އެމީހަކަށް ހަތަރު ލޮލެއްވާ މީހަކު މެނުވީ އެކަކުވެސް ނުވެއެވެ.
- --
- Jan 26
- 1 min read

🌴 ޚާލިދު ބްނު މަޢުދާނު (103ހ) ވިދާޅުވިއެވެ:
”އެމީހަކަށް ހަތަރު ލޮލެއްވާ މީހަކު މެނުވީ އެކަކުވެސް ނުވެއެވެ.
އެއީ އޭނާގެ ދުނިޔަވީ ދިރިއުޅުމުގެ ކަންކަން އެއިން ބެލުމަށް އޭނާގެ މޫނުގައިވާ ދެ ލޮލާއި،
އާޚިރަތުގެ ކަންކަން އެއިން ބެލުމަށް އޭނާގެ ހިތުގައިވާ ދެ ލޮލެވެ.
ދެންފަހެ ﷲ އަޅަކަށް ހެޔޮގޮތް މިންވަރުކުރައްވައިފިނަމަ އޭނާގެ ހިތުގައިވާ ދެ ލޯ ހުޅުވައެވެ.
ދެން ﷲ ޣައިބުގައި ވަޢުދުވެވޮޑިގެންވާ ކަންކަން އޭނާ ދެކެއެވެ. އެ ދެލޮލަކީވެސް ޣައިބުކަމުގައިވާ ޙާލުގައެވެ.
އެގޮތުން ޣައިބުން ޣައިބު ފެނެއެވެ. (އީމާންވެއެވެ.)
އަދި ﷲ އަޅަކަށް އެނޫން ގޮތަކަށް މިންވަރުކުރައްވައިފިނަމަ އެހިތް އެހުރި ގޮތަކަށްވުމަށް ދޫކޮށްލައްވައެވެ.“
ދެން ކިޔަވާ ވިދާޅުވިއެވެ:
أَمْ عَلَى قُلُوبٍ أَقْفَالُهَا [محمد: ٢٤]
"ނުވަތަ ހިތްތަކުގައި ތަޅުއެޅުވި ބަންދުވެގެންވަނީހެއްޔެވެ!؟"
📚 އައްޒުހްދު ލިއަބީ ދާވޫދު، ތަފްސީރުއް ޠަބަރީ، ޙިލްޔަތުލް އައުލިޔާ 📚





































































































