”ނަފްސަށް ޢުޤޫބާތްދީގެން ބުއްދިއަށް އެހީވުން:
- --
- Jan 26
- 2 min read

ނަފްސުގެ ޝަހުވަތްތަކުން އެއް ޝަހުވަތުގައި ޙައްދުފަހަނައަޅާ ދިޔުމުން އެހެން ޝަހުވަތްތަކުން އެނަފްސު މަޙުރޫމުކޮށްލުމަކީ، އެނަފްސު ހަމައަކަށް އަޅުވާ މަތަކުރުމަށް އެހީވެ، އަދި ނަފްސު ހަމަޖެއްސުމަށް ބުއްދިއަށް އެހީދޭނެ ކަމެކެވެ.
މިގޮތަށް ވަޒަންކޮށް އަޅާކިޔުމަކީ: ނަފްސުތަކުގެ ޝަހުވަތްތަކުން އަންނާނޭ ނަތީޖާތައް އެނަފްސަށް ދައްކައިދިނުމަށްޓަކައި ބުއްދިވެރިން ޢުޤޫބާތްތައް ކަނޑައަޅާދޭ ކަންތަކެވެ.
އެވަޤުތެއްގައި ޝަހުވަތު ބޮޑުވެ، އަދި ނަފްސުވެސް އެދުންވެރިކަން ބޮޑުވިވަރަކަށް އެނަފްސު މަތަކޮށް، ކަސްތަޅު އެޅުވުމަށް ބުއްދިއަށް އެހީވާނޭ ޢުޤޫބާތްތަކަށް ބޭނުންޖެހެއެވެ.
މި ޢުޤޫބާތްތަކަކީ އެނަފްސު އެދޭ އެހެން ޝަހުވަތްތަކުން އެނަފްސު މަޙުރޫމުކޮށްލާ ކަންތަކެކެވެ.
އެހެނީ ނަފްސުގެ މައްޗަށް ޢުޤޫބާތްތަކެއް ކަނޑައެޅިގެންވާ ޙާލު ދެން ޝަހުވަތްތަކާ ހެދި އުޅުން އިތުރެއް ނުވެއެވެ.
އެނަފްސުގެ އެހެން ޝަހުވަތްތަކަށް އެ ޢުޤޫބާތްތަކުން ކުރާނޭ އަސަރުން ކަނުކޮށްލާފަދަ ދަހިވެތިކަމަކާއި އެދުން މާބޮޑަށް ނަފްސުގައި އިތުރުވެގެންވާނަމަ މެނުވީއެވެ.
މިޙާލަތުގައި ދެގޮތަކުން ކުރެ ގޮތަކަށް ބުއްދިން އެނަފްސު މަތަކޮށް ކޮންޓުރޯލުކުރަން ޖެހެއެވެ:
ފުރަތަމައީ: ޢުޤޫބާތްތަކުންވެސް އަސަރެއް ނުކުރާގޮތަށް ނަފްސުގެ ޝަހުވަތްތައް މާބޮޑަށް އިތުރުކޮށްލަން މެދުވެރިކުރި ސަބަބުތައް ފިލުވާލުމެވެ.
މުދަލާއި ގުޅުންހިންގުމާއި އެނޫންވެސް ޝަހުވަތަށް ބާރުދޭ ކަންތައްގޮތަށެވެ.
އެގޮތުން މިސާލަކަށް ވައްކަމާއި ރިޝްވަތާއި ފޭރުމާއި މަކަރުހަދައިގެން ޙަރާމް ފައިސާ ހޯދުން، މިހުރިހާކަމަކީ އިންސާނާގެ ގައިގައި އެކަމަށް ގެންދާ ޣަރީޒާތަކެއް ހުރި ކަންކަމެވެ.
އަދި އޭގެ ބޭރުން އެކަމަށް ބާރުދޭ އިތުރު ކަންކަންވެސް އާދެއެވެ. އެއީ މިސާލަކަށް ވައްކަމާއި ރިޝްވަތާއި މަކަރުހެދުމުގެ މަގު ފަސޭހަވެ ފަހިވެފައި އޮތުމެވެ.
މިހިރަ އިތުރު ކަންކަމަކީ ނަފްސުގެ އެހެން ޝަހުވަތްތަކުން އެނަފްސު މަޙްރޫމުކޮށްލާނޭފަދަ ޢުޤޫބާތްތައް ފެނުމުން އެނަފްސު ކަނުކޮށްލާ ކަންތަކެކެވެ.
އެފަދައިންމެ ގުޅުންހިންގުމަށްވެސް ނަފްސުގައި އެކަމަށް ބާރުދޭ އަޞްލީ ޣަރީޒާތަކެއްވެއެވެ. ޒިނޭއަށްވެސްމެއެވެ.
އެއާއެކު ނަފްސުން ބޭރުގައި އެކަމަށް ބާރުދޭ ކަންތަކެއްވެސް ވެއެވެ.
އެއީ އަންހެނާ ޒީނަތް ހާމަކޮށް ކަޝްފުކުރުމާއި، ހިލޭ ފިރިހެން އަންހެން މަސްހުނިވުމާއި، އެކަހެރިވުންފަދަ ކަންކަމެވެ. މިއީ ނަފްސުގެ މައްޗަށް އަންނާނޭ ޢުޤޫބާތް ފެނުން ކަނުކޮށްލާފަދަ ކަންކަމެވެ.
