top of page
Featured Posts

ވޭތުވެދިޔަ 20 ގަޑިއިރުގެ ތެރޭގައި އެމެރިކާ-އިސްރާއީލާއި އީރާނާ ދެމެދު ހިނގި ހަނގުރާމައިގެ ޚުލާޞާ


ތިރީގައިވާ ހުރިހާ މަޢުލޫމާތަކީ ފެންނަން ހުރި ހެކިތަކުންނާއި އިތުބާރު ހުރި މަޞްދަރުތަކުން ކަށަވަރުކުރެވިފައިވާ މަޢުލޫމާތެވެ.


އީރާނާއި ޢިރާގުގެ މިލިޝިޔާތަކުން ދިން ހަމަލާތައް:


ޤަޠަރުގައި ހުންނަ އަލް-ޢުދައިދު ވައިގެ މަރުކަޒަށް ހަމަލާދިނުން.


ބަޙްރައިންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް (ޏށާ ޞަހރަިނ) ހަމަލާދިނުން.


ޔޫ.އޭ.އީގެ އަލް-ޛަފްރާ މަރުކަޒަށް ހަމަލާދިނުން.


ސައުދީ އަރަބިއްޔާގެ ޕްރިންސް ސުލްޠާން މަރުކަޒަށް ހަމަލާދިނުން.


ކުވައިތުގެ ޢަލީ އަލް-ސާލިމް މަރުކަޒަށް ހަމަލާދިނުން.


ޢިރާގުގެ ކުރުދިސްތާނުގެ އަރްބީލްގައި ހުންނަ އެމެރިކާގެ މަރުކަޒަށް ހަމަލާދިނުން.


އުރުދުންގެ މުފައްޤު އަލް-ސުލްޠީ ވައިގެ މަރުކަޒަށް ހަމަލާދިނުން.


ބަޙްރައިންއާއި ޤަޠަރުގެ ރޭޑާ ނިޒާމުތަކަށް ހަމަލާދިނުން.


ޔޫ.އޭ.އީ އާއި ބަޙްރައިންގެ އެއާޕޯޓްތަކަށް ހަމަލާދިނުން.


އިސްރާއީލަށް އަމާޒުކޮށް 50 އަށްވުރެ ގިނަ ފަހަރު މިސައިލް ފޮނުވާލުން.


އިސްރާއީލުގެ އެކި ތަންތަނަށް މިސައިލްތައް އެރުން.


ކަނޑުގެ އުޅަނދަކަށް ހަމަލާދިންކަން ކަށަވަރުވުން (ބެލެވޭ ގޮތުގައި މިއީ އިސްރާއީލުގެ އަސްކަރީ މަނަވަރެއް).


ގަލްފުގެ ގައުމުތަކާއި، ޔޫ.އޭ.އީ، ބަޙްރައިން އަދި ޤަޠަރުގެ މުހިންމު ބިނާތަކަށް ޖާނުން ފިދާވުމުގެ ޑްރޯން ހަމަލާތައް އެރުން.


އިސްރާއީލުގެ 120 އަށްވުރެ ގިނަ މީހުން މަރުވުން ނުވަތަ ޒަޚަމްވުން، އަދި އެމިރޭޓްސްގެ އެކަކު މަރުވުން.


އަރްބީލްއަށް ޑްރޯން ހަމަލާތަކެއް ދިނުން.


އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތައް:


އީރާނުގެ ރޫޙާނީ ލީޑަރު ޢަލީ ޚާމަނާއީ މަރާލުން.


އީރާނުގެ އަސްކަރިއްޔާގެ އިސް ހަ މީހަކު މަރާލުން.


އީރާނުގެ އެކި ތަންތަނަށް 900 އަށްވުރެ ގިނަ ހަމަލާ ދިނުން.


އާންމުންގެ 100 އަށްވުރެ ގިނަ މީހުން މަރުވުން، މީގެ ތެރޭގައި އަންހެން ކުދިންގެ ސްކޫލަކަށް ދިން ހަމަލާއެއްގައި 80 އަށްވުރެ ގިނަ ކުދިން މަރުވުން ހިމެނޭ.


އީރާނުގެ ގިނަ އަދަދެއްގެ މިސައިލް މަރުކަޒުތަކަށް ހަމަލާދިނުން.


އީރާނުގެ ދިފާއީ ވުޒާރާގެ އިމާރާތަށް ހަމަލާދިނުން.


އީރާނުގެ ރިޔާސީ ގަނޑުވަރަށް ހަމަލާދިނުން.


އީރާނުގެ ރޫޙާނީ ލީޑަރުގެ އޮފީހަށް ހަމަލާދިނުން.


މުޅި އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުން، އިސްރާއީލުގެ އަންދާޒާއަކީ އީރާނުގެ އުޑުމަތީގެ ފުރިހަމަ ބާރު މިހާރު ހޯދިފައިވާ ކަމަށެވެ.



telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page