”މުހިއްމުކަމަކީ ތިބާއަށް ކުޅަދާނަވީ ގޮތަކަށް އިސްލާމްދީނަށް ޚިދުމަތްކުރުމެވެ. މުސްލިމްމީހާގެ މައްޗަށް އޮތް ވާޖިބަކީ މިއެވެ.
- --
- Jan 29
- 1 min read

ޙަދީޘްގައިވަނީ:
"ފަހަރެއްގައި ފިޤުހެއް އުފުލާ މީހާ ފިޤުހުވެރިއެއްކަމުގައި ނުވެދާނެއެވެ. އަދި ފަހަރެއްގައި ފިޤުހެއް އުފުލާ މީހާ އެއަށްވުރެ ފިޤުހުވެރި މީހަކަށް އެގެންގޮސްފާނެއެވެ."
އަހަރުމެންގެ ތެރެއިން ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ އެމީހަކަށް ކުޅަދާނަވީ ވަރަކަށް އިސްލާމްދީނަށް ޚިދުމަތްކުރާށެވެ.
ޙަދީޘްގައި އައިސްފައިވަނީ: ﷲ ގެ މަގުގައި އެއްލޭ "އެންމެ ތީރެއްގެ ސަބަބުން ތިން މީހަކު ސުވަރުގެ ވަންނާނެއެވެ. އެ ތީރު ހެދި މީހާއާއި، އެ ތީރު ދިން މީހާއާއި، އެ އެއްލި މީހާއެވެ."
އެހެންކަމަށްވާނަމަ ﷲ ގެ އިޛްނަފުޅާއެކު ފައިދާހުރި ފޮތެއްގެ ސަބަބުން ސުވަރުގެ ވަނުމަށް މެދުވެރިވާނީ ކިހާބަޔަކުހެއްޔެވެ!؟
އެ ފޮތް ލިޔުނު މީހާ އާއި، އެ ޗާޕުކޮށްދިން މީހާ އާއި،
އެ ފޮތެއް ފަތުރާ ޕުރޮމޯޓުކުރި މީހާ އާއި، އެ ފޮތް ހަދިޔާކުރި މީހާ އާއި،
އެކިޔައިފި މީހާ އާއި، ދަސްކުރި މީހާ އާއި ކިހާބަޔަކުހެއްޔެވެ؟
އިސްލާމްދީނަށް ޚިދުމަތްކުރުމުގައާއި، ހެޔޮކަން ފެތުރުމާއި، މީސްތަކުންނަށް ހެޔޮކަން އުނގަންނައިދިނުމުގައި ހިއްސާވެ ބައިވެރިވި ކޮންމެ މީހަކު ފަހެ ﷲ ގެ އިޛްނަފުޅާއެކުވަނީ އަޖުރުގައި ހިއްސާވެގެންނެވެ.“
-ޝެއިޚު ބަދްރު އަލްޢުތައިބީ-





































































































