Search
ޞިހްޔޫނީ ސިފައިން ބަދަލުވެގެން ޖެނީންގެ ހޮސްޕިޓަލަކަށް ވަދެ ތިން މީހަކު ޝަހީދުކޮށްލައިފި
- haqqubooks

- Jan 31
- 1 min read

އިސްރާއީލުގެ ކައުންޓަރ-ޓެރަރިޒަމް ކޮމާންޑޯ ބްރިގޭޑެއް ކަމަށްވާ "ޔުނިޓް 217" (ދުވްދެވަން) ގެ ސިފައިން، ސިފަ ބަދަލުކޮށްގެން ޖެނީންގައި ހުންނަ އިބްނު ސީނާ ހޮސްޕިޓަލަށް ވަދެގަނެފިއެވެ. ސިއްރު އޮޕަރޭޝަންތަކަށް ޚާއްޞަ މި ޔުނިޓުގެ ސިފައިން ހޮސްޕިޓަލަށް ވަނީ ސިއްހީ ޚިދުމަތްތެރިންގެ ގޮތުގައި ހެދުން އަޅައިގެންނެވެ. މީގެ ތެރޭގައި ބުރުގާ އަޅައިގެން ތިބި އަންހެން ސިފައިންނާއި، ފޭކު ތުނބުޅި ޖަހައިގެން އަދި ކޫފީ ތޮފި އަޅައިގެން ތިބި ފިރިހެން ސިފައިން ހިމެނެއެވެ.
މި އަނިޔާވެރި އޮޕަރޭޝަނުގައި ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ ފަލަސްތީނުގެ ތިން ބަލިމީހަކު ވަނީ ޝަހީދުކޮށްލާފައެވެ.





































































