އެ ޣަރީޒާ ފުއްދުމަށް ނަފްސު މާބޮޑަށް ދަމައިގަންނަ ގޮތަށް އިތުރުކޮށްދިން މިހިރަ ސަބަބުތައް ފިލުވާލާ ނައްތާލައިފިނަމަ, ދެން ޖުމްލަގޮތެއްގައި ޝަރީޢަތުގައި އެނަފްސަށް ކަނޑައެޅީގެންވާ ޢުޤޫބާތްތަކުން އެނަފްސު މަތަކޮށް ދުރުކޮށްލުމަށް ފުދޭނެއެވެ.
އެއަށްވުރެ ސަބަބުތައް އިތުރުވާ މިންވަރަކުން ޢުޤޫބާތްތަކުން އަސަރުކުރުން ގެއްލެއެވެ..
ދެވަނައީ: ޝަހުވަތްތަކާއި ޣަރީޒާތައް ފުއްދުމަށް ނަފްސު ގެންދިޔުމަށް މެދުވެރިކުރި އިތުރު ސަބަބުތަކާ އެއްވަރަށް ޢުޤޫބާތްތައްވެސް އިތުރުކޮށް ގިނަކުރުމެވެ. އެއީ ޝަހުވަތުގެ މަސްތުގެ ސަބަބުން ނަފްސަށް ނުފެންނަ ކަންތަކަށް ވެއްޓިގެންދިޔުމުން އެނަފްސު ހުއްޓުވާ، ގެންނަން ބުއްދިއަށް ބާރުލިބިގެން ދިޔުމަށެވެ.
މިއީ ބަނގުރާ ބުއިމުގެ ޙައްދާމެދު ޢުމަރު ބްނުލް ޚައްޠާބު ޢަމަލުކުރެއްވި ގޮތެވެ.
ނަފްސު އެޝަހުވަތަށް އޮންނަ ސަބަބުތައް އިތުރުވިހިނދު އޭގެ ޢުޤޫބާތްވެސް އިތުރުކުރެއްވިއެވެ. އައްސާއިބު ބްނު ޔަޒީދު ރިވާކުރެއްވިއެވެ:
"ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ދުވަސްވަރުގައާއި، އަބޫބަކުރުގެފާނުގެ ވެރިކަމުގައި، އަދި ޢުމަރުގެފާނުގެ ޚިލާފަތުގެ ކުރީކޮޅުގައި ބަނގުރާ ބޮއެގެން ގެނެވޭ މީހާގެ ގައިގައި އަހަރުމެންގެ އަތްތަކުންނާއި ފައިވާންތަކުންނާއި ހެދުންތަކުން ތަޅަމެވެ.
ދެން ޢުމަރުގެފާނުގެ ވެރިކަމުގެ ފަހުކޮޅު އެކަލޭގެފާނު ސާޅީސްފަހަރު ޙައްދުޖައްސަވާ، ދެން އެމީހުން ޙައްދުފަހަނައަޅާ ފާސިޤުވެގަތްހިނދު އަށްޑިހަ އެތިފަހަރުން ޖެއްސެވިއެވެ."
ރިވާކުރެއްވީ ބުޚާރީއެވެ.
އެކަމަކު ކޮންމެ ޢުޤޫބާތަކީ އެއަށް އިތުރުކުރެވޭ އެއްޗެއް ނޫނެވެ.ޢުޤޫބާތްތަކުގެ ތެރޭގައި އެއިން ބޭރު ނުވެވޭގޮތަށް ޝަރުޢުގައި ކަނޑައެޅިގެންވާ ކަންކަންވެއެވެ.
އަދި އޭގެ ތެރޭގައި ތަޢުޒީރީ ޢުޤޫބާތްތައް ފަދައިން އެއަށް އިތުރުކުރުން ހުއްދަދެވިގެންވާ ކަންކަންވެއެވެ.
ފުރަތަމަ ގޮތް -އެބަހީ: ސަބަބުތައް ފިލުވާލުން، ދެވަނަ ގޮތްކަމުގައިވާ ޢުޤޫބާތް އިތުރުކުރުމަށްވުރެ މާ އައުލާވެގެންވެއެވެ.
އެހެނީ ނަފްސަށް ވޭން އެޅިޔަސް ޙައްޤު ނޫން ގޮތެއްގައި ޝަހުވަތެއް ފުއްދާނުދީ މަޙުރޫމުކުރުން، އެކަމުގެ މައްޗަށް އެނަފްސަށް ޢުޤޫބާތްތައް ދިނުމަށްވުރެ އައުލާވެގެންވެއެވެ. ނަމަވެސް އިތުރަށް އަންނަ ސަބަބުތައް ފިލުވާލެވޭނެ ގޮތްނުވެ އެކަމަށް ޢުޛުރުވެރިވެސްވެދާނެއެވެ.“
-ޝެއިޚު ޠަރީފީ-
📖 އަލްފަޞްލު ބައިނައް ނަފްސި ވަލްޢަޤްލު 📖





































































































