮🇷 -

އީރާނުގެ ކުރީގެ ރޫޙާނީ ލީޑަރު ޢަލީ ޚާމަނާއީގެ ދަރި، މުޖްތަބާ ޚާމަނާއީ ރަސްމީކޮށް އީރާނުގެ އައު ރޫޙާނީ ލީޑަރަކަށް އައްޔަންކޮށްފިއެވެ. އޭނާއަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ބެލެވޭއިރު، އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ފުރިހަމަ ތާއީދު އޭނާއަށް އޮވެއެވެ. އަދި އޭނާއަކީ "ބަސީޖް" މިލިޝިއާގެ އަމަލީ ލީޑަރު ކަމަށް ވެސް ތުހުމަތު ކުރެވެއެވެ.


🛢 - ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 116 ޑޮލަރަށް އުފުލިފައެވެ. މިއީ އެންމެ ދުވަހެއްގެ ތެރޭގައި %28 ގެ ބޮޑު ...


🇯🇵🇰🇷🇹🇼 -

ހޯރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ތެލުގެ ދަތިކަން ކުރިމަތިވެ، އޭޝިއާގެ ހިއްސާގެ ބާޒާރުތައް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ:


ދެކުނު ކޮރެއާ: %8-

ޖަޕާން: %7-

ތައިވާން: %5.5-


🇶🇦 -

ޤަޠަރުގެ އިގްތިސާދީ އަދި ސައިބަރ ކުށްތަކާ ބެހޭ އިދާރާއިން ހާމަކުރި ގޮތުގައި، ހަގީގަތާ ޚިލާފު މައުލޫމާތު ފެތުރުމާއި ވީޑިއޯ އާންމުކުރުމުގެ ތުހުމަތުގައި އެކި ގައުމުތަކަށް ނިސްބަތްވާ 313 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.


🇺🇸🇮🇷🇧🇭 -

އީރާނުގެ ގިޝްމް ރަށުގައި ހުންނަ ފެން ސާފުކުރާ ކާރުޚާނާއަކަށް އެމެރިކާއިން ހަމަލާދިނުމާ ގުޅިގެން، އީރާނުން ވަނީ ބަޙްރައިންގެ ފެން ސާފުކުރާ ކާރުޚާނާއަކަށް ޑްރޯން ހަމަލާއެއް ދީފައެވެ.


🇮🇷🇸🇦 -

ސައުދީ އަރަބިއްޔާގެ އަލް-ޚަރްޖް ސަރަހައްދުގައި ހުންނަ މީހުން ދިރިއުޅޭ އިމާރާތަކަށް އީރާނުން ދިން ހަމަލާއެއްގައި އެތަނުގައި މަސައްކަތްކުރާ ދެ މީހަކު ވަނީ މަރުވެފައެވެ. މަރުވީ އިންޑިއާއާއި ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މަސައްކަތްތެރިންނެވެ.


🇦🇪🇮🇷🇮🇱 -

ޔޫ.އޭ.އީ އިން ފުރަތަމަ ފަހަރަށް އީރާނުގެ މަގާމުތަކަށް ހަމަލާދީފައިވާ ކަމަށް އިސްރާއީލުން ބުނި ނަމަވެސް، ޔޫ.އޭ.އީ އިން ވަނީ އެކަން ދޮގުކޮށްފައެވެ.


🇱🇧🇮🇱 -

1986 ވަނަ އަހަރު ގެއްލުނު އިސްރާއީލުގެ ޕައިލެޓް ރޮން އަރާޑްގެ ހަށިގަނޑުގެ ބައިތައް ހޯދުމަށް އިސްރާއީލުން އިރުމަތީ ލުބުނާނަށް އަލުން ހެލިކޮޕްޓަރުތަކާއި ސިފައިން ފޮނުވައިފިއެވެ. މި އޮޕަރޭޝަނުގެ ތެރޭގައި އިސްރާއީލުގެ ހެލިކޮޕްޓަރަކަށް ހަމަލާދީފައިވާ ކަމަށް ހިޒްބުﷲ އިން ވަނީ ބުނެފައެވެ.


🇱🇧🇮🇱 -

އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން ލުބުނާނުގެ ބައި މިލިއަނަށްވުރެ ގިނަ ރައްޔިތުން ގެދޮރު ދޫކޮށް ހިޖުރަކޮށްފައިވާކަން ލުބުނާނު ސަރުކާރުން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.


🇺🇸🇧🇭🇮🇷 -

ބަޙްރައިންގެ މަނާމާގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް، ހަމަލާ ހުއްޓުވަން ފޮނުވާލި އެމެރިކާގެ "ޕޭޓްރިއޮޓް" މިސައިލެއް އޮޅިގެން ވެއްޓިފައިވާއިރު، އީރާނުން ވެސް ވަނީ ބަޙްރައިންގެ އަމާޒުތަކަށް ހަމަލާދީފައެވެ.


🇺🇸🇮🇶 -

ޢިރާގުގެ ބަޣުދާދުގައި ހުންނަ އެމެރިކާގެ ވިކްޓޯރިއާ ބޭސްއަށް ޑްރޯން ހަމަލާތަކެއް އަމާޒުވެއްޖެއެވެ.


🇺🇸🇮🇷🇰🇼 -

ކުވައިތުގައި ހުންނަ ޢަލީ އަލް-ސާލިމް ވައިގެ މަރުކަޒަށް ޑްރޯން ހަމަލާތަކެއް ދީފިއެވެ.


🇺🇸🇮🇷🇯🇴 -

އުރުދުންގައި ހުންނަ މުވައްފަޤު އައްސަލްޠީ ވައިގެ މަރުކަޒަށް އީރާނުން މިސައިލް ހަމަލާތަކެއް ފޮނުވާލައިފިއެވެ.


🇮🇷🇮🇱 -

އީރާނުގެ އައު ރޫޙާނީ ލީޑަރު އިއުލާނުކުރުމަށްފަހު، އިސްރާއީލަށް އަމާޒުކޮށް ތިން ފަހަރެއްގެ މަތިން މިސައިލް ހަމަލާތައް ވަނީ ދީފައެވެ. މި ހަމަލާތަކުގައި އިސްރާއީލުގެ މަރުކަޒީ ސަރަހައްދުތަކަށް ކްލަސްޓަރ ބޮންތައް އެރުމުގެ ސަބަބުން، ތަލް އަބީބްގެ ބައެއް އަވަށްތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ.


🇱🇧🇮🇱 -

ރޭ ހިޒްބުﷲ އާއެކު ހިނގި ކުރިމަތިލުންތަކުގައި އިސްރާއީލުގެ އިތުރު ދެ ސިފައިން ވަނީ މަރުވެފައެވެ.

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page