top of page
Featured Posts

އަހަރުމެން ތިބާއަށް މިގޮވާލަނީ ﷲ ގެ ފޮތަށް އައުމަށެވެ.“

  • --
  • Feb 19
  • 1 min read

🌴 ޞަޙާބީ ޖުންދުބު ބްނު ޢަބްދި ﷲ (≈70ހ) ގެ އަރިހަށް ވަތް ޚަވާރިޖުންގެ ބަޔަކު ވަދެ ބުނިކަމަށް ރިވާކުރެވުނެވެ:


”އަހަރުމެން ތިބާއަށް މިގޮވާލަނީ ﷲ ގެ ފޮތަށް އައުމަށެވެ.“


އެކަލޭގެފާނު ވިދާޅުވިއެވެ:

”ނާހަމަ ކަލޭމެންހެއްޔެވެ!؟“


އެމީހުން ބުންޏެވެ:

”އަހަރުމެންނެވެ.“


އަނެއްކާ އެކަލޭގެފާނު ވިދާޅުވިއެވެ:

”ހަމަ ކަލޭމެންހެއްޔެވެ!؟“


އެމީހުން ބުންޏެވެ:

”އަހަރުމެންނެވެ.“


ދެން ވިދާޅުވިއެވެ:

”އޭ ﷲ ގެ ޚަލްޤުތަކުންގެ ތެރެއިންވާ އެންމެ ނުބައި މީހުންނޭވެ!


ކަލޭމެން ތިމަންބޭކަލުންނަށް ތަބަޢަވެގެން މަގުފުރެދުން ޚިޔާރުކުރެވެނީހެއްޔެވެ!؟

[އެހެން ނައްޞެއްގައި: ކަލޭމެން މަގުފުރެދިދާނޭކަމަށް ބިރުގަންނަނީ ތިމަންބޭކަލުންނަށް ތަބަޢަވެގެންހެއްޔެވެ!؟]


ނުވަތަ ތިމަންބޭކަލުންގެ ސުންނަތް ނޫން އެއްޗަކުން ކަލޭމެން ތެދުމަގު ހޯދަން އުޅެނީހެއްޔެވެ!؟


މިތަނުން ނިކުމެގެންދާށެވެ!“


📖 އިޢުލާމުލް މުވައްޤިޢީން 📖

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page