”އަހަރުމެންގެ މައްޗަށް ޒަމާނެއް އައިސްފައި ދިޔައެވެ....
- --
- Feb 19
- 1 min read

🔥އިބްނު ޢުމަރު (74ހ) ވިދާޅުވިކަމަށް ރިވާކުރެވެއެވެ:
”އަހަރުމެންގެ މައްޗަށް ޒަމާނެއް އައިސްފައި ދިޔައެވެ.
އެޒަމާނުގައި އެއްވެސް މީހަކު އޭނާގެ އަމިއްލަ ދީނާރާއި ދިރުހަމަށް އޭނާގެ މުސްލިމް އަޚާއަށްވުރެ ވަކި ޙައްޤުވެގެން ނުވެއެވެ.
(އެބަހީ: އޭނާގެ އަމިއްލަ މުދަލާއި ފައިސާގައި އޭނާގެ އަޚާއަށް އަތްނުލެވި އޭނާއަށް މާ ޙައްޤުކަމަށް ނުދެކެއެވެ.)
އެއަށްފަހު މިހާރު މިވަނީ، ދީނާރާއި ދީނާރު އަހަރުމެންކުރެ މީހަކަށް އޭނާގެ މުސްލިމް އަޚާއަށްވުރެ ބޮޑަށް ލޮބުވެތިކަން ބޮޑު އެއްޗަކަށްވެފައިއެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް އަހަރެން އަޑުއެހީމެވެ:
"ޤިޔާމަތްދުވަހު ކިތައްކިތައް އަވަށްޓެރިން އޭނާގެ އަވަށްޓެރިޔާގެ ގައިގައި އެލިގެންވޭހެއްޔެވެ؟ އެއީ މިހެން ބުނާ ޙާލުގައިއެވެ:
"އޭ އަޅުގެ ވެރި ރައްބެވެ! މީނާގެ ގޭގެ ދޮރު އަހަރެންގެ ކުރިމަތީގައި ލައްޕާ، ހެޔޮފޯރުކޮށްދިނުން މަނާކުރިއެވެ." “
📚 އަލްއަދަބުލް މުފްރަދު ލިލްބުޚާރީ، މުސްނަދު އަޙްމަދު 📚





































































































