Search
ސޫރިޔާގެ އަސްކަރިއްޔާއިން ޖަޒީރާ ސަރަހައްދުގައި ފޯރިމަރަން ފަށައިފި
- haqqubooks

- Jan 19
- 1 min read

ސޫރިޔާގެ އަސްކަރީ އޮޕަރޭޝަންސް އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި:
އެސް.ޑީ.އެފް (SDF) އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، ސޫރިޔާގެ އަސްކަރިއްޔާއިން މިހާރު ދަނީ ސޫރިޔާގެ ޖަޒީރާ ސަރަހައްދުގައި ފޯރިމަރައި ސިފައިން ބަރުތިލަކުރަމުންނެވެ.
މިހާތަނަށް ލިބުނު ކުރިއެރުންތަކަށް ބަލާއިރު، ތިޝްރީން ޑޭމް ސަރަހައްދާއި، ރައްގާގެ އުތުރުގެ އިތުރުން އަލްޙަސަކާގެ ހުޅަނގު ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން މިހާރު ވަނީ ކަށަވަރުކުރެވިފައެވެ. އަސްކަރިއްޔާއިން ވަނީ އާންމު ރައްޔިތުން ސިފައިންގެ އިރުޝާދުތަކަށް ބޯލެނބުމަށާއި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް މެނުވީ މިވަގުތު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.





































































































