Search
ކާބުލްގެ މަރުކަޒީ ސަރަހައްދުގައި ބޮމުގެ ހަމަލާއެއް ދީފި

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ މަރުކަޒީ ސަރަހައްދެއް ކަމަށްވާ ޝަހްރޭ ނައުގައި، ހޮޓަލެއް ނުވަތަ ރެސްޓޯރެންޓެއްގެ ކައިރީގައި މިއަދު ބޮމެއް ގޮއްވާލައިފިއެވެ.
މި ހާދިސާގައި ގިނަ އަދަދެއްގެ އާންމުން މަރުވެ، ބައެއް މީހުން ޒަޚަމްވެފައިވާއިރު، މަރުވި މީހުންގެ ސީދާ އަދަދު އަދި މުޅިން ސާފެއް ނުވެއެވެ. ޗައިނާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާގައި ޗައިނާގެ ދެ ރައްޔިތަކު ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ.
މި ހަމަލާ ދިން ސަބަބު ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އަދި މިހާތަނަށް އެއްވެސް ޖަމާއަތަކުން މި ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ.






































































































