149 މިލިއަން ލޮގިން މައުލޫމާތު ހިމެނޭ ޑޭޓާބޭހެއް އާންމުވެއްޖެ

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި، ގާތްގަނޑަކަށް 149,000,000 ލޮގިން މައުލޫމާތު (ޔޫޒަރނޭމް އާއި ޕާސްވޯޑް) ހިމެނޭ ޑޭޓާބޭހެއް އާންމުންނަށް ފެންނާނެހެން އިންޓަނެޓުގައި ހާމަވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރޭގައި ޖީމެއިލް (Gmail) ބޭނުންކުރާ 48 މިލިއަން އެކައުންޓުގެ މައުލޫމާތު ހިމެނެއެވެ.
މި ޑޭޓާބޭހަކީ 96 ޖީބީ (GB) ގެ ބޮޑު ފައިލެކެވެ. މިއީ އިންޓަނެޓުން ނަގައި ސިއްރުކުރުމަށް މަހަކަށްވުރެ ގިނަ ދުވަސް ނެގިއިރު، ސައިބަރ ކުށްވެރިން މިހާރުވެސް މީގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
މިއީ ސީދާ ގޫގުލްގެ ސަލާމަތީ ނިޒާމަށް ދެވުނު ހަމަލާއެއް ކަމަށް އަދި ބެލެވެން ނެތުމާއެކު، އެކައުންޓުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ބޭނުންކުރާ ފަރާތްތަކުގެ އަމިއްލަ ޒިންމާއެކެވެ. ބައެއް މައުލޫމާތުތަކަކީ މިހާރު ބޭނުންނުކުރާ ބާ މައުލޫމާތުތަކަށް ވީނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޖީމެއިލް ޕާސްވޯޑް ބަދަލުކުރުމަކީ ބުއްދިވެރި ކަމެކެވެ. އަދި އެކި އެކައުންޓުތަކަށް އެއް ޕާސްވޯޑެއް ބޭނުންނުކުރުމަށް ސަމާލުކަން ދެއްވުން އެދެމެވެ.






































































































