Search
ޗައިނާއާއެކު ވިޔަފާރީގެ މުޢާމަލާތްތައް ބާއްވާނަމަ ކެނެޑާގެ އުފެއްދުންތަކުން %100 ޓެކްސް ނަގާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި
- haqqubooks

- Jan 25
- 1 min read

ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ، ޗައިނާއާއެކު ވިޔަފާރީގެ ގުޅުންތައް ބޭއްވުމަށް ރާވާފައިވާ ރޭވުންތަކާއިގެން ކުރިއަށްދާނަމަ، ކެނެޑާއިން އެމެރިކާއަށް އެތެރެކުރާ ހުރިހާ މުދަލަކުން %100 ޓެކްސް (ޓެރިފް) ނަގާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފި.
ސޯޝަލް މީޑިއާގައި ކުރި ބަޔާނެއްގައި ޓްރަމްޕް ބުނެފައިވަނީ، ޗައިނާގެ މުދަލާއި އުފެއްދުންތައް އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ "މެދުވެރި ބަނދަރަކަށް" ކެނެޑާ ވެވިދާނެ ކަމަށް ބޮޑުވަޒީރު ކާނީ ހީފުޅުކުރައްވާނަމަ، އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ. ޓްރަމްޕްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، "ކެނެޑާއިން ޗައިނާއާއެކު އެއްބަސްވުމެއް ގާއިމުކޮށްފިނަމަ، އެމެރިކާއަށް އެތެރެކުރާ ކެނެޑާގެ ހުރިހާ ބާވަތެއްގެ މުދަލަކުން ވަގުތުން %100 ޓެރިފް ނަގަން ފަށާނެ" ކަމަށެވެ.





































































































