Search
ޑެންމާކުން އެމެރިކާގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ފަށައިފި

ޑޮނަލްޑް ޓްރަމްޕް ގްރީންލޭންޑުގެ މައްޗަށް އަލުން ދައުވާކުރަން ފެށުމާ ގުޅިގެން، ޑެންމާކުގެ ރައްޔިތުން އިސްނަގައިގެން އެމެރިކާގެ އުފެއްދުންތައް ބޮއިކޮޓް ކުރުމުގެ ހަރަކާތެއް ވަނީ ފެތުރެން ފަށާފައެވެ.
"ބޮއިކޮޓް އެމެރިކަން ޕްރޮޑަކްޓްސް" ނަމަކަށް ކިޔާ ގްރޫޕަކާ މިހާތަނަށް 95,000 އަށްވުރެ ގިނަ މީހުން ވަނީ ގުޅިފައެވެ.
މި ހަރަކާތުގެ ދަށުން ޑެންމާކުގެ ރައްޔިތުން ދަނީ އެމެރިކާގެ ކާބޯތަކެތީގެ ބްރޭންޑްތަކާއި (ކޯކާކޯލާ، ހައިންޒް، އެމެރިކާގެ މޭބިސްކަދުރު ބުއިންތައް) އަދި ޑިޖިޓަލް ޚިދުމަތްތައް (ނެޓްފްލިކްސް، އެމެޒޯން ޕްރައިމް، ޔޫޓިއުބް) ބޭނުންކުރުން ހުއްޓާލައި، އޭގެ ބަދަލުގައި ޑެންމާކާއި ޔޫރަޕުގެ އުފެއްދުންތައް ބޭނުންކުރަން ފަށާފައެވެ.
މަޞްދަރު: އޮޑްނާކޯ (Odnako)






































































































