Search
އަލްޙަސަކާގައި އެސް.ޑީ.އެފް އިން ގަތުލުއާންމެއް ހިންގަމުންދާ ކަމުގެ ރިޕޯޓްތަކާއެކު ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެއްޖެ
- haqqubooks

- Jan 19
- 1 min read

ސޫރިޔާގެ އިރުއުތުރުގައިވާ އަލްޙަސަކާ ސިޓީގައި، ސޫރިޔާގެ ޑިމޮކްރެޓިކް ފޯސަސް (އެސް.ޑީ.އެފް) އިން އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އާންމު ރައްޔިތުންނާ ދެކޮޅަށް ގަތުލުއާންމެއް ހިންގަމުންދާ ކަމަށް އެކި މަޞްދަރުތަކުން ރިޕޯޓްކޮށްފިއެވެ.
މި ހަމަލާތަކާ ގުޅިގެން، ޙަސަކާގެ ރައްޔިތުންނާ އެކުވެރިކަން ހާމަކުރުމުގެ ގޮތުން ދިމިޝްގާއި ޙަލަބު ހިމެނޭހެން ސޫރިޔާގެ އެކި ސިޓީތަކުގައި ދަނީ މުޒާހަރާ ކުރަމުންނެވެ. ހަމައެއާއެކު، އެ ސަރަހައްދުގެ ގަބީލާތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ހަނގުރާމަވެރިން ވަނީ އެސް.ޑީ.އެފް އާ ދެކޮޅަށް ނުކުތުމަށް އާންމު ލަޝްކަރެއް ތައްޔާރުކުރުމަށް ގޮވާލާފައެވެ.





































































































